އެމެރިކާގެ ނިއުޔޯކް ސްޓޭޓުގައި ދިރިއުޅޭ މާކް ރޮޓެންޑޯއާއި އޭނާގެ އަންހެނުުން ކްރިސްޓީނާ ރޮޓެންޑޯ އެމީހުންގެ އުމުރުން 30 އަހަރުގެ ފިރިހެން ދަރިފުޅު ގެއިން ނެރެން ފުރަތަމަ ދިނީ ނޯޓިސް އެވެ. އެގޮތުން އޭނާއަށް ތަކުރާރުކޮށް ދިން ނޯޓިސް ތަކަށް ވެސް މައިކަލް ރޮޓެންޑޯ ދިނީ ބީރުކަންފަތެކެވެ.
ފުރަތަމަ ދިން ނޯޓިސް
"ކަލޭގެ މަންމައާ މަޝްވަރާކުރުމަށް ފަހު އަހަރެމެން ނިންމީ ކަލޭ މިގެ ދޫކޮށް މިހާރު ދާންޖެހޭ ކަމަށެވެ. [ކޮޓަރި]ހުސްކުރަން 14 ދުވަސް ދެމެވެ. އެނބުރި އައުމުގެ ފުރުސަތެއް ނުދެވޭނެއެވެ. މި ނިންމުން ތަންފީޒުކުރުމަަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަހަރެމެން އަޅާނަމެވެ،"
މި ނޯޓިސް ދިނުމަށް ފަހު މައިކަލް ރޮޓެންޑޯގެ މައިންބަފައިން ނިންމީ އެކަމުގައި ގާނޫނީ ލަފާ ހޯދާށެވެ. އަދި އެއަށް ފަހު ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު އަނެއްކާވެސް އޭނާއަށް ނޯޓިސް އެއް ދިނެވެ. އެފަހަރު ދިން ނޯޓިސްގައި ބުނީ އޭނާ ގެއިން ނުކުތުމަށް 30 ދުވަހުގެ މުހުލަތެއް ދީފައިވާ ކަަމަށެވެ. އަދި ބުނެފައި ވަނީ 30 ދުވަހަށް ފަހު ގާނޫނީ ފިޔަވަޅައިގެން ކުރިއަށްދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އޭގެ ފަސް ދުވަސް ފަހުން މައިކަލް ގެ މައިންބަފައިން އަނެއްކާވެސް ނޯޓެއް ދިނެވެ. އަދި ދިރިއުޅޭނެ އާ ތަނެއް ހޯދަން 1100 ޑޮލަރުވެސް ދިނެވެ. އެއާ އެކުގައި ބައެއް އިރުޝާދުވެސް ދިނެވެ.
އިރުޝާދުތައް
- 1- މަސައްކަތަށާއި އެޕާޓްމަންޓެއް ބަލަހައްޓަން ތަކެތި އިންތިޒާމުކުރާާށެވެ. ( އެއްބައި ކަނޑާލާފައި) ބައްޕައާއި ވާހަ ދައްކައިގެން ދާނެ ދުވަހެއް ނިންމާށެވެ. އޭރުން ކުއްޔަށް ހިފަން ހުރި މީހާގެ ކަންތައް ހަމަޖެއްސޭނެއެވެ.
- 2- އަގެއް ހުރި އެހެން އެއްޗެއް ހުރި ނަމަ ވިއްކާލާށެވެ. ( މިސާލަކަށް ބައެއް ޓޫލާއި ސްޓީރިއޯ). ކަލޭގެ އަތުގައި ހުރެދާނެ ހަތިޔާރަކާ މެދުގައި ވެސް އަމަލުކުރަންވީ މިހެންނެވެ. ކަލެެއަށް ފައިސާ ބޭނުންވެއެވެ. އަދި އެތަކެތި ބަހައްޓާނެ ތަނެއް ވެސް ނެތެވެ.
- 3- މަސައްކަތް ކުރުމުގެ ތާރީހު ކަލޭހެން ގޯސްކޮށް އޮތް މީހުންނަށް ވެސް ވަޒީފާ އެބަހުއްޓެވެ. ވަޒީފާއެއް ހޯދާށެވެ. ކަލޭ މަސަައްކަތް ކުރަން ޖެހޭނެއެވެ.
- 4- ތަނެއް ހޯދަން އެހީ ބޭނުންވާ ނަމަ ކަލޭގެ މަންމަ ހުރީ އެހީވާށެވެ.
އެވަރަށް ނޯޓިސް ދިނުމުން ވެސް ގެ ދޫކޮށް ދާންޖެހޭކަން މައިކަލްއަށް އިނގޭ ކަމަކަށް ނުވިއެވެ. މާޗްމަހުގެ 15 ވަނަ ދުވަހަކީ ގެއިން ނުކުންނަށް ޖެހޭ ފަހު މުހުލަތު ހަމަވާ ދުވަސްކަން ހަނދާންކޮށްދިނުމަށް ވެސް އޭނާގެ މައިންބަފައިންް ނޯޓެއް ފޮނުވިއެވެ.
މުހުލަތު ފަހަނައަޅައި ދިޔަ ފަހުން މާޗްމަގެ 30 ވަނަ ދުވަހުވެސް އެމީހުން ނޯޓިސްއެއް ދިނެވެ. އެ ނޯޓިސްއާ އެކު ހުށަހަޅާފައި ވަނީ ހަލާކުވެފައިވާ ވެހިކަލް ހަދައިިދިނުމަށެވެ.
މައިކަލް ގެއިން ނެރުމަށް އެދި މައިންބަފައިން ކޯޓަށް ދިޔައީ އޭގެ ފަހުންނެވެ. އެމީހުން ފުރަތަމަ ހުށަހެޅި މައްސަލަ ހުށަހެޅުނީ އެކަމަށް އެކަށީގެން ނުވާ ކޯޓަކަށެވެ. އެހެނީ އާއިލާގެ މެމްބަރަކު ގެއިން ނެރޭ ނަމަ ދާން ޖެހޭނީ ސްޓޭޓުގެ ސުޕްރީމްކޯޓަށެވެ. އެހެންވެ ފަހުން އެމައްސަލަ ހުށަހެޅީ ނިއުޔޯކް ސްޓޭޓުގެ ސުޕްރީމްކޯޓަށެވެ.
ކޯޓުގައި މައިކަލް ބުނީ އޭނާއަށް ހަ މަސްދުވަހުގެ މުހުލަތެއް ދޭން ޖެހޭނެ ކަމަށެވެ. އެއީ ގެއިން މީހަކު ނެރޭ ނަމަ ހަމަސްދުވަހުގެ މުހުލަތެއް ދޭން ގާނޫނެއްގައި ބުނާތީއެވެ. އެކަމަކު ފަނޑިޔާރު ޑޮނަލްޑް ގްރީންވުޑް ނިންމެވީ މައިކަލްއަށް އޭނާގެ މައިންބަފައިން އެކަށީގެންވާ ވަރަށް ނޯޓިސް ދީފައިވާ ކަމަށެވެ.