ހަބަރު

އުދަ އަރާފާނެތީ ސަމާލުވާން އަންގައިފި

Jun 23, 2018

ދެކުނު އަތޮޅުތައް ފިޔަވައި ރާއްޖޭގެ އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްރަށަށް އުދަ އަރާފާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މެދު ރާއްޖެތެރެއާ އުތުރުގެ ބައެއް ރަށްރަށަށް ރޭ ވެސް އުދަ އަރާފައިވާއިރު، އުދަ އަރައިފާނެ ކަމަށް ސަމާލުވާން މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން އުތުރުގެ ރަށްތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ މިއަދު އިރުއޮއްސި 19:38 ހާއިރެވެ. މެދު ރާއްޖޭގެ ރަށްތަކަށް އެންމެ ދިޔަވަރު ބޮޑުވާނީ މިރޭ 21:10 ގައި އަދި ދެކުނުގެ ރަށްތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ މިރޭ22:25ގަ އެވެ.

މެޓް އޮފީހުން ބުނީ، މިއަދާއި މާދަމާ އުތުރާއި މެދުތެރޭ ބައެއް އަތޮޅުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެއަސަރު ފޯރިނަމަވެސް މޫސުން އާއްމުގޮތެއްގައި ރަގަޅުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ހުޅަގުދެކުނާއި ހުޅަގުން ގަޑިއަކު 3 މޭލާ 13 މޭލާދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމެއް ކަމަށް ވެސް މެޓުން ބުންޏެވެ.