ވާހަކަ

ބުނެދޭށޭރުހެމޭ

(31 މެއި 2018 އާ ގުޅޭ) -- "ނިމް ކޮޓަރިން ނުކުތް... މިހާރު ކޮންތާކަށް ވަނީ... އައި ވިލް ގޯ އެންޑް ޗެކް" ހަލަފްއަށް މަޑުކުރުމަށް އަތުން އިޝާރާތްކޮށްލާފައި ޝިހާނާ ތެދުވިއެވެ. އަދި އޭނާ ގަސްދުކުރީ ފުރަތަމަ ވެސް ނިމްރާގެ ކޮޓަރި ބަލާށެވެ. އެހިސާބަށް ދެވުނު ތަނާހެން ބިއްދޮށުގައި ހުރި ބެލްކަނީގެ ދޮރު ހުޅުވާފައި ހުރުމުން ގޭތެރެއަށް ލުއިލުއި ވައިރޯޅި ވަންނަމުންދިޔައެވެ. ހަމައެއާއެކު ބެލްކަނީގައި ތިބެ ދެ މީހަކު ވާހަކަދައްކާއަޑު ޝިހާނާއަށް އިވުނެވެ.

ބެލްކަންޏާއި ކައިރިއަށް ޖެހިލި ޝިހާނާއަށް އިވުނީ ނިމްރާއާއި އަރްސަލްގެ އަޑުކަން ޔަގީންވިއެވެ. ސިއްރުން މީހުން ދައްކާ ވާހަކަ އަޑުއަހަން ހުރުމަކީ ރަނގަޅުކަމެއްނޫންކަން އެނގޭއިރު ވެސް ޝިހާނާ ބޭނުންވީ އިރުކޮޅަކު މަޑުކޮށްލާށެވެ. ނިމްރާއާއި އަރްސަލްގެ ދެމެދުގައި ދެކެވޭ ވާހަކައެއް އެނގެން ބޭނުންވާތީއެވެ. ހަމައެއާއެކު އޭނާއަށް ހީވާ ހީވުން ޔަގީންކުރާށެވެ.

"އަހަރެމެން ދެމެދުގައި މާބޮޑު ވާހަކައެއް ނުދެކެވޭ... އަދި ނުވެއެއްނު ތިހެން އުޅޭކަށް. ކޮންކަމަކާތަ ތިހާ އިންސިކިއޯވެގެން ތިއުޅެނީ... އަހަރެންގެ އަމިއްލަ އިޚްތިޔާރުގައި ފިޔަވަޅެއް ވެސް އަޅައިގެން ނުވަނީތަ؟ އަހަރެން ވާހަކަދައްކަން ބޭނުން މީހަކާ ވާހަކަދައްކައިގެން ވެސް ނުވަނީތަ؟ އަހަރެން ނުބުނަންތަ ތި ހީކުރާ ކަހަލަ ކަމެއްނެތޭ އަހަރެމެން ދެ މީހުންގެ ދެމެދު... ސްޓޮޕް ބީއިންގް އަ ކޮންޓްރޯލް ފްރީކް" ނިމްރާ މަޑުމަޑުން ބުނެލިއެވެ.

"ދެން ސްޓޭ އަވޭ ފްރޮމް ހިމް" ދަތްކުނޑިވިކާލަމުން އަރްސަލް ބުނެލިއެވެ.

"އަހަރެން އޭނާގެ އުނގަށް އަރާތަ އިންނަނީ؟ ހީ އިޒް ލައިކް އަ ބްރަދާ ޓު މީ... ދުވަހަކުވެސް އަދި ނެތް އަހަރެންގެ ގައިގާ އަތްލައިގެން ނުވާނޭ ގޮތަކަށް އަތްލާފައެއް. އަހަންނަށް އެނގޭ އޭނާއަށްވުރެ އޭނާގެ އަނގަ ބޮޑުކަން އެކަމަކު އޭގެ މާނައަކީ އޭނާގެ ހިތްނުބައިކީ ނޫން.... އައި ޑޫ ޓްރަސްޓް ހިމް. ހީ ޓްރީޓް މީ ލައިކް އަ ސިސްޓާ. މީހަކު ވާހަކަދެއްކީމަ އަނގައިން ނުބުނެ ހުރުމަކީ ރީތި ގޮތެއްނޫނެއްނު. ހަމަ ރަނގަޅަށް އެނގޭނެ އޭނާގެ ވާހަކަ ހުންނާނީ ކިހިނެއްކަން. ރުޅި އަންނާތީ ރުޅިއަރުވަން ވެގެން ވެސް އެއްޗެހި ބުނާނެ" ނިމްރާ ބުނެލިއެވެ.

