ހަބަރު

މަގު ހަދާ ގައިދީންގެ ޖަލަކަށް ކުރީގެ ކުނިކޮށި

Jun 11, 2018
2

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަށް ދާ މަގުތައް ރަނގަޅު ފެންވަރުގައި ހެދުމަށް ނެރެފައިވާ ހުކުމް ތަންފީޒް ކުރަމުން އަންނަ ގައިދީން ބައިތިއްބާ ޖަލެއްގެ ގޮތުގައި އެއް ނަންބަރު ކުނި ކޮށި ކަނޑައަޅައިފި އެވެ. އެ ތަނަކީ މިހާރު ފުލުހުންނަށް ދީފައި އޮންނަ "މާލޭ އަހުލުވެރި މަރުކަޒު" އެވެ.

އަހުލުވެރި މަރުކަޒު ހޯމް މިނިސްޓްރީން ޖަލެއް ކަމަށް ކަނޑައަޅާފައިވާއިރު އެތަން ހިންގާނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުންނެވެ.

ގާތްގަނޑަކަށް ވިއްސަކަށް ގައިދީން މާލޭގެ މަގުތަކުގައި މަސައްކަތް ކުރަމުން އަންނަ އިރު އެ މީހުންގެ ބަލަހައްޓަން ކަރެކްޝަންގެ އޮފިސަރުން ވެސް ތިބެ އެވެ. އެ މީހުންނާއެކު ރިން ރޯޑުގެ މަސައްކަތުގައި ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޔުނިޓުގެ މުއައްޒިފުން ވެސް ހަރަކާތްތެރިވެ އެވެ.

ބްރިޖާ ގުޅިގެން ހަދަން ނިންމާފައިވަނީ ބޮޑު ތަކުރުފާނު މަގުން ސަލްމާން ރަސްގެފާނު މިސްކިތާ ހިސާބުން ފެށިގެން ދެކުނު ފަރާތުން މާލޭގެ އިންޑަސްޓްރިއަލް ވިލެޖާ ހަމައަށެވެ. އަދި ބުރިޖާ ގުޅިގެންދާ އެ މަގުތަކުގައި ތާރު އަޅަން ވެސް ވަނީ ނިންމާފަ އެވެ. އެގޮތުން މިހާރު ވަނީ މަގުތައް ކޮނެ ނަރުދަމާގެ މަސައްކަތްތައް ވެސް ފަަށައިފަ އެވެ. އަދި އިރުމަތީ ފަރާރުން އާޓިފިޝަލް ބީޗު ކައިރީ ބޮޑު ބައެއް ތަޅާލައި ޕޭމަންޓު ވެސް ވަނީ ބަދަލުކޮށްފަ އެވެ.