ވާހަކަ

ބުނެދޭށޭރުހެމޭ

(29 މެއި 2018 އާ ގުޅޭ)

"އަރްސަލްތަ ތީ... ނޫނީ ރަތްޖިންނި އަރްސަލްއާ ހަމަރަނގަޅަށް ވެސް އަވަލީތަ؟ ދިސް އިޒް އިންޓްރެސްޓިންގް. ތި ވާހަކައެއް އަހަން ކެތްމަދުވެއްޖެ" ރާދިންގެ ދިމާކުރުންތަކުން އަރްސަލް ދެފަރާތަށް ބޯހޫރާލާފައި ކޮޓަރިއަށް ދިޔައެވެ. ނުރުހުން ފާޅުކުރަން އުޅުނެއްކަމަކު އަރްސަލްގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ.

ހެނދުނުގެ ނާސްތާ ތައްޔާރުކުރަންވާއިރަށް ނިމްރާ ބަދިގެއަށް އައެވެ. ކައުންޓަރު ދޮށުގައި ސްޓޫލެއްގެ މަތީ ކޮފީ ބޯލަބޯލާ އިން ރާދިންއަށް ނިމްރާ ފެންނައިރަށް ނިކަން ހިނިއައެވެ.

"ސޯ ޑާލިންގް... ކިޔައިދީބަލަ" ރާދިން ބުނެލިއެވެ.

"ކޯޗެއް؟" ހައިރާންކަމާއެކު ނިމްރާއަށް އަހާލެވުނީ ހަޤީޤަތުގައި ވެސް ރާދިން ބުނި އެއްޗެއްގެ މުރާދު ނޭނގޭތީއެވެ.

"ޔޯ ޑޭޓް... ކިހިނެއް ހަމަޖެހުނު ކަމެއް އެއީ؟ އަހަރެން މި ގޭގަ އުޅޭއިރު މަށަށް ވެސް އަންގާނުލި" ރާދިންގެ ވާހަކަތަކުން ނިމްރާ ރަކިވިކަން އެ މޫނުން ފާޅުވިއެވެ. އެކަން އެނގި އަނެއްކާ ވެސް ރާދިންއަށް ހީނލެވުނެވެ.

"އެއީ ޑޭޓެއްނޫން... އަހަންނަކަށް ވެސް ނޭނގެ. އިޓްސް ޔޯ ބްރަދާ... އޭނާ ގާތު ނޭހީ ކީއްވެތަ؟ ހުރިހާ ކަމެއް ކުރީ އޭނާ" ނިމްރާގެ ހަރަކާތްތަކަށް ހުއްޓުމެއް ނުގެނެސް ރާދިންއާ ވާހަކަދެއްކީ އޭނާއާ ހަތަރުކަޅި ހަމަކޮށްގެން ހުރެ އަރްސަލްގެ ވާހަކަދެއްކުން ފަސޭހަކަމަކަށްނުވާނޭތީއެވެ.

"ވަޓް ޑޫ ޔޫ މީން ޑާލިންގް... އަރްސަލް ކަމެއް ކުރީތަ؟ ހުރިހާ ކަމެއް ކުރީ އަރްސަލްއޭ ބުނީމަ އަހަންނަށް މާނަ ކުރެވުނީ ވަރަށް ނުބައި ގޮތަކަށް" ރާދިން ނިކަން ބާރަށް ހީނގަތެވެ. ނިމްރާއަށް ތިރީތުންފަތުގައި ދަތްއަޅާލެވުނެވެ. ރާދިން ގަސްދުގައި އޭނާ ލަދުގަންނަވާލަން އުޅެނީއޭ ހިތަށް އެރީއެވެ.

"އަހަރެން ބުނަން އުޅުނީ ހުރިހާ ކަމެއް ރޭވީ އަރްސަލްއޭ... ހުރިހާ އެއްޗެއް ގެނެސްދީފައި ބުނީ ރެޑީ ވެގެން ހުންނާށޭ. އަހަރެން ހީކުރީ ރާދު ވެސް އަހަރެމެންނާއެކު ބައިވެރިވާނޭކަމަށް. ފަހުން އެނގުނީ ރާދު ނުދާކަން" ނިމްރާ އޮޅުންފިލުވައިދިނެވެ.

"ރޭގައި ލައިގެން ހުރީ އަރްސަލް ގެނެސްދިން ހެދުމެކޭތަ ތިބުނީ؟" ރާދިން އަހާލީ ޔަގީން ނުވެގެން އަހާލާފަދަ ގޮތަކަށެވެ. ނިމްރާ މަޑުމަޑުން ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ. އަދި ރޭގައި އަރައިގެން ހުރީ ހެދުމާއެއްކޮށް އަރްސަލް ގެނެސްދީފައި ހުރި ބޫޓަކަށްކަން ވެސް ނިމްރާ ބުންޏެވެ. އެ ވާހަކަތައް އަޑުއަހާފައި ރާދިން ފެށީ ހޭށެވެ. އޭނާގެ އެ ޢަމަލުގެ ސަބަބުން ނިމްރާ ތުންދަމާލިއެވެ. ހުނުން ކޮންޓްރޯލު ކުރަމުން ރާދިން ކަނާއަތް ހޫރާލާ ދެފަރާތަށް ބޯހޫރުވާލިއެވެ.