"ބަޓް އައި ޑޯންޓް ޓްރަސްޓް ހިމް ވެން ހީ އިޒް ވިތް ޔޫ" އަރްސަލް މޫނު އަނބުރާލަމުން ބެލްކަނީގެ ފާރުބުރީގައި ދެއަތް އަޅުވާލާ ގުދުވެލިއެވެ.

"މީހަކަށް އިތުބާރުނުކުރެވެންޏާ އަހަންނަށް އިތުރުބާރުކޮށްބަލަ... ޕްލީޒް... ޕްލީޒް... އަހަރެން ބޭނުމެއްނޫން އަހަރެމެން ދެބަސްވާކަށް" ނިމްރާ މަޑުމަޑުން ކުރިއަށް ޖެހިލާ އަރްސަލްގެ ކޮނޑުގައި އަތްބާއްވާލިއެވެ. އަދި އަނެއްއަތުން އަރްސަލްގެ މޫނުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލިއެވެ. އެ ބީހުން އަރްސަލްގެ ސަމާލުކަން ވަގުތުން ހޯދައިފިއެވެ. އޭނާ ހަށިގަނޑު ތެދުކޮށްލާ ނިމްރާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.

"އޯކޭ ސްކާލެޓް... އައި ވޯންޓް ފައިޓް ވިތް ޔޫ" ނިމްރާގެ ކޯތާފަތުގައި އަރްސަލް ފިރުމާލިއެވެ. އިތުރު ވާހަކައެއް އެ ދެމެދުގައި ނުދެކެވުނު ނަމަވެސް އަރްސަލް ހުރީ ނިމްރާގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެންނެވެ. އެހެން ހުރިއިރު ދޭތެރެއަކުން ނިމްރާގެ ނިތްކުރި މައްޗަށް ވެއްޓިފައި އޮންނަ އިސްތަށިގަނޑުގެ ބައި ކަންފަތުގެ ފަހަތަށްވާގޮތަށް ލައްވާލާ ރީތިކޮށްލައެވެ.

"އާނާ ހޯދާނެ މިހާރު" އަރްސަލް މޫނު އަރިކޮށްލާ ގާތްވެލުމުން ނިމްރާ ބުނެލިއެވެ.

"ދިސް ވޯންޓް ޓޭކް ޓޫ ލޯންގް" އެއްމިޔަކަނުން އަރްސަލް ހިނިތުންވެލިއެވެ. އޭނާ ބުނި އެއްޗެއް ފަހުމްވުމާއެކު ނިމްރާ ވަގުތުން ރަކިވިއެވެ. މަޑުމަޑުން ކުރިއަށް ޖެހި ނިމްރާއާ ދެމެދު އޮތް ހުސްކަން އަރްސަލް ނައްތާލިއެވެ. މޫނާއި މޫނު ގާތްކޮށްލި ހިނދު އަރްސަލްގެ ނޭވާ އިހުސާސް ކުރެވި އޭނާގެ ގަމީހުގައި ނިމްރާއަށް ހިފާ ބާރުކޮށްލެވުނެވެ. ނަމަވެސް އަރްސަލްގެ ހިތުގެ އެދުން ފުރިހަމަނުވަނީސް ބެލްކަނި ކައިރިން ޝިހާނާގެ އަޑު އިވިއްޖެއެވެ.

"ނިމް!... ހޯދާތާ ކިހާއިރެއް؟ އަރްސަލް! ތީ ކޮންކަމެއް؟ ނިމްއަށް ލެކްޗަރެއް ދެނީތަ؟" އެއްވެސް ކަމެއްނޭނގޭ ކަމަށް ހަދާފައި ޝިހާނާ ވާހަކަދެއްކިއެވެ. އޭނާއަށް އަރްސަލްގެ މޫނުމަތިން އަސަރެއް ނުފެނުނުކަމުގައި ވިޔަސް ނިމްރާގެ ޖަންބުކުލަ ވެރިވެފައިވި މޫނުން އެތައްކަމެއް ދެނެގަނެވުނެވެ. ކުޑަކޮށް ހިނިއައި ނަމަވެސް ހިނިތުންވުން ޝިހާނާ ފޮރުވާލިއެވެ. އަދި ނިމްރާގެ އަތުގައި ހިފާ ދަމާލަމުން ބެލްކަނިން ގޭތެރެއަށް ވަނެވެ.

