ފިނިޕޭޖް

މި ހުކުރުގައި ޝުވެކް: "ސޯލޯ: އަ ސްޓާ ވޯޒް ސްޓޯރީ"

"ސޯލޯ: އަ ސްޓާ ވޯޒް ސްޓޯރީ" ގެ ޕޯސްޓަރެއް --
0%
0%
0%

ލޫކަސް ފިލްމްސް އިން ގެނެސްދޭ ފިލްމު "ސޯލޯ: އަ ސްޓާ ވޯޒް ސްޓޯރީ" މި ހުކުރު ދުވަހު ޝުވެކް ސިމަނާގައި ޕްރިމިއާކުރާނެ އެވެ.

ޝުވެކްގައި ދެއްކުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޝޯތަކުގެ ޓިކެޓް ބުކްކުރުމާއި ޓިކެޓް ވިއްކުން އަންނަ ބުރާސްފަތި ދުވަހު ފަށާނެ އެވެ. މާލެ އާއި ހުޅުމާލެ ޝުވެކްގައިވެސް މި ފިލްމު ދައްކާނެ އެވެ.

"ސޯލޯ: ސްޓާ ވޯޒް ސްޓޯރީ" އަކީ ސްޓާ ވޯޒްގެ އެންމެ ފުރަތަމަ ފިލްމުގެ ވާހަކައިގެ ކުރީގައި ހިނގި ކަންތައްތަކެއް ގެނެސްދޭ ފިލްމެކެވެ.

"ސޯލޯ: އަ ސްޓާ ވޯޒް ސްޓޯރީ" ގެ ޓްރެއިލާ.

މި ފިލްމުގައި ލީޑުން ފެނިގެންދާނީ އަލްޑަން އެރިންރައިކް އާއި ޑޮނާލްޑް ގްލޯވާ އެވެ. މި ފިލްމުގައި "ގޭމް އޮފް ތްރޯންސް" އިން މަޝްހޫރުކަން ލިބުނު އެކްޓްރެސް އެމިލިއާ ކްލާކްވެސް ފެނިގެންދާނެއިރު، ޖޫނަސް ސުއެޓާމޯވެސް މުހިންމު ރޯލަކުން ފެންނާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910