ހަބަރު

ބޭންކްގެ ބޯޑް މެންބަރުންގެ ދައުރުގެ މުއްދަތު ކުޑަކުރަނީ

ރާއްޖޭގެ ބޭންކްތަކުގެ ޑިރެކްޓަރުންގެ ބޯޑްގެ މެންބަރުންގެ މުއްދަތު ކުޑަކުރަން ބޭންކިންއާބެހޭ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.

މިހާރު އެ ގާނޫނު އޮތް ގޮތުން ބޭންކްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރާ މީހުން އައްޔަން ކުރާނީ ބޭންކުގެ އާންމު ޖަލްސާއެއްގައި، ގިނަވެގެން ހަތަރު އަހަރުދުވަހުގެ ދައުރަކަށެވެ. އައްޔަންކުރެވޭ މެންބަރުންގެ ކޮންމެ ދައުރެއް ހަމަވުމުން، އަލުން ހަތަރު އަހަރުދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް އައްޔަންކުރެވިދާނެ ކަމަށެވެ.

ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާނު ހުށަހެޅި އިސްލާހުގައި ވަނީ ބޯޑު މެންބަރުންގެ ދައުރު ތިން އަހަރަށް ކުޑަކުރަން ހިމަނާފަ އެވެ.

އޭގެއިތުން ބޯޑަށް އައްޔަންކުރާ މެންބަރުންގެ އުމުރު ވެސް ބަދަލުކުރަން ވަނީ ހުށަހަޅާފަ އެވެ. މިހާރު ގާނޫނު އޮތް ގޮތުން ބޯޑު މެންބަރަކަށް އައްޔަން ކުރެވޭނީ 30 އަހަރާއި 70 އަހަރާ ދެމެދުގެ މީހެކެވެ. ނަމަވެސް އަލަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ބޯޑު މެންބަރަކަށް 25 އަހަރާއި 65 އަހަރާ ދެމެދުގެ މީހަކު އައްޔަން ކުރެވޭނެ ކަމަށެވެ.