"އޯ ޑާލިންގް! އައި އޭމް ނޮޓް މޭކިން ފަން އޮފް ޔޫ... އަހަންނަށް ހަމަ ޤަބޫލުނުކުރެވުނީ... މީގެ ކުރިން ދުވަހަކުވެސް އޭނާ އަންހެންކުއްޖަކަށް ހެދުމެއް ގަނެއެއްނުދޭ. ޖުވެލަރީއެއް ދީފާނެ ބަޓް ނޮޓް އަ ޑްރެސް އޯ އަ ޝޫ. އޭނާއަކީ އެކަހަލަ މީހެއްނޫން... ލޫންއާއެއްކޮށް ޝޮޕިންއަށް ދާން ޖެހުނަސް އޭނާއަށް ވާނީ ބޮޑުކަމަކަށް... އެކަހަލަ ކޮންމެ ވަގުތަކު ހީ ވިލް ބްރައިބް މީ ލޫން ގޮވައިގެން ދާން. އިތުރު ގޮތެއް ނެތިގެން ނޫނީ ނުދާނެ... ހެ ހެ ހެ... އެހެންވެ ހަމަ ޤަބޫލުނުކުރެވުނީ" ރާދިންގެ ދުލުން ލޫންގެ ނަން އިވުމުން ނިމްރާގެ ނަޒަރު ރާދިންއަށް ހުއްޓުނެވެ.

"ކީއްވެތަ ހަނދާންނެތެންވީ އަރްސަލްއަކީ ލޫންގެ ފިރިމީހާކަން. އެއީ ކޮންމެ ކޮންމެ މީހެއްނޫންކަން... ޚާއްޞަކޮށް އަހަންނާއި އަރްސަލްގެ ދެމެދުގައި އަބަދަށް ދެމިގެންދާނޭ ގުޅުމެއް އުފެދިދާނެތަ؟ އަރްސަލް އެހެން އަންހެންކުއްޖަކަށް ނުކޮށްދޭ ކަމެއް އަހަންނަށް ކޮށްދިންކަން އެނގުމުން އަހަރެން އުފާވެއްޖެ... ވަރަށް އުފާވެއްޖެ... އެކަމަކު އޭގެ މާނައަކީ އަރްސަލްއަށް އަހަރެން ޚާއްޞަވުމެއްނޫން. ބައެއްފަހަރު... ބައެއްފަހަރު ހިތަށް އަރާ އެހެންވާނެނަމައޭ. ހިތަކީ އަމިއްލަ އެދުން ބޮޑު އެއްޗަކީ... އެހެންނޫނީ ހުރިހާ ހަޤީޤަތެއް އެނގޭއިރު ކީއްވެ އަރްސަލްއާ މެދު ކޮށްގެންނުވާނޭ ޚިޔާލުތައް ކުރެވެންވީ... އެފަދަ ކަންކަމަށް އަރްސަލްގެ ފަރާތުން އުންމީދު ކުރެވެންވީ... ފިރިހެނަކަށް އިތުބާރުނުކުރަން އަހަރެން ނިންމި ނަމަވެސް އަރްސަލްގެ މައްޗަށް އިތުބާރުކުރަން ހިތް އެދެނީ ކީއްވެކަމެއް ނޭނގެ. ރޭގައި އަރްސަލްއާއެކު ހޭދަވެގެންދިޔަ ކޮންމެ ހިނދުކޮޅެއް އަހަރެން ދުވަހަކުވެސް ހަނދާނެއްނުނެތޭނެ. މުޅިން ތަފާތު މީހަކާ ބައްދަލުވި ފަދަ... ލޯބިވެތިކަމާއި ބޭނުންވުމުގެ މަސްތުކަން އެކުލެވިފައި ބެލުންތައް... ހިތުގެ އަޑިން ހިނިތުންވަމުންދިޔަ ކަހަލަ... އަރްސަލްގެ ހުރިހާ ސަމާލުކަމެއް އަހަންނަށް ހުއްޓިފައިވި"

"ޑާލިންގް!... ޑާލިންގް!... ނިމް... ޔޫ އޯކޭ" ހުއްޓުން އަރާފައި ހުރި ނިމްރާގެ މޫނު ފެނި ރާދިން ގޮވާލިއެވެ. ޚިޔާލުތަކުން ބޭރުވެވުމުން ނިމްރާ ހުރިހާ އަސަރެއް ފަރުދާކޮށްލީ ބަދަލުކޮށްލި ލުއި ހިނިތުންވުމުންނެވެ.

