ދުނިޔެ

ކިމް-ޓްރަމްޕް ސަމިޓް ބޭއްވޭނެ ކަމުގެ ކަށަވަރުކަން ލިބިއްޖެ

އުތުކޮރެއާގެ ލީޑަރު ކިމްޖޮން އުންއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބާއްވަވާނެކަން ކުރިން އިއުލާނުކޮށްފައިވާ ބައްދަލުވުން އޮންނާނެކަމުގެ ކަށަވަރުކަން ޓްރަމްޕް އަލުން ދެއްވައިފިއެވެ. ޓްރަމްޕް އެކަން ކަށަވަރުކޮށްދެއްވާފައި މިވަނީ އެ ބައްދަލުވުން ކެންސަލް ކުރިކަން ކިމްއަށ އެންގެވުމަށް ފަހު، ބޭއްވިދާނެކަމަށް އަލުން ވިދާޅުވިތާ ދުވަސްކޮޅެއް ފަހުންނެވެ.

ބައްދަލުވުން އަލުން ބާއްވާނެކަމުގެ ކަށަވަރުކަން ޓްރަމްޕް ދެއްވީ އުތުުރުކޮރެއާގެ ޖާސޫސީ އިދާރާގެ ވެރިޔާ އަދި ކިމްގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކިމްޔޮންޗޮލްްއާ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި ބައްދަލުކުރެއްވުމަށް ފަހުގައެވެ. ކިމްގެ މަންދޫބެއްގެ ގޮތުގައި އެމެރިކާއަށް ވަޑައިގެންނެވި ކިމްޔޮންޗޮލް ވަނީ ކިމްގެ ސިޓީފުޅެއް ޓްރަމްޕަށް އަރުވާފައެވެ. އެސިޓީ ފުޅާ ބެހޭ ގޮތުން ކިމް ފުރަތަމަ ވިދާޅުވީ އެއީ ޝައުގުވެރިކުރުވަނިވި ސިޓީފުޅެއް ކަމަށެވެ. ނަމަވެސް ފަހުން ވިދާޅުވީ ސިޓީފުޅު އަދި ވިދާޅުނުވާ ކަމަށެވެ.