"އަހަރެމެން ކެއްކީމަ އެއްނު ކެވޭނީ" ޝިހާނާ ބުނެލިއެވެ.

ޝިހާނާއާއި ނިމްރާ ބަދިގޭގައި ހަރަކާތްތެރިވަމުންދިޔައިރު ސިޓިންރޫމުގައި ދެން ތިބި އެންމެން ތިއްބެވެ. ދޭތެރެއަކުން ރާދިން އައިސް އެއްޗެހީގެ ރަހަ ބަލައެވެ. ހަލަފްއަށް ގޭމް ކުޅެން ޓީވީ ލިބުމުން އޭނާ އިނީ އެކަމަށް ގޮސް ގެއްލިފައެވެ. އިރުކޮޅަކު އިނދެފައި އަރްސަލް ތެދުވެގެން ނުކުތީ ސިޓިންރޫމު ތެރެއިން ނުކުމެވެން ހުރި ބެލްކަންޏެވެ. އެތަނުގައި ހުރި މޭޒު ދޮށުގައި އަރްސަލް އިށީނދެ އިންއިރު އޭނާ ކޮންމެވެސް ކަމަކާ ވިސްނަނީހެން ހީވެއެވެ. ގިނަ އިރެއްނުވެ ކެއްކުމުގެ ހުރިހާ ކަމެއް ނިމި ތަށިތަކަށް އަޅަން ފެށިއެވެ. ކާމޭޒު ދޮށުގައި އެންމެންނަށް ނުތިބެވޭނޭތީ ކޮފީ މޭޒުމަތީ ތަށިތައް އެތުރިއެވެ. ޝިހާނާ ތަށިތަކުގެ ފޮޓޯ ނެގިއެވެ. ކާން ތައްޔާރުވެއްޖެކަން އެނގުމުން ހަލަފް ވެސް ކުރަން އިން ހުރިހާ ކަމެއް ހުއްޓާލައިފިއެވެ.

"ދުވާ ވަހުން ވެސް ކުޅު ދިޔާވެއްޖެ... ކޮބާ އަހަރެންގެ ތަށި؟" ހަލަފް އަވަހަށް އަހާލިއެވެ.

"އަރްސަލް!... އާދޭ ކާން" ރާދިން ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އަދި ސޯފާގައި އިށީންނަން އައެވެ. ނަމަވެސް އަރްސަލްގެ ޚަބަރެއްނުވުމުން އޭނާއަށް ގޮވަން ރާދިން ދާން އުޅުނެވެ.

"ރާދު ދާނެކަމެއްނެތް... ނިމް! ޔޫ ގޯ... އަރްސަލް ގާތު ބުނޭ ރެޑީވެއްޖެޔޭ" ޝިހާނާ މަޢުނަވީ ހިނިތުންވުމެއް ދެމުން ބުނެލިއެވެ. ޝިހާނާގެ އެ ހަރަކާތް ރާދިންއާއި ހަލަފްއަށް ވެސް ފާހަގަކުރެވުނެވެ. ކޮންމެ މީހަކަށް ވަކިވަކިން ބަލާލާފައި ނިމްރާ ހިނގައިގަތެވެ.

ފޯނެއްގައި ހުރި އަރްސަލްއަށް ނިމްރާ ފެނުމުން އަތުން އިޝާރާތްކޮށްލީ މަޑުކޮށްލުމަށެވެ. އެހެންވެ އެއްޗެއް ނުބުނެ އަރްސަލްގެ ފޯނުކޯލު ނިމެންދެން ނިމްރާ ހުއްޓެވެ.