"އިޓްސް ނޮޓް ޔޯ ފޯލްޓް ޑާލިންގް... ލޫން... ޝީ އިޒް ގޯން. އިންސާނުންގެ ދިރިއުޅުން އަބަދު އެއްގޮތަކަށް ދެމިއެއްނޯންނާނެ. ދިރިހުންނަން ކިތަންމެ ބޭނުން ވިޔަސް ވަގުތު ޖެހުމުން މަރު އައިސް އެ އިންސާނާ ގެންދާނީ ކިހިނެއްކަމެއް އެކަކަށް ވެސް ނޭނގޭނެ. ސޯ ޑާލިންގް! ޑޯންޓް ބްލޭމް ޔޯ ސެލްފް... ފޯގިވް ޔޯ ސެލްފް އެންޑް އެވްރިވަން އެލްސް... ޑެސްޓިނީ ބްރޯޓް ޔޫ ޓު އަސް. ޓު ހިމް... މޭބީ... ޔޫ ޓޫ ބިލޯންގް ޓުގެދާ. އަހަރެން ފުރަތަމަ ހިތްހަމައެއްނުޖެހުނު އަރްސަލް ކަންތައްކުރަމުންދިޔަ ގޮތާ މެދު. އެކަމަކު ނިމް ވެސް ހުރީ މީހެއްގެ އެހީތެރިކަމަށް ބޭނުންވެފައިކަން އަހަންނަށް އެނގޭ... އަރްސަލް އެއްބަސްނުވިޔަސް އޭނާ އެކަމާ މެދު ވިސްނާފަހެން ހީވޭ ނިންމި ނިންމުމެއްވިއްޔާ ނިންމީ... ވެލް ހީ ހޭސް އަ ފަނީ ވޭ އޮފް ޝޮއިންގް ހިޒް ފީލިންގްސް... ހެ ހެ ހެ... ބަޓް ނައު... ހީ އިޒް އަ ޗޭންޖްޑް މޭން ނިމް. އެންޑް ޔޫ ޑާލިންގް... ޔޫ ހޭވް ޗޭންޖް އަ ލޮޓް... ޔޫ އާ ސްޓްރޯންގް ނައު... އައި ކެން ސީ ދެޓް. ދެޓް އެރޮގެންޓް ޑެވިލް ހަމައެކަނި ހޭންޑްލް ކުރެވޭނީ ނިމްއަށް... އައި ހޭވް ސީން ދެޓް. ޑާލިންގް!... އަރްސަލްއަށް މަޢާފުކޮށްދެއްޗޭ. އޭނާ މަޢާފަކަށް ނޭދޭނެ އެހެންވިޔަސް ނިމް އޭނާއަށް މަޢާފުކޮށްދެއްޗޭ... ޔޫ ޑާލިންގް! އަހަރެންގެ ފޭވަރިޓް ގާލްއަކަށް ވެއްޖެ. އައި ލަވް ޔޫ ބޯތް... ވެރީ މަޗް... މާޒީގަ ވެފައި އޮތް ކަމެއް ބެލުމުގެ ބޭނުމެއްނެތް. މިވަގުތާއި ކުރިއަށް އޮތް ދުވަސްތަކާމެދު ވިސްނަންވީ" ރާދިންއަށް ހީވީ ލޫންގެ ވާހަކައިން ނިމްރާއަށް އަސަރު ކުރީ ކަމުގައެވެ. އޭނާގެ ހިތުގައިވާ އެއްޗެއް ސާފުކޮށް ބުނެދިނީ އެހެންވެއެވެ. އަރްސަލްއާއި ނިމްރާ އެކުގައި ފެންނަ ވަގުތުތަކުގައި އެ ދެމެދުގައި ޚާއްޞަގުޅުމެއްވާކަން އެމަންޒަރު ބަލަން ހުންނަ ރާދިންއަށް ޔަގީންވަނީއެވެ. މިހާރު އޭނާ ވެސް ބޭނުންވަނީ އަރްސަލް އަލުން އުފަލުގައި އުޅޭތަން ދުށުމަށެވެ. ހިތްދަތިކަމާއި ބަދަލުހިފުން ދޫކޮށްލާ އެ ހިތުގައި ސާފު ލޯތްބަކަށް ފުރުޞަތު ދޭށެވެ. ނަފުރަތުގެ ހޫނުކަމުގެ މައްޗަށް އޯގާތެރިކަމުގެ ފިނިކަން ވެރިވުމަށެވެ. ދިރިއުޅުމުގެ ރާސްތާގައި އެކަނިވެރިކަމުގެ ބަދަލުގައި އެ ރާސްތާ ކުރުކޮށްދޭނޭ ބައިވެރިއެއް ޚިޔާރުކުރާށެވެ. ރާދިންގެ ނަޒަރުގައި ނިމްރާއަށްވުރެ މިހާރު އަރްސަލްގެ ދިރިއުޅުމާ ގުޅޭނޭ އެހެން ބައިވެރިއަކުނެތެވެ. ނޭނގި ނަމަވެސް އެ ދެމެދުގައި ކޮންމެވެސް ސިފައެއްގައި ލޯބިވާކަން ޔަގީނެވެ.

"ރާދު! ކޮންއިރަކު މެޗްމޭކާއަކަށްވީ؟" ރާދިންގެ ވާހަކަތަކުގައިވި ސީރިއަސްކަން ފިލުވާލުމަށް ނިމްރާ ބުނެލިއެވެ.

"ވެން އަ ޑެވިލް ކޭޖްޑް އަ ޕްރިންސަސް ޓު ޕަނިޝްހާ ފޯ ހާ ލައިފް. އައި އޭމް ނޯ ނައިޓް އިން ޝައިނިންގް އާމާ... ވެލް ދި ޑެވިލް ޓާންސް އައުޓް ޓު ބީ އަ ޕްރިންސް ހޫ ހޭވް ފީލިންގްސް ފޯ ދިސް ސްޕެޝަލް ރެޑް ހެއާ ޕްރިންސަސް" ރާދިން ސަކަގޮތަކަށް ބުނެލިއެވެ. ނިމްރާ ހީނގަތެވެ. އަދި ދެފަރާތަށް ބޯހޫރާލަމުން ވާހަކަދެއްކިއެވެ.

