ބޮލީވުޑް

"ވީރޭ ދި ވެޑިން" 100 ކަރޯޑު ކުލަބަށް

ސޯނަމް ކަޕޫރް އަހޫޖާއާއި ކަރީނާ ކަޕޫރް، ސްވަރާ ބާސްކަރް އަދި ޝިޚާ ތަލްސާނިއާ ފެނިގެންދާ ފިލްމު "ވީރޭ ދި ވެޑިން" އަށް ބައިނަލްއަގުވާ ބޮކްސް އޮފީހުގައި 100 ކަރޯޑު ލިބިއްޖެ އެވެ.

ސްޓައިލް، ގްލެމާ، ރިލޭޝަންޝިޕްސް އަދި ގޮސިޕްސްތަކުގެ މައްޗަށް އެކުލެވޭ މި ފިލްމު ޑައިރެކްޓުކުރީ ޝާޝަންކާ ގޯޝް އެވެ. މި ފިލްމު 100 ކަރޯޑު ކްލަބަށް މި ދިޔައީ އެންމެ 13 ދުވަސް ތެރޭގަ އެވެ.

ފުރަތަމަ ފަހަރަށް ލީޑުން ގިނަ އަންހެން ތަރިންތަކެއް ފެނިގެންދިޔަ ބޮލީވުޑްގެ މި ފިލްމަށް ފުރަތަމަ ހަފްތާގައި ބައި ކަރޯޑުގެ އާމްދަނީއެއް ލިބުނެވެ. ހަމައެކަނި އިންޑިއާގައި ދައްކައިގެން މި ފިލްމަށް މިދިޔަ 13 ދުވަސް ތެރޭގައި ލިބުނީ 75 ކަރޯޑުގެ އާމްދަނީއެކެވެ.

މި ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ ރިއާ ކަޕޫރްއާއި އެކްތާ ކަޕޫރާއި އަދި ބަތަލާއިންވެސް އަންނަނީ ޝޯޝަލް މީޑިއާގައި ފިލްމުގެ ކާމިޔާބީ ފާހަގަކުރަމުންނެވެ. ފިލްމުގެ ކާމިޔާބީއާއެކު މީގެ ދެ ވަނަ ފިލްމެއް ގެނެސްދިނުމުގެ ވާހަކަވެސް އަންނަނީ ދެކެވެމުންނެވެ.