ވިޔަފާރި

އީވޯ ރޯދަ ޕްރޮމޯޝަން؛ ބޮޑު ޑިސްކައުންޓެއް، މޮޅު ބެޑްރޫމް ސެޓެއް

May 28, 2015

"މި އަހަރުގެ ރޯދަ ޕްރޮމޯޝަންގައި ބޮޑެތި ޑިސްކައުންޓްތަކެއް އޮންނާނެ. ތަފާތު ވާނެ،" އީވޯ ހޯމްގެ ސޭލް އެންޑް މާކެޓިން މެނޭޖަރު ރިޒްމާ ރަޝީދު ވިދާޅުވި އެވެ.

 

މަޖީދީ މަގުގައި ހިންގަމުން ގެންދާ އީވޯ ހޯމްގެ ފިހާރާއިން 10،000ރ. ގެ ވިޔަފާރިއެއް ކުރުމުން މި ޕްރޮމޯޝަންގައި ހާއްސަ އިނާމެއް ލިބެ އެވެ. މި ގޮތަށް ވިޔަފާރިއެއް ކުރުން ލިބެނީ 5،000ރ. ގެ އަގު ހުރި ޑިނާ ސެޓެއް ލިބެ އެވެ. މި ސެޓުގައި 36 ބާވަތެއް ހިމެނެ އެވެ.

މީގެ އިތުރުން ކިތަންމެ ކުޑަ ވިޔަފާރިއެއް ކުރިނަމަވެސް، މި ޕްރޮމޯޝަންގައި އިނާމެއް ހޯދިދާނެ އެވެ. މި އިނާމުގެ ގޮތުގައި ދެނީ ބައިލައްކަ ރުފިޔާގެ އަގު ބޮޑު ބެޑްރޫމް ސެޓެކެވެ. މީގެ އިތުރުން މި ޕްރޮމޯޝަން ކުރިއަށް ދާއިރު ބަދިގޭގައި ހިފާ ގެންގުޅޭ ސާމާނުތަކުން ވެސް ބޮޑު ޑިސްކައުންޓެއް ލިބެ އެވެ.

އީވޯ ހޯމްއަކީ ޔޫރަޕުގެ މަޝްހޫރު ބްރޭންޑްތައް ވިއްކުން ގެންދާ ވިޔަފާރި އެކެވެ. މި ވިޔަފާރީގެ ދަށުން މިހާރު ތިން ފިހާރައެއް ހިންގަ އެވެ. އެއީ ފްލޯރިން އާއި ތަށިމުޅި އަދި ކާޕެޓު ވިއްކުމަށް "އީވޯ ފްލޯރިން" އާއި އައުޓްޑޯ ފަރުނީޗަރާއި ފާހާނާ އަދި ބަދިގެ އަށް ބޭނުންވާ ސާމާނު ވިއްކުމަށް "އީވޯ ސޮލިއުޝަންސް" ފިހާރަ އެވެ.