"ޑެވިލް ކާންޓް ބި އަ ޕްރިންސް... ހީ އިޒް އަ ބީސްޓް... އަ ބީސްޓް ހޫ ޓްރީޓް ދި ގާލް ހީ ހޭޓްސް ބެޓާ ދެން އަ ޕްރިންސް ޗާމިންގް ޓްރީޓެޑް ދި ގާލް ހޫ ލަވް ހިމް އެންޑް ގޭވް އެވްރިތިންގް ފޯ ހިމް. ސޯ އައި ތިންކް އަ ބީސްޓް އޯ ޑެވިލް އިޒް ޕާފެކްޓް ފޯ ލައިފް ދެން އަ ޕްރިންސް" ހިނިއައިސްފައި ހުރެ ބިސްގަނޑު އެޅުމަށް ތައްޔާރުކުރަމުން ދިޔަ ތަވައަށް ނަޒަރު ހުއްޓާލައިގެން ހުރެ ނިމްރާ ބުނެލިއެވެ.

"ހޫ ހާޓް ޔޫ ޑާލިންގް؟ ހޫ އިޒް ދިސް ޕްރިންސް؟" ނިމްރާ ބުނީ ސަމާސާގޮތް އެކުލެވޭ ގޮތަކަށް ވިޔަސް އޭނާ ބުނި އެއްޗެއް ރާދިންއަށް މާނަ ކުރެވުނީ ތަފާތުކޮށެވެ. ކުއްލިއަކަށް ނިމްރާއާ ސުވާލުކުރެވުނީ އެހެންވެއެވެ. ނިމްރާގެ ޒާތީ ދިރިއުޅުމުގެ ތެރެއިން ހަޔާތަށް އައި ބައިވެރިންގެ ވާހަކައެއް ނިމްރާ ނުދައްކައެވެ. އެހެންވިޔަސް ރާދިންއަށް ޤަބޫލުކުރެވެނީ ނިމްރާގެ ދިރިއުޅުމަށް މީގެ ކުރީން ވަނީ ބައިވެރިއަކު އައިސްފައިކަމުގައެވެ. އެކަމަކު އެކަހަލަ ވާހަކައެއް ނިމްރާ ނުދައްކަނީ ކީއްވެބާއޭ ރާދިންގެ ހިތަށް އެރިއެވެ.

"ހޫ ހާޓް ޔޫ؟" އަރްސަލްގެ އަޑު އިވުމާއެކު ރާދިންއާއި ނިމްރާގެ ސަމާލުކަން ވަގުތުން އަޑުއައި ދިމާއަށް ހުއްޓުނެވެ. ނިމްރާ ހާސްވާގޮތްވީ ނަމަވެސް ނިކަން އަވަހަށް އެ އަސަރުތައް ފިލުވާލާ ހޭންފެށިއެވެ.

"ޑޯންޓް ބީ ސްޓުޕިޑް ރާދު... ނޯވަން... ނޯވަން ހާޓް މީ... އިޓްސް ޖަސްޓް އަ ސްޓޭޓްމަންޓް... އެން އެކްސްޕްރެޝަން" ރާދިންއާއި އަރްސަލްއަށް އަވަސް ނަޒަރެއް ދެމުން ވަށައިގެން ލޯ ހިންގާލަމުން ނިމްރާ ބުނެލީ އޭނާ ކުރިން ބުނި އެއްޗެއްގެ ހަޤީޤަތް ފޮރުވުމަށެވެ.

"އޯ! އެހެންވީރު ޔޫ ވިލް ޗޫޒް އަ ޑެވިލް ރާދާ ދޭން އަ ޕްރިންސް... ދެޓްސް ގުޑް ނިއުސް... ނޫންތަ އަރްސަލް؟ އުފާވެރި ޚަބަރެއްނު" ރާދިން ހީނލާފައި ބުނެލިއެވެ. އަދި އަރްސަލްއާ ދިމާއަށް ދެބުމަ ހިއްލާލާ ތަޅުވާލިއެވެ. ލުއި ހީނލުމެއް ސިއްރުކުރަމުން އަރްސަލް ކަޅި އަޅާލިއެވެ.

"ވިލް ޔޫ ޝަޓް އަޕް" ރާދިންގެ ބުރަކަށީގައި ޖަހާލަމުން އޭނާއާ ޖެހިގެން ހުރި ސްޓޫލްގައި އިށީންނަމުން އަރްސަލް ބުނެލިއެވެ.
ހެނދުނުގެ ނާސްތާ ތައްޔާރު ވުމުން އެހެން ދުވަސް ދުވަހެކޭ އެއްގޮތަށް ރާދިން ސައިބޮއެގެން ކޮޓަރިއަށް ދިޔައީ އޮފީހަށް ދާން ތައްޔާރުވާށެވެ. އަރްސަލް އޮފީސް ހެދުން އަޅައިގެން ނުކުމެ ސައިބޯން އިނެވެ. ސިންކު ދޮށުގައި ނިމްރާ ހަރަކާތްތެރިވަމުން ދިޔައެވެ. އަރްސަލް ވާހަކައެއް ނުދައްކާތީ ނިމްރާ ވެސް ހުރީ އެއްޗެކޭ ނުބުނާށެވެ. ސައިބޮމުން ދިޔައިރު އަރްސަލްގެ ސަމާލުކަން ހުރީ ފޯނަށް ހުއްޓިފައެވެ. ސައިބޮއެ ނިންމާފައި ސިޓިންރޫމުގައި ހުރި އޭސީއާ ދިމާލުގައި އަރްސަލް މަޑުކޮށްލިއެވެ. ރާދިން ނުކުމެގެން އައި އެވަގުތު އެވެ.

