ހަބަރު

މައުމޫންގެ މުވައްޒަފުންގެ ޝަރީއަތް ކެންސަލް

ރައީސް މައުމޫން ނަޖުމާއާ ސަލާމް ކުރައްވަނީ
0%
0%
0%

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީހުގެ މުވައްޒަފެއް ކަމަށްވާ ނަޒްމާ އިބްރާހިމާއި އެމަނިކުފާނުގެ ޕްރައިވެޓް ސެކިއުރިޓީއެއް ކަމަށްވާ މުހައްމަދު އަޒްމީގެ މިއަދުގެ ޝަރީއަތް ވެސް ކެންސަލް ކޮށްފި އެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ތާވަލުކުރި އަޑުއެހުން ކެންސަލްކުރީ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް ކޯޓުން ބުންޏެވެ. މިއަދުގެ ޝަރީއަތް ތައާވަލް ކޮށްފައިވަނީ 11:00 އަށެވެ.

ނަޖްމާ އާއި އަޒްމީ ހައްޔަރުކުރީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި މިދިޔަ ފެބުރުއަރީ މަހު އެވެ. އެ ދެ މީހުން ވެސް ތިބީ ބަންދުގަ އެވެ. ނަޖްމާ ގޭބަންދުގައި ހުރިއިރު އަޒްމީ ހުރީ ޖަލު ބަންދުގަ އެވެ.

އެކެއް ފެބުރުއަރީގެ ސުޕްރީމް ކޯޓުގެ އަމުރު ނެރެ ސަރުކާރު ވައްޓާލަން އުޅުން ކަމަށް ބުނާ މައްސަލާގެ ގިނަ ހެކިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނާ ކަޅު ފޮށި ފެނިފައިވަނީ ނަޖްމާ ދިރިއުޅޭ ގެއިންނެވެ.

ނަޒްމާ އާއި އަޒްމީގެ މައްޗަށް އުފުލާފައިވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ. ދައުވާ ސާބިތުވެއްޖެނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345