ހަބަރު

ފައިސާގެ އިނާމާއެކު ޕިއްޒާ ބޯނާއިން ފޮޓޯ މުބާރާތެއް

ޕިއްޒާ ބޯނާ އިން ފޭސްބުކް ކަސްޓަމަރުންނަށް ގިނަ އިނާމުތަކެއް ލިބޭ ފޮޓޯ މުބާރާތެއް ފަށަައިފި އެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ momentswithbuona# ހޭޝްޓެގް ޖެހުމަށް ފަހު ޕިއްޒާ ބޯނާއިން ވިއްކާ ޕިއްޒާ އާއި ސަބްމެރިންގެ ފޮޓޯތައް ފޭސްބުކްގައި ހިއްސާ ކުރުމުންނެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ޕިއްޒާ ބޯނާގެ ފޭސްބުކް ޕޭޖަށް ލައިކް ކޮށްފައިވާ ފަރާތްތަކަށެވެ. ނަސީބުވެރި ފަރާތެއް ހޮވާނީ އެ ޕޯސްޓަކަށް ލިބޭ ލައިކްގެ އަދަދަށް ބަލައިގެނެވެ.

ފޮޓޯ ހިއްސާކުރާ ފަރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރި ފަރާތްތަކަށް ފައިސާގެ އިނާމެއް ލިބޭނެ އެވެ. އެއް ވަނަ އަށް ހޮވޭ ނަސީބުވެރި ފަރާތަކަށް 8،000 ރުފިޔާގެ ފައިސާ އިނާމަކާއި 2،000 ރުފިޔާގެ ވައުޗަރެއް ލިބޭނެ އެވެ. ދެވަނަ އަށް ހޮވޭ ނަސީބުވެރިއާ އަށް 4،000 އާއެކު 1،000 ރުފިޔާގެ ވައުޗާ އެއް ލިބޭއިރު ތިން ވަނަ ނަސީބުވެރި އަަކަށް 2،000 ރުފިޔާގެ ފައިސާގެ އިނާމަކާއިއެކު 500 ރުފިޔާގެ ވައުޗަރެއް ލިބޭނެ އެވެ. ފޮޓޯ މުބާރާތް އޮންނާނީ އޮގަސްޓް ފަސް ވަނަ ދުވަހާއި ހަމައަށެވެ.