"ސީ ޔޫ ޑާލިންގް" ދޮރުން ނުކުންނަމުން ރާދިން ބުނެލިއެވެ. ދޮރާ ދިމާއަށް ބަލަން ހުރި ނިމްރާ ހިނިތުންވުމެއް ދިނެވެ. އޭނާގެ ހިނިތުންވުން ވަކިން ބޮޑަށް ފުޅާވެލީ ދޮރުލައްޕާލުމުގެ ކުރީން އަރްސަލް ބަލާލާފައި އޭނާއަށް އެއްލޯ މަރާލުމުންނެވެ. ދެފަރާތަށް ބޯހޫރުވާލާފައި ނިމްރާ ކާމޭޒު ދޮށަށް ކައިރިވެލީ ސައިބޯން ވެގެންނެވެ. ކުރިން އެޕާޓްމެންޓް އެއްކޮށް ފަޅުވުމުން އުނދަގޫވިޔަސް މިހާރު އޭނާ އެކަމަށް އާދެވެއްޖެއެވެ.

އޮފީހުގެ މަސައްކަތްތައް އަރްސަލް ފަށައިގަތްތަނާހެން ރާދިން އޭނާއަށް ގޮވާލިއެވެ. އަދި ފޯނުގެ އިސްކުރީނު ދައްކާލިއެވެ. ކެބިންގައި ދެ މީހުންގެ މޭޒު ހުރީ އެކަކު އަނެކަކަށް ކުރިމަތިވާގޮތަށް ނަމަވެސް ރާދިންގެ ފޯނުގައިވި އެއްޗެއް ސާފެއްނުވިއެވެ.
"ޑެވިލްއާއި އޭނާ އަވަލައިގެން އުޅޭ ރަތްޖިންނި" ހިނިގަނޑެއް ޖަހާލަމުން ރާދިން ބުނެލިއެވެ. ވަގުތުން އަރްސަލް އިން ގޮނޑިން ތެދުވެގެން ރާދިންގެ މޭޒުދޮށަށް އައެވެ. ރާދިންގެ އަތުގައި އޮތް ފޯނު ޖަހައިގަންނަމުން އޭގައިވި ފޮޓޯއަށް އަރްސަލް ބަލާލިއެވެ. އަރްސަލްއާއި ނިމްރާ ސޯފާގައި ނިދާފައި ތިއްބާ ނަގާފައިވާ ފޮޓޯއެއްކަން އެނގުމުން ސުވާލު އުފެދުނެވެ. އެ ފޮޓޯ ރާދިންގެ އަތުގައި އޮންނާކަށް އަރްސަލް ބޭނުމެއްނޫނެވެ. އޭނާ ވަގުތުން ރާދިންގެ ފޯނުން އެ ފޮޓޯ އަމިއްލަ ފޯނަށް ފޮނުވާލިއެވެ. އަދި ލިބިއްޖެކަން ޔަގީންވުމާއެކު ރާދިންގެ ފޯނުން ފޮޓޯ ޑިލީޓްކޮށްލިއެވެ. އެކަން އެނގި ރާދިން ފޯނު ޖަހައިގެންނަން އުޅުނެވެ. ނަމަވެސް އަރްސަލް މާ ހުސިޔާރެވެ. އޭނާ ފޯނު ދިނީ ފޮޓޯ ޑިލީޓްކުރުމަށްފަހުއެވެ.

"ދެޓްސް ނޮޓް ފެއާ... އަހަރެން ނެގި ފޮޓޯއެއް އެއީ. ކީއްވެ ތި ޑިލީޓްކޮށްލީ" ރާދިން ފޯނުގެ ފޮޓޯ ގެލެރީ ބަލަމުން ބުނެލިއެވެ.

"ޔޫ އާ ނޮޓް ސަފޯސް ޓު ހޭވް ދެޓް ޕިކް" އަރްސަލް ކުރެވުނު ކަންތަކާ މެދު ހިނިއައިސްފައި އިނދެ ބުނެލިއެވެ.

"ސިއްރުން އުޅުނަސް ފަޅާއަރާނެ. އެންމެ އަވަހަށް ފަޅާއަރާނީ އަހަންނަށް... ރޭގައި ނިމް ލައިގެން ހުރީ އަރްސަލް ގެނެސްދިން ހެދުމެކޭ އޭނާ ބުނި. މޭން! އައި އޭމް ރިއަލީ އެމޭޒްޑް... ހައު ޑިޑް ޔޫ ޑޫ އިޓް؟" ރާދިން އަޖައިބުވެފައި އިންކަން މޫނުމަތިން ދައްކަމުން އަރްސަލްއާ ސުވާލުކުރިއެވެ. އޭގެ ބަދަލުގައި އަރްސަލް ޖަހާލީ ހިނިގަނޑެކެވެ. އަދި އެނބުރި އައިސް އޭނާގެ މޭޒު ދޮށުގައި އިށީނެވެ. ގޮނޑިއަށް ހަށިގަނޑު ދޫކޮށްލާ ދެފަރާތަށް ގޮނޑި އަނބުރާލިއެވެ.

