ރާއްޖެ ކުޅިވަރު

ޗެމްޕިއަންކަން ހޯދައިފި ނަމަ ގައުމީ ވޮލީބޯޅަ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް 32،0000ރ.

ބަންގަލްދޭޝްގައި ކުރިއަށްދާ އޭޝިއަން ސީނިއާ މެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ގައުމީ ވޮލީބޯޅަ ޓީމު ހޯދައިފި ނަމަ، ގައުމީ ވޮލީބޯޅަ ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް 32،000ރ. ދެއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

މި މުބާރާތުގެ ފައިނަލްގައި މިއަދު މެންދުރު ފަހު ތުރުކުމެނިސްތާނާ ދެކޮޅަށް ރާއްޖެ ނުކުންނާނެ އެވެ.

ފައިނަލް މެޗަށް ޓީމު ދިއުމުގެ ކުރިން ރައީސް ޔާމީން ވަނީ ގައުމީ ޓީމުގެ މެނޭޖަރު އަަލީ ލަތީފް (ޑިލައިޓް އަލީ)އާ ގުޅުއްވައި، ގައުމީ ޓީމަށް މަރުހަބާ ދަންނަވައިފަ އެވެ. އަދި ޓީމަށް ހިތްވަރު ދެއްވައި، ރާއްޖެ އަށް ރީތިނަން ހޯދައިދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ފައިނަލް މެޗުން މޮޅުވެ ރާއްޖެ ޗެމްޕިއަންކަން ހޯދައިފި ނަަމަ، ކޮންމެ ކުޅުންތެރިއަކަށް 32،000ރ ދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އަދި ފައިނަލް މެޗުން ބަލިވިޔަސް، ގައުމީ ޓީމުގެ އަގު ވަޒަންކުރުމުގެ ގޮތުން މުޅި ޓީމަށް 250،000ރ ދެއްވާނެ ކަަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

މިއީ ބައިނަލްއަގުވާމީ މުބާރާތެއްގެ ފައިނަލް އިން ގައުމީ ވޮލީބޯޅަ ޓީމު ޖާގަ ހޯދި ދެވަނަ ފަހަރެވެ. ނޭޕާލްގައި 2013 ވަނަ އަހަރު އޮތް ސައުތު ޢޭޝިއަން އިންވިޓޭޝަނަލް މުބާރާތުގެ ފައިނަލްގައި ވެސް ރާއްޖެ ވާދަކުރި އެވެ