ކުޅިވަރު

މާޒިޔާގެ އެހީއާއެކު އަނެއް ތިން ޓިމުންވެސްް ޖާގަ ކަށަވަރުކޮށްފި

ޔުނައިޓަޑް ވިކްޓަރީގެ މައްޗަށް މާޒިޔާއިން ކުރި ހޯދުމުން، މާޒިޔާއާއެކު އަނެއް ތިން ޓީމުވެސް ދިވެހި ޕްރިމިއާ ލީގަށް ކޮލިފައި ވެއްޖެ އެވެ.

ޔުނައިޓަޑް ވިކްޓަރީގެ މައްޗަށް މާޒިޔާއިން ކުރި ހޯދީ 2-0 ންނެވެ. ޢެ ނަތީޖާއާއެކު ތިން ވަނައިގައި އޮތް ވިކްޓަރީ އާއި ހަތަރު ވަނައިގައި އޮތް ޓީސީ އަދި ފަސް ވަނައިގައި އޮތް އީގަލްސްއަށް ވެސް ދިވެހި ލީގުން ޖާގަ ކަށަވަރު ވެފަ އެވެ.

މާލޭ ލީގުން، ދިވެހި ލީގަށް ބާކީ އޮތީ އެންމެ ޖާގައެކެވެ. އެ ޖާގައަށް ވާދަކުރަން އޮތީ މިހާރު ވެސް ހަ ވަނައިގައި އޮތް ގްރީން ސްޓްރީޓާއި ހަތް ވަނައިގައި ޔުނައިޓަޑް ވިކްޓަރީ އެވެ. ފުލުގައި އޮތް ވެލެންސިއާއަށް ވަނީ ފުރުސަތު ގެއްލިފަ އެވެ.

މެޗުގައި، މާޒިޔާގެ ދެ ލަނޑު ކާމިޔާބު ކުރީ ނާއިޒް ހަސަން (ދާދު) އާއި ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓަޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހް ބުނީ، ގަދަ ހަޔަކަށް ވަނުމުގެ ފުރުސަތު ޔޫވީ އަށް ހަނި ވެއްޖެ ކަމަށެވެ. ނަމަވެސް ފުޓްބޯޅައިގެ އެންމެ ހަނި ފުރުސަތުގެ ތެރެއިންވެސް އަދިވެސް ލިބޭ ފުރުސަތު ބޭނުން ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.