ކުޅިވަރު

ރާމޯސްއާ ދެކޮޅަށް ގިނަ ބަޔަކު ޕެޓިޝަން ހުށަހަޅައިފި

ޗެމްޕިއަންސް ލީގް ފައިނަލު މެޗުގައި، ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހް އަށް، ރެއާލް މެޑްރިޑް ކެޕްޓަން ސަޖިއޯ ރާމާސް ކުރި ފައުލާ ގުޅިގެން ރާމާސްއަށް އެކަށީގެންވާ އަދަބު ދިނުމަށް ގިނަ އަދަދެއްގެ ބަޔަކު ޕެޓިޝަން ހުށަހަޅައިފި އެވެ.

ތިން ލައްކައެއްހާ މީހުން ޕެޓިޝަން ހުށަހާޅާފައި ވަނީ، ސަލާހް އަތުގައި ރާމޯސް އަތުން ތަޅު އެޅުވުމަށްފަހު އޭނާ އަށް ކުރި ޗެލެންޖަކީ، ސަލާހްއަށް ގަސްތުގައި ގެއްލުން ދިނުމުގެ ގޮތުން ކޮށްފައިވާ ޗެލެންޖެއް ކަމަށެވެ. އެހެންވެ އެ ހާދިސާ ހިނގިގޮތް ބަލައި އޭނާއާ ދޮކޮޅަށް ފިޔަވަޅު އެޅުމަށް ޕެޓިޝަން ހުށަހެޅި ފަރާތްތަކުން އެދިފައި ވެއެވެ.

ސަލާހް އަށް، ރާމޯސް ކުރި ޗެލެންޖާމެދު ހިޔާލު ވަނީ ދެކެވިފައެވެ. އެއްބަޔަކު ބުނާ ގޮތުގައި، އެއީ ރާމޯސް ސަލާހްއަށް ގަސްތުގައި ކުރި ޗެލެންޖެއް ނޫނެވެ. އަނެއް ބަޔަކު ގަބޫލު ކުރާގޮތުގައި ރާމޯސް އެހެން ހެދީ ސަލާހްއަށް ގަސްތުގައި ގެއްލުން ދިނުމުގެ ގޮތުންނެވެ.

ސަލާހް އަށް ކުރި ފައުލާ ގުޅިގެން، ލިވަޕޫލަށް ޖެހުނީ އޭނާ ބަދަލު ކުރާށެވެ. އޭނާގެ ކޮނޑުހުޅަށް ލިބުނު އަނިޔާއާ ގުޅިގެން މިހާރު ދަނީ ފަރުވާ ހޯދަމުންނެވެ. ވޯލްޑަކަޕަށް މިސްރުގެ ޓީމުގައި އޭނާއަށް ބައިވެރިވެވޭނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މެޗުގައި ރާމޯސް ވަނީ، ލިވަޕޫލްގެ ކީޕަރު ލޮރިސް ކައުރިއަސްގެގައި އޮޅަނބޮށިންވެސް ޖަހާފަ އެވެ.