"އިޓްސް ޑިފަރެންޓް... އެވްރިތިންގް އިޒް ޑިފަރެންޓް ވިތް ހާ... ޔޫ ނޯ އެވްރިތިންގް... އެކަމަކު ބައެއްކަންކަން ރާދުއަށް ވެސް ނޭނގުނިއްޔާ ރަނގަޅުވާނީ. ޑޯންޓް އާސްކް މީ އިނގޭ. އައި ކާންޓް ލައި ޓު ޔޫ... ޔޫ ނޯ ދެޓް" މަޢުނަވީ ހިނިތުންވުމަކާއެކު އަރްސަލް ބުނެލިއެވެ.

"އަރްސަލް... އާ ޔޫ ސިރިއަސް؟" ރާދިން އަހާލިއެވެ.

"އައި ތިންކް ސޯ... އައި ވޯންޓް ހާޓް ހާ ރާދު... އެކަން ޔަގީން ކުރޭ" އަރްސަލް ބުންޏެވެ. ރާދިންގެ ތުންފަތަށް ވެރިވީ ހިތްހަމަޖެހުމުގެ ހިނިތުންވުމެކެވެ.

"އައި ޓްރަސްޓް ޔޫ... ބައިދަވޭ... ނިމްއާ ގުޅުންހުރި ވާހަކައެއްތަ ދައްކަން ބޭނުންވީ. ބުނީމެއްނު އޮފީހަށް އައިހޭ އެ ވާހަކަދައްކާނީ" ރާދިން ހަނދާންކޮށްދިނެވެ.

"ޔާ!... އައި ހޭވް ފިއު ޕްލޭންސް... ރާދުގެ ޚިޔާލެއް މުހިންމު. ފަހަރެއްގައި މާ އަވަސް އަރުވާލެވެނީއޭ ވެސް ހިތަށް އަރާ. އެކަމަކު އަހަރެންގެ ހިތެއް ނުބުނޭ ގޯސްވާނެއެކޭ... ފޯ ދި ފަސްޓް ޓައިމް އައި ފީލް އައި އޭމް ޑުއިން ސަމްތިންގް ރައިޓް ޓު ހާ" އަރްސަލްގެ ސިކުނޑީގައިވީ ޚިޔާލުތައް އޭނާ ރާދިންއާ ޚިއްޞާކުރިއެވެ. އަޑުއަހަން އިން ރާދިންގެ ތުންފަތުގައިވި ހިނިތުންވުން ފިލައިގެނެއް ނުދިޔައެވެ. ދޭތެރެއަކުން ބޯޖަހާލައެވެ. ނުބުނި ކަމުގައި ވިޔަސް އަރްސަލްގެ ނިންމުންތަކަށް ރާދިންގެ ރުހުން އޮތްކަން އަރްސަލްއަށް އެނގުނެވެ.

* * * *

ދުވަސްތައް ފާއިތުވަމުންދިޔައިރު ނިމްރާއަށް ފާހަގަކުރެވުނީ އަރްސަލް ކިތަންމެ ބުރަކޮށް އުޅުނު ކަމުގައި ވިޔަސް ކޮންމެވެސް ސިފައެއްގައި ނިމްރާއަށް ވަގުތު ހުސްކުރާކަމެވެ. ހުރިހާ ވަގުތަކު ހިނިތުންވެފައި ނުހުރި ނަމަވެސް އެއްވެސް ގޮތަކަށް ރުޅިއެއް ނާދެއެވެ. ނުރުހުމުގެ ބަހެއް ވެސް ނުބުނެއެވެ. ދޭތެރެއަކުން އަރްސަލް ފޮނުވާ ލާނެތް ސަމާސާ މެސެޖުތަކުން ނިމްރާ ބައެއްފަހަރު ލަދުން މަރުވާވަރުވެއެވެ. ބައެއް ވާހަކަތަކަކީ ލޯބިވެރިންގެ ދެމެދުގައި ނޫނީ ނުދައްކާފަދަ ވާހަކަތައްކަން ނިމްރާ ޤަބޫލުކުރެއެވެ. އެކަމަކު އޭނާއަކީ އަރްސަލްގެ ލޯބިވެރިޔާއެއްނޫނެވެ. ބައިވެރިއަކު ބޭނުންވާކަން އަރްސަލް ހާމައެއް ނުކުރެއެވެ. އެހެންވިޔަސް އެފަދަ އިހުސާސެއް ނިމްރާއަށް ކުރެވެނީ ޚުދު އަރްސަލްގެ ސަބަބުންނެވެ. އެކަމާ ގަޔާވާން ބޭނުންނުވިޔަސް ނިމްރާއަށް ގަޔާވެވެނީއެވެ. ލޯބިވެރިއަކަށް ނުވިނަމަވެސް އަރްސަލްވަނީ ނިމްރާގެ ތުންފަތުން މީރުކަން ހޯދާފައެވެ. އެންމެ ފަހަރަކު ނޫނެވެ. ހަތަރުފަހަރެއްގެ މަތިންނެވެ. އަމިއްލަ ހިތުގެ ލަގަން ދޫވެގެންދާނޭކަން ޔަގީންވާތީ އޭގެ ފަހުން ނިމްރާ އެ ފުރުޞަތު އަރްސަލްއަށް ނުދޭން މަސައްކަތްކުރިއެވެ. ނަސީބަކުން އަރްސަލް ވެސް ގަދަކަމުން ކަމެއް ކުރާކަށް ނޫޅެއެވެ. ނަމަވެސް އަރްސަލް އެ ގާތްކަމަށް އެދެއެވެ. ތުންފަތުގެ ބީހިލުމަކަށް އޭނާ ބޭނުންވެ އެއްވެސް ޖެހިލުމެއްނެތި ނިމްރާގެ ކުރިމަތީ އޭނާ ބޭނުންވާކަން ހާމަކުރެއެވެ. އެއީ ވަގުތީ އެދުންވެރިކަމަކަށްވާން ނިމްރާ ނޭދެއެވެ. ނަމަވެސް އެހެން ސީދާ އަރްސަލްއާ ދިމާއަށް ބުނަން ނިމްރާއަށް ނުކެރެނީއެވެ.

