ހަބަރު

ތިން މީހުނާއެކު ދޯންޏެއް ބަންޑުން ޖަހާލައިފި

ތިންް މީހުންނާއެކު ދަތުރު ކުރި ދޯންޏެއް ކ. އާރަށް ކައިރިޔަށް ބަންޑުން ޖަހާލައިފި އެވެ.

ފުލުހުން ބުނީ އާރަށް ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު 11:30 ގައި ކަމަށެވެ. އެ ހާދިސާ ހިނގި އިރު އެ ދޯނީގައި ތިން މީހަކު ތިއްބެވެ. އަދި އެ ތިން މީހުންނަށް މިހާރު މާލެ ގެނެސް ފަރުވާ ދެމުން އަންނަ ކަމަށާއި އެއްވެސް މީހަކަށް ސީރިޔަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ދޯނި ބަންޑުން ޖަހާލި ސަރަހައްދުގައި ފުލުހުންނާއި ކޯސްޓްގާޑުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.