"ކާން އަންނާށޯ އާނާ ބުނީ" އަރްސަލް ފޯނު ތިރިކޮށްލިތަން ފެނުމުން ނިމްރާ ބުނެލިއެވެ. އިތުރު އެއްޗެއް ނުބުނެ އަރްސަލް ކުރިއަށް ފިޔަވަޅު އަޅާލުމުން ނިމްރާ އަވަސްއަވަހަށް އެތެރެއަށް ވަނެވެ.
ކެއުމަށް އިންސާފުކޮށް ނިމެންދެން ވެސް ޝިހާނާގެ އަގަ ހުއްޓައެއްނުލައެވެ. އަރްސަލްއާއި ރާދިން ހުޅުވަން އުޅޭ ހޮޓެލްގެ ވާހަކައާ ގުޅިގެން ޝިހާނާ ސުވާލުކުރަމުންދިޔައެވެ. ހޮޓެލް ހުޅުވޭވަރު ވާނީ އަންނަ އަހަރުގެ މެދެއްހާ ހިސާބުގައި ކަމަށް އަރްސަލް ލަފާ ކުރާކަން ހާމަކުރިއެވެ. ފަނަބުރީގެ އެ އިމާރާތް ހުޅުވުމުގެ ކުރީން އެތަން ހުންނަ ގޮތް ދައްކާލަން ގެންދަންވާނޭކަމުގައި ޝިހާނާ އެދުނެވެ. ހަމައެއާއެކު އަރްސަލްގެ އުފަން ދުވަސް އަންނަން ކައިރިވެފައި އޮތުމުން އެކަމާ ވެސް ޝިހާނާ ވާހަކަދެއްކިއެވެ. އެންމެންނަށް ކާންދޭން ވާނޭކަން އޭނާ ބުންޏެވެ. ނޫނީ އަލުން ބާބެކިއުއެއް ރޭވުމަށް ޚިޔާލުދިނެވެ.

ކައި ނިންމާފައި ހުރި ތަށިތަކާއި ކައްކަން ބޭނުންކުރި ބައެއް ތަށިތައް ސިންކަށް ގިނަވެފައި ހުއްޓެވެ. ހުރިހާ އެއްޗެއް ދޮންނަން ނިމްރާ ސިންކު ދޮށަށް ކައިރިވެލުމާއެކު ޝިހާނާ އެކަން ހުއްޓުވިއެވެ.

"އަހަރެމެން ކެއްކީ؟ މި ތިބީ ތިން ފިރިހެނުން... އެ މީހުން ތަށިތައް ދޮންނަންޖެހޭނީ" ޝިހާނާ ބުނެލިއެވެ.

"އަހަރެން ރެޑްއަށް ހެލްޕް ވެދާނަމޭ" ހަލަފް އިނދެފައި ނިކަން އަވަހަށް ބުނެލިއެވެ.

"ނިމް ލައްވާ އެއްވެސް ކަމެއްކޮށްގެން ނުވާނެ" ޝިހާނާ އަމުރުކޮށްލިއެވެ. ރާދިން ހިނިގަނޑެއް ޖަހާލާފައި ހަލަފްގެ ކޮނޑުގައި އަތްއަޅާ ކޮއްޕާލަމުން ތެދުވިއެވެ.

"އަހަންނަށް ތީ ބޮޑުކަމެއްނުނޭ" ޝިހާނާއަށް އެއްލޯ މަރާލަމުން ރާދިން ބުނެލިއެވެ. އޭނާއާއެކު ހަލަފް ބައިވެރިކުރިއެވެ.

"މީ އަދި މާ ހިތްމޮޅު މީހެއް... ރާދު ނިކަން މީނައަށް ތިހެން އުޅެން ދަސްކޮށްދީބަލަ؟" ސޯފާގައި އިން އަރްސަލްއާ ދިމާއަށް ޝިހާނާ ބުނެލިއެވެ.

"ތިން މީހުން ކުރަންޖެހޭވަރުކަމެއްނޫނޭ އެއީ... އަހަންނަށް ކުރަންޖެހުނީމަ އަހަރެން ވެސް ކުރާނަމޭ. އާނާއަށް ހީވަނީތަ އަހަންނަށް ނުވާނެއޭ" އަރްސަލް ވެސް ދޫދޭކަށް ބޭނުމެއްނުވިއެވެ. ސިންކު ދޮށުގައި ހުރި ރާދިން ހީނގަތް އަޑު އިވުނެވެ.