* * * *

ބުރާސްފަތި ދުވަހުގެ ހަވީރު އަރްސަލްއާއި ރާދިން އޮފީހުން ނުކުމެގެން އެޕާޓްމެންޓަށް އައިސް ވަނުމާއެކު ހައިރާންކަން ލިބުނީ ޝިހާނާއާއި ހަލަފް ސޯފާގައި ތިބިތަން ފެނިފައެވެ. އަރްސަލްގެ ނަޒަރު ވަގުތުން ހުއްޓުނީ ނިމްރާއަށެވެ.

"އާނާ!" ހައިރާންވެފައި ހުރެ ރާދިންއަށް ބުނެލެވުނެވެ.

"ދެ ދުވަހުގެ އޮފެއް ލިބުނީމަ ސްލީޕްއޯވާއަކަށް މި އައީ... އެންޓަރޓެއިން މީ ބޯއީޒް" ހިނިގަނޑެއް ޖަހާލަމުން ޝިހާނާ ބުނެލިއެވެ.

"އެކަނި އައިނަމައެއްނު" އަރްސަލް ބުނެލީ ހަލަފްއަށް ބަލާލަމުންނެވެ.

"ނޯ ވޭ... އައި ނީޑް ދި ފުލް ޕެކޭޖް. ވެލް! ގޮލްޑިލޮކްސް ނީޑް ހާ ތްރީ ބެއާސް... ސްޕެޝަލީ ދި ބޭބީ ބެއާ" ސޯފާގައި ޖެހިގެން އިން ހަލަފްގެ ކޮނޑަށް އަތްވައްޓާލާ ގާތްކޮށްލަމުން ރާދިންއާއި އަރްސަލްއަށް ޝިހާނާ އެއްލޯ މަރާލިއެވެ. ރާދިން ހިނިގަނޑެއް ޖަހާލިއެވެ. ނިމްރާ ކައިރިއަށް ވެސް ހިނިއައެވެ. ޝީހާނާއި ހަލަފް އައުމަކީ އެޕާޓްމެންޓުގެ ތެރޭ އަޑުފަށްގަނޑު ގަދަވާނެ ކަމެއްކަން ނިމްރާއަށް އެނގުނެވެ. އެކަމަކު ނިމްރާ ކަންބޮޑުވީ އަރްސަލްއާއި ހަލަފްއާ ދެމެދު ދެބަސްވުންތަކެއް ހިނގާފާނޭތީއެވެ.

"އެންޑް އައި މިސްޑް ޔޫ ގާލް" ނިމްރާއާ ދިމާއަށް ޝިހާނާ ބަލާލާފައި ނިކަން ބޮޑަށް ހިނިތުންވެލިއެވެ.

"ގޯ ޗޭންޖް އެންޑް ލެޓް ދި ޕާޓީ ސްޓާޓް" އަރްސަލްއާއި ރާދިންއަށް އަތުން އިޝާރާތްކޮށްލަމުން ޝިހާނާ ބުނެލިއެވެ.

ހަވީރު ސައިބޯން އެންމެން އެކުގައި ފޭބީ ތިރީގައި ހުރި ރެސްޓޯރެންޓަށެވެ. ޝިހާނާއަށް އެންމެ ކަމުދިޔައީ ފޮނި އެއްޗިއްސެވެ. "ބަނާނާ ކެރެމަލް ކްރީމް ޑެޒާޓް"ގެ ދެ ތަށި އޭނާ ކާލިއެވެ. އޭނާގެ ތަށިން ރާދިންނޫން މީހަކަށް ރަހަ ބަލާލުމުގެ ހުއްދަ ވެސް ނުދިނެވެ. ދޭތެރެއަކުން ޝީހާނާގެ ތަށި ދަމައިގަންނަން ހަލަފް އުޅެއެވެ. ރެސްޓޯރެންޓު ތެރޭގައި އެމީހުން ތިބި މޭޒު ދޮށުގައި ހުނުމުގެ އަޑާއި ވާހަކަދައްކާ އަޑު ގަދަވެފައި ވިއެވެ. އެ މީހުންގެ ތެރޭގައި އިނުމަށް ފުރުޞަތު ލިބުނީތީ ނިމްރާ އިނީ އުފަލުންނެވެ. ޢާއިލާގައި ކުދީން ގިނަ ވުމުން އެ މީހުންގެ މެދުގައި އޮންނަ ގުޅުން ނިމްރާއަށް ސިފަކުރެވުނީ އަރްސަލްގެ ގާތަށް އައިފަހުންނެވެ. އެމީހުންގެ ތެރެއިން އެންމެ ދޮށީ ޝިހާނާކަން ހަލަފްވަނީ އެއްފަހަރު ބުނެފައެވެ. ޝިހާނާއަކީ ކަޒިންއެކޭ ހަލަފް ބުނި ނަމަވެސް ހަޤީޤަތުގައި ހަލަފްމެންނާ އެއްވެސް ތިމާގެ ކަމެއްނެތެވެ. އެހެންނަމަވެސް ޝިހާނާއަކީ އެ މީހުންނާ ދުރުހިލޭ މީހެކޭ އެކަކު ވެސް ނުބުނާނެއެވެ.

