ވިޔަފާރި

ޕިއްޒާ ބޯނާގެ އީދު ހަދިޔާ: ޕިއްޒާއެއް 99 ރުފިޔާ އަށް!

Aug 21, 2018

އީދަށް ހަދިޔާތައް ބަހާއިރު، ޕިއްޒާބޯނާ އިން ވެސް މިވަނީ އީދުގެ އުފަލުގައި ހާއްސަ ހަދިޔާއެއް ދޫކޮށްލާފަ އެވެ. އެއީ އީދަށް ދޫކޮށްލި؛ ހާއްސަ އަގުތަކެވެ. އީދުގެ މުނާސަބަތުގައި ރެގިއުލާ ޕިއްޒާއެއް ޕިއްޒާބޯނާއިން 99ރ. އަށް ލިބޭނެ އެވެ.

"މިއީ ހާއްސަ ހަދިޔާއެއް އީދަށް އަޅުގަނޑުމެންދޭ. އުންމީދު ކުރަނީ މި ހަދިޔާ ކަމުދާނެ ކަމަށް،" ޕިއްޒާބޯނާއިން ވާހަކަ ދެއްކެވި އޮފިޝަލަކު ވިދާޅުވި އެވެ.

ޕިއްޒާބޯނާ އިން ކުރިއަށް ގެންދާ މި ޕްރޮމޯޝަން 21 އިން 23 އާ ހަމަ އަށް ދިގު ދެމިގެންދާނެ އެވެ.

ޕިއްޒާ އާއި ސަބްމެރިންގެ ހާއްސަ ރަހަތައް އެކުލެވޭ އުފެއްދުންތައް ވިއްކާ ޕިއްޒާބޯނާއިންވަނީ އެ ކުންފުނީގެ ވިޔަފާރި ފުޅާކޮށް ހުޅުމާލޭގައި އައުޓްލެޓެއް ހުޅުވާނެކަން ދާދިފަހުން އިއުލާނުކޮށްފަ އެވެ.