ވިޔަފާރި

އެޗްޑީއެފްސީ އިން ބޮންޑު ވިއްކަން ފަށައިފި

Jun 3, 2018

ހައުސިންގް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން 100 މިލިއަން ރުފިޔާގެ ބޮންޑު ވިއްކަން ހުޅުވާލައިފި އެވެ.

އެޗްޑީއެފްސީ އިން ބުނީ މިއަދުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް ބޮންޑު ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ކުންފުނިން ބުނީ ބޮންޑެއް ވިއްކަނީ 10،000 ރުފިޔާ އަށް ކަމަށެވެ.

އެޗްޑީއެފްސީގެ "މޯގޭޖު ހައުސިންގް ފައިނޭންސިން" މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދަން ވިއްކާ މި ބޮންޑުގެ މުއްދަތަކީ 10 އަހަރު ދުވަހެވެ. އަދި ބޮންޑުގެ ކޫޕަން ރޭޓަކީ އަހަރަކަށް ހަތް ޕަސެންޓް ކަމަށާއި ބޮންޑު ގަންނަ މީހުންނަށް އަހަރަކު ދެ ފަހަރު ފައިދާ ބަހަމުން ގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެޗްޑީއެފްސީ ބޮންޑު ކުރުކޮށް

  • ބޮންޑު ވިއްކުމުގެ މުއްދަތު މިމަހުގެ 24 އަށް
  • ބޮންޑު ވިއްކަނީ 10،000 ރ. އަށް ބޮންޑެއް
  • ވިއްކަނީ 100 މިލިއަން ރުފިޔާގެ ބޮންޑު

އެޗްޑީއެފްސީ އުފައްދާފައިވަނީ ދިވެހި ސަރުކާރުގެ 49 ޕަސެންޓް ހިއްސާ އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގެ 18 ޕަސެންޓު ހިއްސާ އަދި އޭޝިއަން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އޭޑީބީ) ގެ 18 ޕަސެންޓް ހިއްސާ އާއި އެޗްޑީއެފްސީ އިންވެސްޓްމަންޓް އިންޑިޔާގެ 15 ޕަސެންޓާއެކުގަ އެވެ. ދެން އޮތް އަނެއް އިތުބާރަކީ ކުންފުނީގެ މާލީ ހާލަތެވެ.

އެޗްޑީއެފްސީ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 81 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަނެއް ފައިދާއަކީ ކުންފުނީގެ ޓްރާންސްޕޭރެންސީ ކަމެވެ. އެޗްޑީއެފްސީއަކީ ކޮންމެ ކުއާޓާއެއްގައި އޮޑިޓް ކުރާ ކުންފުންޏެވެ. މިގޮތުން އެކްސްޓާނަލް އޮޑިޓާއި އިންޓާނަލް އޮޑިޓް ބަރާ ބަރަށް ކުރެ އެވެ. އޮޑިޓް ކުރުމުގައި ބޭރުގެ އެންމެ މަޝްހޫރު އެއް އޮޑިޓް ފާމްތައް މަސައްކަތް ކުރެ އެވެ.