ވިޔަފާރި

ޕިއްޒާބޯނާގެ ރަހަ ބަަލަން ވަންނަންވީ މި އެޕަށް!

Jun 23, 2018
3

ޕިއްޒާ ވިއްކާ ތަންތަންތަން ކިތަންމެ ގިނަވިއަސް "ޕިއްޒާބޯނާ" ތަފާތު ވަނީ މިހެންވެ އެވެ. އާ ހިޔާލުތަކާއެކު ގެނެސްދޭ ރަހަތައް ވެފައި ވަނީ ރާއްޖޭގެ އެއްވަނަ އަށެވެ. މި ފަހަރު ވެސް އެފަދަ ތަފާތެކެވެ. ޕިއްޒާބޯނާ އިން މި ފަހަރު ގެނެސްދީފައި މިވަނީ އެތަނުގެ ހިދުމަތް ދޭ މީހުންނަށް ހާއްސަ މޮބައިލް އެޕްލިކޭޝަން އެކެވެ. ޕިއްޒާބޯނާގެ މީރު ރަހަ ބަަލަން ވަންނަންވީ މި އެޕަށެވެ.

އައިފޯނަށާއި އެންޑްރޮއިޑް ފޯނުތަކަށް ލިބޭ "ޕިއްޒާބޯނާ މޮބައިލް" އެޕް އަޅައިލުމަށްފަހު، ޕިއްޒާއަށް އޯޑަރު ދޭންވީ އެވެ.

ގެއިން ޕިއްޒާ ފިހުން ފަދަ!

ޕިއްޒާ އޯޑަރު ދޭން ރާއްޖޭގައި ހެދި ފުރަތަމަ މޮބައިލް އެޕް "ޕިއްޒާބޯނާ ޑޮޓްއެމްވީ" މެދުވެރިކޮށް އަމިއްލައަށް ގޭގައި ހުރެގެން ވެސް ޕިއްޒާ "ފިހެވޭނެ" އޭ ބުނެވިދާނެ އެވެ. ސަބަބަކީ މި އެޕް މެދުވެރިކޮށް އެމީހަކު ބޭނުންވާ ޕިއްޒާއެއް އަމިއްލައަށް ތައްޔާރު ކޮށްލުމުގެ އިހުތިޔާރު އޮތުމެވެ.

ޗިކަން އާއި ބީފް އަދި ޓޫނާ އާއި ސީފުޑް ނޫނީ އެހެން ރަހައެއްގެ ޕިއްޒާއަކަށް ވެސް އޯޑަރު ދެވިދާނެ އެވެ. އަދި މިވަރުން ނިމުނީއެއް ވެސް ނޫނެވެ. ޕިއްޒާ އަށް އަޅަން ބޭނުންވާ "ޓޮޕިންގްސް" އިހުތިޔާރު ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި ޕިއްޒާ ބަލައި ދާނީ ތޯ ނޫނީ ގެއަށް ގެންދާނީ ތޯ ވެސް އިހުތިޔާރު ކުރެވޭނެ އެވެ.

އެންޑްރޮއިޑް އެޕް

އެޕުން ފައިސާ ވެސް ދައްކާލެވޭ

ޕިއްޒާބޯނާ އިން ހެދި މޮބައިޕް އެޕް މެދުވެރިކޮށް ފައިސާ ވެސް ދައްކައިލެވޭނެ އެވެ. ގައުމީ ބޭންކުގެ މައި ސިސްޓަމް މެދުވެރިކޮށް ރައްކާތެރިކަމާއެކު ދޭ މި ހިދުމަތަކީ ކަސްޓަމަރުންނަށް ލިބޭނެ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމެވެ. މިއީ ބޮޑު ފަސޭހައެކެވެ.

ޕިއްޒާބޯނާއިން ބުނީ މި އެޕްލިކޭޝަން ގެނެސްދިނީ ކަސްޓަމަރުންނަށް މިހާރަށް ވުރެވެސް ފަސޭހަކަން ގެނެސްދޭށެވެ.

އައިއޯއެސް އެޕް

"ޓެކްނޮލޮޖީ އަށް އަންނަ ބަދަލު ގެނެސް ދިނުން މަގުސަދަކީ. މިއިން ކަސްޓަމަރުންނަށް ފަސޭހަ ވެގެންދޭ. އެހެންވެ ވަރަށް ދުވަހުގެ މަސައްކަތުން މި އެޕްގެނެސްދީފައި މިވަނީ،" އޮފިޝަލް ވިދާޅުވި އެވެ.

ޕިއްޒާބޯނާ އިން މި ފަހަރު އަނެއްކާ ވެސް މި ގެނެސްދިނީ ތަފާތު ހަދިޔާ އެކެވެ.