ކުޅިވަރު

ޕޯޗްގަލްއަކީ ރޮނާލްޑޯގެ "ވަންމޭން ޝޯ"އެއް ނޫން

ޕޯޗްގަލްގެ ޓީމަކީ، އެންމެ މީހެއްގެ މައްޗަށް ބަރާސޯވާ ޓީމެއް ކަމަށް ސިފަ ކުރުމުން، ޕޯޗްގަލަގެ ކޯޗް ފެނާންޑޯ ސަންޓޯސް ހިތްހަމަ ނުޖެހިއްޖެ އެވެ.

ޕޯޗްގަލް ބަރޯސާ ވަނީ ހަމައެކަނި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކަމަށް ބުނުމުން، ސަންޓޯސް ބުނީ، ޕޯޗްގަލްއަކީ އެންމެ މީހަކަށް ބަރޯސާވާ ޓީމެއް ނޫން ކަމަށެވެ.

"ފުޓްބޯޅައަކީ ހަމައެކަނި އެންމެ މީހަކަށް ކުޅެވޭ ކުޅިވަރެއް ނޫން، އެއީ ޓީމު ކުޅިވަރެއް، ޕޯޗްގަލް ޓީމަކީ ހަމައެކަނި ކްރިސްޓިއާނޯ ރޮނާލްޑޯއެއް ނޫން،" ސަންޓޯސް ބުންޏެވެ.

"އަހަރެމެންނަކީ ޓީމެއްގެ ގޮތުގައި ރަނގަޅަށް ކުޅެން މަސައްކަތް ކުރާ ޓީމެއް، މިއީ ވަކިވަކި މީހުން ނިކުމެ ރެކޯޑް ހަދަން މަސައްކަތް ކުރާ ޓީމެއް ނޫން."

"22 ކުޅުންތެރިންނަށް ފަހު ދެން ކްރިސްޓިއާނޯ [ރޮނާލްޑޯ] އަހަރެމެންނަކީ ޕޯޗްގަލް ގައުމީ ޓީމު، އަދި އަހަރެމެން ޖެހޭނެ މޮރޮކޯ ބަލި ކުރަން، އަހަރެން އުންމީދު ކުރަން ރޮނާލްޑޯ އެ މެޗުގައި ރަނގަޅަށް މަސައްކަތް ކުރާނެ ކަމަށް."

ނަމަވެސް، ސަންޓޯސް ބުނީ ރޮނާލްޑޯގެ ސަބަބުން އެ ޓީމަށް އިތުރު ބުރަދަނެއް ލިބޭ ކަމަށެވެ. އޭނާ ބުނީ މޮރޮކޯ ޓީމަކީ އެފްރިކާ ބައްރުގެ އެންމެ ތަޖުރިބާކާރު ޓީމު ކަމަށެވެ. އެހެންވެ އެ ޓީމާ ދެކޮޅަށް ކުޅެން އުނދަގޫ ވާނެ ކަމަށެވެ.

މޮރޮކޯގެ ކޯޗް އާވޭ ރެނާޑް ބުނީ ރޮނާލްޑޯ ހުއްޓުވުމަށް ވަކި ހާއްސަ ޕެލޭނެއް ނެތް ކަމަށެވެ.

"އޭނާ ހުއްޓުވުމަށް މަސައްކަތް ކުރަން އެންމެ ރަނގަޅު ޕްލޭނެއް އޮތް ނަމަވެސް، އެ ޕްލޭން ފުނޑާލަފައި ދެމިގަންނަން އޭނާ އަށް އެނގޭނެ، އޭނާއަކީ އަބަދުވެސް ތަފާތު ގެންނަ މީހެއް," ފްރާންސަށް ނިސްބަތްވާ ރެނާޑް ބުންޏެވެ.

"ރޮނާލްޑޯ ހުއްޓުވަން ތިން ކުޅުންތެރިން އަހަރެމެން ލިޔަސް، އެ ޓީމުގައި އެ ނޫނަސް ހަމަލާ އުފެއްދުމުގެ ގާބިލުކަން އެބަހުރި، ރޮނާލްޑޯއާ ދެކޮޅަށް ކުޅެލުމަކީ ހަޔާތުގެ އެއްފަހަރު ލިބޭ ފުރުސަތެއް ނަމަ އެންމެ ވަރުގަދަކޮށް ނިކުންނަން ޖެހޭނީ."

ޕޯޗްގަލް އާއި މޮރޮކޯ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 5:00 ގަ އެވެ. މޮރޮކޯ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުގެ ކުޅުންތެރިން އަތުން ބައިކޮޅަށް ލަނޑު ވަދެ އިރާން އަތުން ވަނީ ބަލި ވެފަ އެވެ.