ހަބަރު

ޕީޕީއެމްގެ ދީނީ ހަރާކާތްތަކާ ބެހޭ ރައީސްއަކަށް ޒިޔާދު

ޕީޕީއެމްގެ ދީނީ ހަރަކާތްތަކާ ބެހޭ ރައީސްއަކަަށް އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރު ހަމަޖައްސައިފި އެވެ.

ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް އަބްދުﷲ ހަލީލް "އަވަސް"އަށް ވިދާޅުވީ އެ ޕާޓީ އިން ހިންގާ ދީނީ ހަރާކާތްތަކުގެ ކަންކަމާ ބެހޭ ރައީސްއަކަށް ޒިޔާދު ހަމަޖައްސަން ނިންމާފައި ވަނީ މިދިޔަ ހަފްތާ އަނގާރަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ. އެގޮތުން އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށް ހަލީލް ވިދާޅުވި އެވެ.

ޒިޔާދަކީ އިސްލާމިކް މިނިސްޓްރީގެ އިތުރުން ޕީޕީއެމްގެ ހަރަކާތްތަކުގަައި ވެސް ވަރަށް އިސްކޮށް އުޅުއްވާ ބޭފުޅެކެވެ.