"ރާދުބެ ކައްކަން ދަސްކުރީ ޑޭޑް ކައިރިންތަ؟ ޔޫ ނޯ ޑޭޑްގެ އެނިވާސަރީ އަންނަކަން. ސަންޑޭ ނައިޓްގަ އެބައޮތް ޑިނާއެއް. މުއްތުބެ ނުބުނޭތަ؟ ރާދުބެ އަންނާނަންތަ؟ އަންނައިރު ދޮންބެއާއި ރެޑް ވެސް ގެންނަންވީނު... ޕްލީޒް" ރާދިން ދޮވެފައި ދޭ ތަށިތައް ހަރުގައި ބަހައްޓަމުން ހަލަފް ވާހަކަދެއްކީ މަޑުމަޑުންނެވެ.

"ހަލަފްގެ ދޮންބެ ކިޑްނެޕްކޮށްގެން އަހަރެން ޖެހޭނީ ގެންދެން... އެވެސް ހޭނައްތާލައިގެން" ހަލަފްއާ ރާދިން ބަދަލުކޮށްލި އަވަސް ނަޒަރުން ވެސް ވުމަށްވުރެ ނުވުން ގާތްކަމެއްގެ ވާހަކަކަން ހަލަފްއަށް އެ ދެއްކުނީ އެނގުނެވެ.

"ރާދުބެ! އަހަރެން ވާހަކައެއް އަހާލަންތަ؟" ހަލަފް ސިއްރުން އަހާލިއެވެ. އެއާއެކު ރާދިން ހޫން ލައްވާލިއެވެ.

"ރާދުބެއަށް ހިޔެނުވޭތަ ދޮންބެ ރެޑް ދެކެ ލައިކްވާހެން" ހަލަފް ބުނި އެއްޗަކުން ރާދިންގެ އަތުގައި އޮތް ތަށި ސޮއްސައިލައިގެން ނުވެއްޓުނީ ކިރިޔާއެވެ.

"ވަޓް ޑޫ ޔޫ މީން" ރާދިން ނޭނގޭ ކަމަށް ހެދުނެވެ.

"ލޫން ސިސް ވަކިވީމަ ދޮންބެ ވެސް ވަރަށް ލޯންލީ ދޯ... މިވީ ދުވަސްތަކުގައި ރެޑްއާއި ދޮންބެ ހީވަނީ ވަރަށް ކްލޯޒްވެއްޖެހެން. އައި ލައިކް ހާ. ހިތަށް އަރަނީ ދޮންބެ ރެޑްއާ ގުޅޭނެނަމައޭ. ރާދުބެގެ ޚިޔާލެއް ބުނެބާ... އަހަންނަށް ހަމަ ހީވަނީ ދޮންބެ ވަރަށް ބޮޑަށް ލައިކްވޭހެން ރެޑްދެކެ. ރާދުބެ އަބަދު ދޮންބެއާ އެއްކޮށް އުޅޭއިރު އެކަން ރާދުބެއަށް ވެސް އޮންނާނީ ފާހަގަވެކަން އެނގޭ" ހަލަފްގެ ހިތުގައިވާ އެއްޗެއް ހާމަކުރިއެވެ.

"އަރްސަލްއަށް އެނގޭނީ އޭނާގެ ދިރިއުޅުމަށް ގެންނާނޭ ބައިވެރިއެއް. ނިމްއާ މެދު ރާދުބެ ވެސް ހިތްހަމަޖެހޭ. ޝީ އިޒް އަ ވެރީ ނައިސް ގާލް އެންޑް ޔެސް މޭބީ... ޖަސްޓް މޭބީ ދޭ ހޭވް ފީލިންގްސް... އެއްގޮތަކަށް ވެސް ނޭނގެ އެ ދެ މީހުން ގުޅޭނެކަމެއް ނޫންކަމެއް" ރާދިން ޚިޔާލަކަށް ގެއްލި ހުރެ ބުނެލިއެވެ.

"ވީ ޝުޑް ހެލްޕް ދެމް" އިރުކޮޅަކު ހުރެފައި ހަލަފް ބުނެލިއެވެ. އެއާއެކު ރާދިން ހީނގަތެވެ.

