ހަބަރު

ޒަކާތު ފަންޑުން 70 އަށް ވުރެ ގިނަ ސްކޮލަޝިޕް ފުރުސަތު

އެކި ދާއިރާތަކުން ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ޒަކާތު ފަންޑުން 70 އަށް ވުރެ ގިނަ ސްކޮލަޝިޕް ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމިިކް މިނިސްޓްރީން މިއަދު ޖެހި އިއުލާނެއްގައި ބުނެފައިވާ ގޮތުން ޒަކާތު ފަންޑުންދޭ 73 ސްކޮލަޝިޕްގެ ތެރެއިން 19 ފުރުސަތެއް ފިޔަވައި ދެން ހުރި ފުރުސަތު ތަކަކީ ރާއްޖޭގައި ތިބެގެން މަތީ ތައުލީމު ހާސިލުކުރަން ދޭ ފުރުސަތުތަކެވެ. ބޭރު ގައުމުތަކުން ދޭ ފުރުސަތު ތަކުގެ ތެރެއިން 15 ފުރުސަތަކީ މިސްރުގެ އަލް އަޒުުހަރު ޔުނިވާސިޓީގައި ކިޔެވުމަށް ދޭ ފުރުސަތު ތަކެވެ.

ރާއްޖޭގައި ކިޔަަވަން ފުރުސަތު ދޭ ދާއިރާތަކުގެ ތެރޭގައި އިމާމުކަމުގެ ދާއިރާއާއި ޤުރުއާން ކިޔަވައިދިނުމުގެ ދާއިރާ ހިމެނެއެވެ. ދީނީ ދާއިރާތަކުގެ އިތުރުން ހިއުމަން ރިސޯސް މެނޭޖްމެންޓް ދާއިރާއާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހިމަނާފައި ވީ ނަމަވެސް އެދާއިރާތަކުގެ ފުރުސަތު ހާއްސަކޮށްފައި ވަނީ އިސްލާމިކް މިނިސްޓްރީގެ ސްޓާފް ޑިވެލޮޕްމެންޓް ޕްރޮގްރާމަށެވެ.