ހަބަރު

އަމީތާއި އިންތި އަދި ފައިސަލްގެ ޕާސްޕޯޓް ދޫކޮށްލައިފި

ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، އިންތިގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމަށްފަހު މިއަދު ދޫކޮށްލައިފި އެވެ.

އެ ތިން މެންބަރުންގެ ޕާސްޕޯޓް ހިފެހެއްޓީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައިސަލާއި އިންތި އާއި އަމީތު ރާއްޖޭގެ ހުރިހާ ރަށްތަކުން މީހުން މަގުތަކަށް ނުކުމެ ސަރުކާރާ ދެކޮޅަށް އަޑު އުފުލާ މުޒާހަރާ ކުރުމަށް ހިިތްވަރުދެއްވި މައްސަލާގައި ފުލުހުން އެގޮތަށް އެދުމުންނެވެ.

އެ މައްސަލާގައި އެ ތިން ބޭފުޅުންގެ މައްޗަށް ފުލުހުން ތަހުގީގު ހިންގައި މައްސަލާގައި ދައުވާކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވި އެވެ. ނަމަވެސް އެއީ ޖިނާއީ ދައުވާއެއް ކުރެވޭނެ މައްސަލައަކަށް ނުވާތީ އެ އޮފީހުން ވަނީ މައްސަލަ ފައިލްކޮށްފަ އެވެ. ޕާސްޕޯޓްތައް ދޫކޮށްފައިވަނީ އެހެންވެ އެވެ.