"ކީއްތަވީ... ދޮންބެގެ ގޮތް އެނގެއެއްނު. އަހަންނަށް ޔަގީންވޭ ދޮންބެ ޖެލަސްވޭކަން ރެޑް ފިރިހެންކުއްޖަކާ ވާހަކަދައްކަފާނޭތީ" ހަލަފް މިހެންބުނެ ލާނެތް ގޮތަކަށް ހީނލިއެވެ. އޭނާގެ ހަނދާނަށް އައީ އެންމެ ފަހުން އެގެއިން ނުކުމެގެން ދިޔަ ދުވަހު އަރްސަލްގެ ކުރިމަތީ ކުޅެލި ޑްރާމާއެވެ. އޭނާއާއި ނިމްރާގެ ދެމެދުގައި އޮތް ގާތްކަން ފެނި އަރްސަލްގެ މޫނުން ފެނިގެންދިޔަ ރުޅިވެރިކަން މީގެ ކުރިން ދުވަހަކުވެސް ހަލަފްއަށް ފެނިފައެއްނުވެއެވެ. އެހާ ޔަގީންކަމާއެކު އަރްސަލްގެ އިހުސާސްތަކާމެދު ވާހަކަދައްކަން ހަލަފްއަށް އެނގުނީ އެހެންވެއެވެ. ރާދިން ހިނިއައިސްފައި ހުރީ އިތުރު އެއްޗެއް ނުބުނާށެވެ. ޚުދު އޭނާއަށް ވެސް މިހާރު އެނގޭ ކަމަކީ އަރްސަލްގެ ހިތުގައި ނިމްރާއަށް ޚާއްޞަކަމެއް ދެވިއްޖެކަމެވެ.

"އިޓްސް ޑަން" ދެއަތް ފުހެމުން ހަލަފް އައިސް ސޯފާގައި އިށީންނަމުން ޝިހާނާއަށް ބުނެލިއެވެ.

"ދެން މިރޭ ކޮންކަމެއް އޮތީ؟ ބިރުވެރި ފިލްމު ބަލަމާ" ޝިހާނާ އެންމެ ގަޔާވާ ކަންތަކުގެ ވާހަކަ ބުނެލިއެވެ.

"އޭރުންތާ ބާރަށް ހަޅޭލެވޭނީ... ފިލްމުގެ އަޑަށްވުރެ އާނާގެ އަޑު ގަދަވާނެ" ހިނިއައިސްފައި އަރްސަލް ބުނެލިއެވެ.

"އެޔޭ ބިރުވެރި ފިލްމު ބެލުމުގެ މަޖާ ކަމަކީ" ޝިހާނާ ނިކަން ފޯރީގައި ބުނެލިއެވެ.

ހުޅުވާފައި ހުރި ޓީވީގެ ޗެނެލްތައް ހަލަފް ބަދަލުކުރަމުންދަނިކޮށް ކުއްލިއަކަށް އަރްސަލް އެދުނީ މަޑުކުރުމަށެވެ. އަދި އޭނާގެ އަތަށް ރިމޯޓު ދިނުމަށެވެ. ކޮންމެވެސް މީހެއްގެ އިންޓަވިއުއެއް ގެނެސްދޭތީ އެ ބަލަން އަރްސަލް އިނެވެ. ރާދިންއަށް ގޮވާލަފައި އޭނާއަށް ވެސް ޓިވީ ދައްކާލިއެވެ.

"އެ ކާކުތަ؟" ހަލަފް އެހީ ރާދިންގެ ގާތުންނެވެ.

"ބިޒްނަސް ކޮމްޕެޓިޓާސް... ރާއްޖޭގެ ނަންބަރ ވަން. ހީ އިޒް ދި ސީއީއޯ... ނުފޫޒުގަދަ ޢާއިލާއެއް" ރާދިން ވަރަށް ކުރުކޮށް ބުނެލިއެވެ.

"އަހަރެމެންގެ ފަސްޓް ޓައިމަށްވިޔަސް އެ މީހުންގެ ގޯލްޑަންވިއުއަށް ވުރެ ސަޅިވާނެ. އެޔެއްނު އެންމެން ވެސް މިހާތަނަށް މާލޭގައި ހުރި އެންމެ ރީތި ހޮޓެލްގެ ގޮތުގައި ފާހަގަކުރާ ހޮޓެލްއަކީ، އެކަމަކު އެއީ އަހަރެމެންގެ ހޮޓެލް ހުޅުވެންދެން" އަރްސަލް ޔަގީންކަމާއެކު ބުނެލިއެވެ.