އެނބުރި އެޕާޓްމެންޓަށް އެންމެން އައީ ޝިހާނާގެ އެދުމަށް އެރޭ ސްޕެގެޓީ ހަދަން އެއްޗެހި ގަނެގެންނެވެ. އައި މަގުމަތީ ކީފާ ގެންނަން ޝިހާނާ ޚިޔާލު ދިނެވެ. އެހިނދު އަރްސަލްއާއި ރާދިން އެކުއެކީ އެކަން މަނާކުރުމުން ދެންތިބި މީހުންނަށް ހައިރާންކަމެއް ލިބުނެވެ. އެކަން ބޮޑުކަމަކަށް އެވަގުތު ނުހެދި ނަމަވެސް ޝިހާނާ ހުރީ އެވާހަކަ އޮޅުން ފިލުވަން ބޭނުންވެފައެވެ. ކީފާ ގެންނަން އަރްސަލްއާއި ރާދިން އެކުގައި ބޭނުންނުވާނީ ކޮންމެވެސް ކަމެއްވެގެންކަން ޝިހާނާއަށް ޔަގީންވެއެވެ.

އެޕާޓްމެންޓަށް ވަދެ ހަމަޖެހިލެވުމާއެކު މަޣްރިބު ނަމާދަށް ގޮވައިފިއެވެ. ޖޮއިސްޓިކު ހިފައިގެން ސޯފާގައި ހަމަޖެހިލި ހަލަފްގެ ބުރަކަށީގައި ޝިހާނާ ބޮނޑިއެއް އެޅިއެވެ. ނަމާދަށް ގޮވި ވަގުތު ބަލާފައި ނަމާދަށް ނުގޮސް ގޭމް ކުޅެން ޖައްސާލީމައެވެ. ރާދިން ނަމާދަށް ދާން އުޅެން ފެށުމުން އޭނާއާއެކު ހަލަފް ގެންދިއުމަށް ބުންޏެވެ. އަރްސަލް އަވަހަށް ކޮޓަރިއާ ދިމާއަށް ދާން އުޅުމުން އޭނާގެ އަތުގައި ހިފައި ޝިހާނާ ދަމައިގަތެވެ.

"އިބީލީހަށްނުވެ ދެ މީހުން ވެސް ރާދުއާއެކު ދޭ ނަމާދަށް" އަރްސަލްގެ ބުރަކަށީގައި އަޅާ ރާދިންއާއި ހަލަފްއާ ދިމާއަށް ކޮއްޕާލަމުން ޝިހާނާ އަމުރުކުރިއެވެ.

"އޯކޭ މަމް" ރާދިންއާއެކު އެޕާޓްމެންޓުގެ ދޮރުން ނުކުންނަމުން ހަލަފް ގޮވާލިއެވެ. ނިމްރާ ހީނލިއެވެ. ހަމައެވަގުތު ނިމްރާގެ އަތުގައި ހިފާ ޝިހާނާ ދަމާލާފައި އޭނާއާއެކު ނަމާދުކުރަން އައުމަށް ބުންޏެވެ.

ސިޓިންރޫމުތެރޭ އަޑުގަދަވީ އިޝާ ނަމާދުގެ ފަހުންނެވެ. ރާދިން ޚަބަރު ބަލަން އިނީތީ އެކަމާ ހަލަފް ޝަކުވާކުރީ ގޭމް ނުކުޅެވިގެންނެވެ. ޝިހާނާ އިނީ ހަލަފްއާ ދިމާއަށް ކުދި ކިޔާލަކިޔާލައެވެ.

"އޯކޭ... އަހަރެން ފަހުން ގޭމް ކުޅެފާނަން... ކޮބާތަ ރެޑް؟ އެކަކު ލޯބިނުވިޔަސް ރެޑް އަހަރެންދެކެ ލޯބިވާނެ" ޝިހާނާއާ ދިމާއަށް ތުންކޮޅު ހަދާލަމުން ހަލަފް ބުނެލިއެވެ. އެވަގުތު އެތަނުގައި ނިމްރާއާއި އަރްސަލް ފެންނަން ނެތްކަން ޝިހާނާއަށް އެނގުނީ ދެނެވެ.

"ނިމް ކޮޓަރިން ނުކުތް... މިހާރު ކޮންތާކަށް ވަނީ... އައި ވިލް ގޯ އެންޑް ޗެކް" ހަލަފްއަށް މަޑުކުރުމަށް އަތުން އިޝާރާތްކޮށްލާފައި ޝިހާނާ ތެދުވިއެވެ. އަދި އޭނާ ގަސްދުކުރީ ފުރަތަމަ ވެސް ނިމްރާގެ ކޮޓަރި ބަލާށެވެ. އެހިސާބަށް ދެވުނު ތަނާހެން ބިއްދޮށުގައި ހުރި ބެލްކަނީގެ ދޮރު ހުޅުވާފައި ހުރުމުން ގޭތެރެއަށް ލުއިލުއި ވައިރޯޅި ވަންނަމުންދިޔައެވެ. ހަމައެއާއެކު ބެލްކަނީގައި ތިބެ ދެ މީހަކު ވާހަކަދައްކާއަޑު ޝިހާނާއަށް އިވުނެވެ. (ނުނިމޭ)