ހަބަރު

ވީއޭއެމްކޯ ހުޅުމާލެއިން ސައިކަލް ސާވިސްއަށް ހާއްސަ އަގެއް

ވީއޭއެމްކޯ- ހުޅުމާލެ ސާވިސް ސެންޓަރުން ސައިކަލްތަކަށް ދޭ ސާވިސްގެ އަގުތައް ބޮޑުތަން ހެޔޮކޮށްފި އެވެ.

ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި ސައިކަލްތާއި އިންޖީނު މަރާމާތުކޮށް ދިނުމުގެ ހިދުމަތްދޭ ވީއޭއެމްކޯއިން ބުނީ މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ހުރިހާ ސާވިސްއަކުން 50 ޕަސެންޓުގެ ޑިސްކައުންޓް ދޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި ސައިކަލް ދޮވުމާއި ކިޓް ކޮށްދިނުން އަދި ފުލް ސާވިސް އާއި އެހެނިހެން ކުދިކުދި މަރާމާތުތައް ވެސް ކޮށްދޭނެ އެވެ.

ވީއޭއެމްކޯ ސާވިސް ސެންޓަރު ހުންނާނީ ހުޅުމާލެ ހައިވަކަރު މަގުގަ އެވެ. ސާވިސް ސެންޓަރަށް ގުޅުމަށް 3357055 އަށް ނުވަތަ 7937055 އަށް ގުޅޭނެ އެވެ.

ވީއޭއެމްކޯއަކީ ގިނަ ވިޔަފާރިތަކެއް ކުރާ ކުންފުންޏެވެ. އަދި އެ ކުންފުނިން ދަނީ ދުނިޔެއަށް މަޝްހޫރު ގިނަ ބްރޭންޑްތަކެއް ރާއްޖޭގައި ވިއްކަމުންނެވެ. މީގެ ތެރޭގައި ހާއްސަ އިންޖީނުތައް ވެސް ހިމެނެ އެވެ.