"އަހަރެން ނޫޅެން އޭނާގެ ފޮނި ވާހަކަ އަޑުއަހާކަށް" ރާދިން ބުނެލިއެވެ. އަދި ތެދުވެގެން ބެލްކަންޏާ ދިމާއަށް ދިޔައެވެ. ގިނައިރެއްނުވެ ޝިހާނާ ތެދުވިއެވެ. އޭނާ ދިޔައީ ރާދިންގެ ފަހަތުންނެވެ. އިރުކޮޅަކު ޓީވީއަށް ބަލަން އިން ހަލަފް ވެސް ނިކަން އަވަހަށް ޝައުގުވެރިކަން ގެއްލިއްޖެއެވެ. އޭނާ އެނބުރިލީ ނިމްރާއާ ދިމާއަށެވެ.

"ރާދު!" ޝިހާނާ ގޮވާލުމުން ބެލެކަނީގެ ފާރުބުރި މަތީ ދެއަތް އަޅުވާލައިގެން ހުރި ރާދިން ބަލާލިއެވެ.

"އަސްލު ބުނެބަލަ... ކީއްވެތަ ކީފާ ނުގެނައީ؟ އަހަރެން ހީކުރީ ތި މީހުން ވަރަށް ކްލޯސްކަމަށް" ޝިހާނާ އައިސް ރާދިން ހުރި ހެން ބެލްކަނީގެ ކައިރީ މަޑުކޮށްލަމުން އަހާލިއެވެ.

"ކީފާގެ ޚިޔާލު ވަރަށް ތަފާތުވާނެ" ރާދިން ބުނެލިއެވެ.

"ހަމައެކަނި އެއީ ހެންނެއް ހިޔެއްނުވޭ މައްސަލައަކީ... އަރްސަލްއާއި ރާދުއާ ދެ މީހުން އެއްފަހަރާ އެކަން މަނާކުރާނީ ކޮންމެވެސް ބޮޑުކަމަކާ ގުޅިގެން. އަހަންނަށް ސިއްރު ނުހިފެއްޓިދާނޭ ހީވާތީތަ ނުބުނަން ތި އުޅެނީ" ޝިހާނާ ފަރުވާތެރިކަމާއެކު ރާދިންގެ މޫނަށް ބަލާލިއެވެ.

"އައި ނޯ އައި ކޭން ޓްރަސްޓް ޔޫ... ޓްރަސްޓެއްނޫން ހަޤީޤީ މައްސަލައަކީ. ކީފާ... އޭނާ އަރްސަލްއާ ގުޅެން ބޭނުންވާކަން އަހަންނަށް އެނގޭ އަހަރެމެން ކިޔަވަން އުޅުނު އިރުން ފެށިގެން. އަހަންނަށް ވެސް ލައިކް ވެވުނީ އޭނާދެކެ. އަރްސަލް މެރީ ކުރީމަ ކީފާ ދުރަށް ދިޔައީ. އެކަމަކު މިހާރު އަނެއްކާ އުޅެނީ އަރްސަލްއާ ގުޅެން ބޭނުންވެގެން. އޭނާ އެކަން އަރްސަލް ގާތު ބުނަން ވެސް ބުނެފި. އަރްސަލް ބޭނުމެއްނުވޭ ކީފާއާ ގުޅޭކަށް"

"އަރްސަލް ބޭނުންވަނީ ނިމް ދޯ" ރާދިންގެ ވާހަކަ ނުނިމެނީސް ޝިހާނާ ބުނެލިއެވެ. އެހިނދު ރާދިންނަށް ހައިރާންކަމެއް ލިބިގެންދިޔައެވެ. ގިނައިރެއްނުވެ ދެން ފެނުނީ ރާދިން ލުއި ހީނލުމަކުން ހީނލިތަނެވެ.

"އާނާއަށް ކިހިނެއް އެނގުނީ" ރާދިން އަހާލިއެވެ.

