ކުޅިވަރު

އެފްރިކާގެ ކުޅުންތެރިންނާމެދު ގާޑިއޯލާ ތަފާތުކުރޭ: ޓޫރޭ

އެފްރިކާއަށް ނިސްބަތްވާ ކުޅުންތެރިންނާ މެދު، މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ތަފާތު ކުރުން ގެންގުޅޭ ކަމަށް މިދިޔަ ސީޒަނަށް ފަހު މެންޗެސްޓާ ސިޓީ ދޫކޮށްލި އައިވަރީ ކޯސްޓްގެ ޔާޔާ ޓޫރޭ ބުނެފި އެވެ.

އަށް ސީޒަން ސިޓީގައި ހޭދަ ކުރި ޓޯރޭ، 35 ސިޓީގައި އޭނާގެ ފަހު މެޗު ކުޅުނީ މިދިޔަ މަހު އެވެ. ބްރައިޓޮންއާ ދެކޮޅަށް މިދިޔަ މަހު ކުޅުނު މެޗަކީ މިދިޔަ ސީޒަންގެ ޕްރިމިއާ ލީގްގެ ފުރަތަމަ 11 ގައި އޭނާ ކުޅުނު ހަމައެކަނި މެޗެވެ.

"އޭނާ އަހަންނާ މެދު ކަންތައް ކުރީ ތަފާތު ކޮށް،" ފްރާންސް ފުޓްބޯލްއަށް ދިން އިންޓަވިއުގައި ޓޫރޭ ބުންޏެވެ. "ކަލޭމެންނަށް ހީވޭތަ [އެންޑްރެސް] އިނިއެސްޓާ އާ މެދު އޭނާ އެގޮތަށް ކަންތައް ކޮށްފާނެ ހެން، އެކަމުން އެނބައެނގޭ ކިއްވެގެން ކަން، އަހަރެން އަހަރެންގެ އަމިއްލަ ނަފުސާ ސުވާލު ކުރިން ކީއްވެގެންބާއޭ އަހަންނާ މެދު އެގޮތަށް ކަންތައް ކުރީ، އެއީ އަހަރެންގެ ކުލައިގެ ސަބަބުން."

"އަހަންނަކީ މި ސުވާލު ކުރާ ފުރަތަމަ މީހާއެއް ނޫން، ބާސާގެ އެހެން ކުޅުންތެރިން ވެސް މި ސުވާލު ކުރާނެ، ފަހަރެއްގައި ވެދާނެ އަހަރެމެން އެފްރިކާ ކުޅުންތެރިނާނާ މެދު ބައެއް މީހުން ތަފާތުކޮށް ކަންތައް ކުރާތީ ކަމަށްވެސް، ގާޑިއޯލާ ކޮންމެ ތަނަކަށް ދިޔަސް އޭނާއާ އެފްރިކާ ކުޅުންތެރިންނާ މައްސަލަ ޖެހޭތީ އަހަރެންވެސް އަހަރެންވެސް އަހަރެންގެ ނަފުސާ ސުވާލު ކުރިން."

ޓޫރޭގެ މި ވާހަކަތަކާ ބެހޭގޮތުން މެންޗެސްޓާ ސިޓީން ބުނަނީ ކީކޭތޯ އީއެސްޕީއެން އިން ސުވާލު ކުރުމުން އެ ކުލަބުން ވަނީ އެކަމާ ބެހޭޣޮތުން ވާހަކަ ދައްކަން ދެކޮޅު ހަދާފަ އެވެ.