ވިޔަފާރި

ޕިއްޒާ ބޯނާ ހުޅުމާލޭގައި ހުޅުވައިފި

Oct 2, 2018
1

ޕިއްޒާ އާއި ސަބްމެރިންގެ ބާވަތްތައް އުފައްދާ "ޕިއްޒާބޯނާ" ގެ އައުޓްލެޓެއް ހުޅުމާލޭގައި މިއަދު ހުޅުވައިފި އެވެ.

ޕިއްޒާބޯނާގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވީ ހުޅުމާލެ ނިރޮޅު މަގު (އަލަށް ހަދާ ސޮނީ ހާޑްވެއާ ކުރިމައްޗަށް ވާގޮތަށް" ހުޅުވި ޕިއްޒާބޯނާގެ އައުޓްލެޓުން ވެސް މާލެއެކޭ އެއްގޮތަށް ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ހުޅުމާލޭގައި ވެސް ޑެލިވަރީގެ ހިދުމަތް ވެސް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"މާލެއެކޭ އެއް ވެސް ތަފާތެއް ނުހުންނާނެ. ހިދުމަތް ވެސް ފުރިހަމަ ކަމާއެކު ލިބެން ހުންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ޕިއްޒާބޯނާ އިން ހާއްސަ ސަމްބެރިންއެއްގެ އިތުރުން "ސްކެއާ ޕިއްޒާ" ޕާޓީތަކަށް ހާއްސަ ޕިއްޒާއަކާއި ސްކެއާ ޕިއްޒާއެއް ވެސް ދަނީ ތައްޔާރު ކުރަމުންނެވެ. ޕާޓީ ތަކަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ މީގެ ޕިއްޒާއެއްގައި 16 ފޮތި ހުރެ އެވެ. މި ޕިއްޒާއާއެކު ހިލޭ 500 އެމްއެލްގެ ކޯކު ފުޅިއެއް ވެސް ލިބެ އެވެ.

ހުޅުމާލޭގެ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ހާއްސަކޮށް ހުޅުވި ޕިއްޒާ އައުޓްލެޓަށް 3359779 އިން ގުޅޭނެ އެވެ.