"އަހަންނަށް އަޑުއިވުނީ އެ ދެމީހުން ވާހަކަދައްކަނިކޮށް... އަސްލު އަޑުއިވުނީކީނޫން އަހަރެން އަޑު އެހީ. އަހަންނަށް ފުރަތަމަ ނިމް މިގެއިން ފެނުނު ދުވަހު ވެސް ހީވި އަރްސަލްއާއި އެ އަންހެންކުއްޖާއާ ދެމެދު ކޮންމެވެސް ގުޅުމެއް އޮވެއޭ. ކީއްވެތަ އަރްސަލް އޭނާ މިގެއަށް ގެނެސްގެން އެ ގެންގުޅެނީ. ފުލް ސްޓޯރީ އަހަންނަށް ކިޔައިދީބަލަ ރާދު... ނިމް ހީވޭ ވަރަށް ނައިސް ކުއްޖެއްހެން. ކީފާ އެހެންވެ ދޯ ނިމްދެކެ ފޫހިވަނީ؟ އަހަރެން ވެސް ބުނާނީ ކީފާއަށްވުރެ ނިމް މާ ގުޅެއޭ އަރްސަލްއާ" ޝިހާނާ ބުނެލިއެވެ. ރާދިން ފުންނޭވާއެއް ލިއެވެ. ޝިހާނާއަށް ކިޔައިދިނުން އެއީ ރަނގަޅު ޚިޔާލަކަށް ވެދާނޭކަމާމެދު ރާދިންގެ ހިތުގައި ސުވާލު އުފެދުނެވެ. އެހެންނަމަވެސް އެ ހަޤީޤަތް އިތުރު މީހަކަށް ހާމަކުރަން ރާދިން ބޭނުންވިއެވެ. އެހެންވެ ނިމްރާއާ ދިމާވިގޮތް ރާދިން ކިޔައިދިނެވެ.

"އަސްލުވެސްތަ؟ އެކަމަކު ނިމްއަށް އެކަމުގައި ބްލޭމް ކުރަންވީ ކީއްވެ؟ އެއީ އޭނާގެ ވެސް ކުށެއްނޫނެއްނު. އެންޑް ދެޓް ސްޓުޕިޑް ގާލް... އަރްސަލް ބުނިހާ ގޮތަކަށް އެ އުޅެނީ... ރާދު ބުނީ ތެދެއް. އަހަންނަށް ވެސް ޤަބޫލުކުރެވެނީ ތިހެން. ޑެސްޓިނީ ބްރޯޓް ދެމް ޓުގެދާ" ޝިހާނާ ބުންޏެވެ.

"އަހަރެން ހިތަށް އަރަނީ ހުރިހާ ކަމެއް ބަދަލުވާނެނަމައޭ. ބައްޕަ ގާތަށް އެނބުރި ގޮސް އަހަރެމެން އެންމެން އެކުގައި އަލުން އުޅެވޭނެނަމައޭ... ބައެއްފަހަރު ނޭނގޭ ކީއްވެކަމެއް.... ހަމަ ހިތަށް އަރަނީ ނިމްއަކީ އަރްސަލްއަށް އެންމެ އެކަށޭނެ ކުއްޖާއޭ. އަރްސަލްގެ ލައިފް ބަދަލުކުރެވޭނީ ހަމައެކަނި ނިމްއަށޭ. އާނާ! އައި ރިއަލީ ވޯންޓް ދެމް ޓު ބީ ޓުގެދާ. ކޮންމެވެސް ދުވަހަކުން ދެމަފިރިންގެ ގޮތުގައި ދުށުމަށް ވެސް އެދެވޭ. އެ ދުވަހަކުން ހަމަގައިމު ވެސް އަހަރެންގެ އެންމެބޮޑު އެދުން ފުރިހަމަވާނެ... އެކަމަކު އެ ދުވަސް ދުށުމަށް ބޭނުންވަނީ އެންމެން އެކުގައި އުޅޭއިރު. ޚާއްޞަކޮށް ބައްޕައާއި އަރްސަލް އެކުގައި އުޅޭ ދުވަހަކުން" ރާދިން ބަލާލީ އުންމީދުން ފުރިގެންވީ ފަދަ ބެލުމަކުންނެވެ.

"އަހަރެމެން މި ތިބީނު. އެ ދެމީހުން ގުޅުވައިދޭން" ޝިހާނާ ހިނިތުންވެލަމުން ބުނެލިއެވެ.

"ހަލަފް ވެސް ބުނީ ތިހެން... އޭނާއަށް ވެސް އެނގޭ އަރްސަލް ގަޔާވާކަން ނިމްއާ... އަހަންނަށް ވެސް ހހީވަނީ އެ ދެ މީހުން ގުޅުވުމުގައި އަހަރެމެންގެ ރޯލެއް ވެސް ހިމަނަންވީހެން" ހިނިއައިސްފައި ހުރެ ރާދިން ބުނެލިއެވެ. (ނުނިމޭ)