ވިޔަފާރި

ޖީބަށް ލުއި ހިމަ ވޮލެޓް ލިބޭނީ ލެކިއުޓުން!

Jun 25, 2018

ވޮލެޓެއް ގަންނަން އިރު ބަލާނެ އެއް ކަމަކީ ހަމަ ގައިމުވެސް ޖީބަށް ލުއިވުމެވެ. ދެން އެ އެއްޗެއްގެ ހިމަ ކަމެވެ. އެކަމަކު ސުވާލަކީ މި ކަހަލަ ލުނި ވޮލެޓެއް ލިބޭނީ ކޮން ތަނަކުން ހެއްޔެވެ؟ އެގޮތަށް ވިސްނާއިރު މިހާރު މި ވޮލެޓު ލިބެން ހުރި ތަނަކަށް ފެނުނީ ލެކިއުޓް އެވެ. ލެކިއުޓުން މިވަނީ ޖީބަށް ލުއި ހިމަ ވޮލެޓެއް ލެކިއުޓް އިން ތަޢާރަފުކޮށްފަ އެވެ.

ބެލްރޯއި ގެ ނަން ދީފައިވާ މި ވޮލެޓުގެ ބޭނުމަކީ ވޮލެޓަށް ލާ ފައިސާ އާއި ކާޑުތައް އަދި މިނޫންވެސް ސާމާނު ފަސޭހަކަމާއެކު ރައްކާ ކުރުމެވެ. މި ކަން ކުރުމަށް ވޮލެޓު އުފެއްދި ކުންފުނިން ވަނީ އެތައް ދުވަހެއްގެ ތަހުލީލުތައްކޮށް އެތަށް ފަރުމާއެއް ކޮށްފަ އެވެ. އަދި މި މަސައްކަތް އޮސްޓްރޭލިޔާ ގެ ބީޗް ސަރަހައްދުގައި ފުރަތަމަ ފެށި ނަމަވެސް މިހާރު މިވަނީ މުޅި ދުނިޔެ މި ބަލައިގެންފަ އެވެ.

"ބެލްރޯއިގެ އަމާޒަކީ ގިނަ ދުވަހަށް ބޭނުންހިފޭ ކޮލިޓީ އުފެއްދުންތަކެއް ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުން. ތިމާވެއްޓާއި ރައްޓެހިވުމަށް މި އުފެއްދުމުގައި ހަކަތަ އަދި ކުނި އުފެދޭ މިންވަރުމަދުކުރޭ، އަދި ޕެކޭޖިން ގައި ބޭނުންކުރެވޭ ބޭކާރު ޕްލާސްޓިކް ވެސް މަދުކޮށް މިޒަަމާނުގެ ކަސްޓަމަރުންނަށް ބޭނުންހިފޭ ފަސޭހަ އަދި މޮޅު އުފެއްދުމެއް ދައްކާލުން،" ލެކިއުޓުން ބުނެފައިވެ އެވެ.

ބެލްރޯއި ވޮލެޓްސް މިހާރު ދުނިޔޭގެ 100 އެތަައް ގައުމަކުން ލިބެން ހުރެ އެވެ.

ވޮލެޓްގެ އިތުރުން ކްލަޗް، ދަބަސް، ކާޑް ހޯލްޑަރ، ޕާސްޕޯޓް ސްލީވް، ތަޅުދަނޑި ކަވަރު އަދި ފަންސުރު ފޮށި ވެސް ބެލްރޯއި އިން އުފައްދާ މި ހުރިހާ އެއްޗެއްގެ ވެސް ތަފާތު ކުލަތަައް ހުރުމުން، ކޮންމެ ކަސްޓަމަރަކަށްވެސް ބޭނުންވާ ކުލަ އަދި ޑިޒައިން ހިޔާރު ކުރެވެ އެވެ.

ބެލްރޯއި ގެ ތަފާތު ވައްތަރުގެ ވޮލެޓް އަދި އެހެނިހެން ތަކެތި އެކްސްކްލޫސިވް ކޮށް ލިބެން ހުންނާނީ ލެކިއުޓް ފްލެގްޝިޕް ސްޓޯރ މަޖީދީމަދު "ލެކިއުޓް.ކޮމް" އަދި ލެކިއުޓް އެޕް އިން އެވެ. ލެކިއުޓްގެ އަމާޒަކީ އަބަދުވެސް އޮރިޖިނަލް ޕްރޮޑަކްޓްސް ޔަގީން ކަމާއެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުމެވެ.