ރާއްޖެ ކުޅިވަރު

އަފްގާނިސްތާން ބަލިކޮށް ގައުމީ ވޮލީބޯޅަ ޓީމު ފައިނަލަށް

ފަހަތުން އަރައި އަފްގާނިސްތާން އަތުން 3-2 ސެޓުން މޮޅުވެ، ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުން ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު މިއަދު ހޯދައިފި އެވެ.

ބަންގްލަދޭޝްގައި ކުރިއަށްދާ މުބާރާތުގެ ފުރަތަމަ ދެ ސެޓު އަފްގާނިސްތާން އިން ގެންދިޔައީ 25-23 އަދި 25-17 އިންނެވެ. އެކަމަކު މެޗުގެ ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓު، 17-25 އަދި 18-25 އިން ކާމިޔާބުކޮށް ރާއްޖޭން ވަނީ މެޗު އެއްވަރުކޮށްފަ އެވެ. ރާއްޖެ ފައިނަލުން ޖާގަ ހޯދީ ފަސް ވަނަ ސެޓު 12-15 އިން ކާމިޔާބުކޮށްގެނެވެ.

މުބާރާތުގެ ފައިނަލްގައި މާދަމާ ރާއްޖެއާ ދެކޮޅަށް ނުކުންނާނީ ތުރުކުމެނިސްތާނެވެ.

މިއީ ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލް އިން ގައުމީ ވޮލީބޯޅަ ޓީމު ޖާގަ ހޯދި ދެވަނަ ފަހަރެވެ. ނޭޕާލްގައި 2013 ވަނަ އަހަރު އޮތް ސައުތު ޢޭޝިއަން އިންވިޓޭޝަނަލް މުބާރާތުގެ ފައިނަލްގައި ވެސް ރާއްޖެ ވާދަކުރި އެވެ.