އެފްއޭ ކަޕް

އެފްއޭ ކަޕް: ޓޮޓްނަމް އިން މެންޗެސްޓާ ސިޓީ ބަލިކޮށްފި

ރޭ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ޓޮޓްނަމް ކުޅުންތެރިން ގޯލް ޖެހުމަށްފަހު ސެލެބްރޭޓް ކުރަނީ
0%
0%
0%

ލަންޑަނުގެ ޓޮޓެންހަމް ހޮޓްސްޕާ ސްޓޭޑިއަމްގައި ރޭ ކުޅުނު އިނގިރޭސި ލީގު ކަޕް ނުވަތަ އެފްއޭ ކަޕްގެ މެޗުގައި މެންޗެސްޓާ ސިޓީ=އާ ކުރިމަތިލައި، ވާދަވެރި ކުޅުމަކަށްފަހު ޓޮޓްނަމް އިން 2-1 އިން ސިޓީ ބަލިކޮށްފި އެވެ.

މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ މެޗު ފެށިގެން 5 ވަނަ މިނިޓުގައި ޓިމޯ ވާނަރެވެ.

އޭނާއަށް އެ ގޯލު ކާމިޔާބު ކުރީ ޑެޖަން ކުލުސެވްސްކީ ހުރަސްކޮށްދިން ބޯޅައަކުންނެވެ.

މެޗުގެ ދެވަނަ ގޯލު ޖެހީ 25 ވަނަ މިނެޓްގައި ޓޮޓްނަމްގެ ޕަޕެ މަޓާ ސާ އެވެ. ކުލުސެވްސްކީ ދިން ޕާހަކަށްފަހު ޕެނަލްޓީ އޭރިއާގެ ބޭރުން ޖެހި ވަރުގަދަ ޝޮޓަކުން އޭނާ މި ގޯލު ކާމިޔާބު ކުރި އެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މެންޗެސްޓާ ސިޓީގެ ހަމައެކަނި ގޯލް ޖަހައިދިނީ މަތިއަސް ނުނޭސް އެވެ. ސވީނިއޯ ދިން ރީތި ޕާހަކާއެކު އޭނާ މި ގޯލު ކާމިޔާބު ކުރި އެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމަށްވެސް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އެއްވެސް ޓީމަކަށް އިތުރު ގޯލެއް ކާމިޔާބެއް ނުކުރެވުނެވެ. މި ނަތީޖާއާ އެކު ޓޮޓްނަމް ވަނީ ލީގު ކަޕްގައި އިތުރު ކުރިއެރުމެއް ހޯދާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910