މަޝްހޫރު މޭކަޕް ބްރޭންޑް "ނޯޓް" ކޮސްމެޓިކްސް ކ. މާފުއްޓަށް ތައާރަފުކޮށްފި އެވެ. މާފުއްޓަށް މި ބްރޭންޑުގެ ކޮސްމެޓިކްސް ތައާރަފުކުރުމަށް ރޭ ވަނީ އެ ރަށުގައި ހާއްސަ ހަފްލާއެއްވެސް ކުރިއަށް ގެންގޮސްފަ އެވެ.
"ނޯޓް" ކޮސްމެޓިކްސް ރާއްޖެއަށް ތައާރަފުކުރި ނިއު އެޑިޝަނުން ބުނީ މާފުއްޓަށް މި ބްރޭންޑް ތައާރަފުކުރީ އެ ރަށުގައި ތިބި ފަތުރުވެރިންނަށާއި އެ ރަށުގެ ރައްޔިތުންނަށް "ނޯޓް" ގެ ކޮލެޓީ ކޮސްމެޓިކް ސާމާނުތައް ފަސޭހައިން ލިބޭނެ ގޮތް ހަދައިދިނުމަށް ކަމަށެވެ. މާފުށީގައި "ނޯޓް" ކޮސްމެޓިކްސް ވިއްކާނީ އެ ރަށުގެ "ޕާފެކްޓް ޕީސް" ފިހާރައިންނެވެ.
މި ހަފްލާގައި ވަނީ "ނޯޓް" އިން އަލަށް ތައާރަފުކުރި ގިފްޓު ވައުޗާވެސް ދައްކާލާފަ އެވެ. މި ގިފްޓު ވައުޗާ ލޯންޗުކޮށްދިނީ "ނޯޓް" ކޮސްމެޓިކްސްގެ ރާއްޖޭގެ އެމްބަސޭޑަރު މަޝްހޫރު މޮޑެލް ކައިޒީން އެވެ. މި ވައުޗާ އެންމެ ފުރަތަމަ ގަތީ އެ ރަށުގައި މިިހާރު ޗުއްޓީ ހޭދަކުރަމުން އަންނަ ފަތުރުވެރިއެކެވެ. މި ގިފްޓު ވައުޗާ އޭނާ ވަނީ ހަފްލާގެ ތެރެއިން އޭނާގެ އަންހެނުންނަށް ހަދިޔާކޮށްފަ އެވެ.
ނިއު އެޑިޝަނުން ބުނީ މާފުށިން "ނޯޓް" ގެ ހުރިހާ ވައްތަރެއްގެ ކޮސްމެޓިކްސް ސާމާނުތައް ލިބޭނެ ކަމަށާއި އަދި އެންމެފަހުން ތައާރަފުކުރި "ނޯޓްގެ ޕާފެކްޓް ލައިން" ކޮސްމެޓިކް ސާމާނުތައްވެސް ލިބެން ހުންނާނެ ކަމަށެވެ. މި ހުރިހާ ސާމާނެއްވެސް މާލެއާއި އެއް އަގެއްގައި ލިބޭނެ އެވެ.
ރޭގެ ހަފްލާގައި "ނޯޓް" ކޮސްމެޓިކްސް ބޭނުންކޮށް ޕްރޮފެޝަނަލް މޭކަޕް އާޓިސްޓަކު އެކި މޮޑެލުންގެ ކޮށްފައިވާ ތަފާތު މޭކަޕްތައްވެސް ވަނީ ދައްކާލާފަ އެވެ. މީގެ އިތުރުން މުނުފޫހިފިލުވުމުގެ ހާއްސަ ހަރަކާތްތަކެއްވެސް ރޭގެ ހަފްލާގައި ކުރިއަށް ގެންދިޔަ އެވެ.
ރާއްޖޭގައި ވިއްކާ ތަފާތު މޭކަޕް ބްރޭންޑްތަކުގެ ތެރެއިން އެންމެ ކުރީގައި އުޅޭ މޭކަޕް ބްރޭންޑަކަށް "ނޯޓް" ވާނެ އެވެ. މަޝްހޫރު ބްރޭންޑަކަށްވެފައި ކޮލެޓީ ރަނގަޅު އަދި ރަނގަޅު އަގެއްގައި މި ބްރޭންޑުގެ ޕްރޮޑަކްޓުތައް ލިބެ އެވެ.
"ނޯޓް" ކޮސްމެޓިކްސް އުފައްދާފައި ވަނީ ދުނިޔޭގެ ނަން މަޝްހޫރު އެހެން ބްރޭންޑުތަކާ އެއް ފެންވަރެއްގައި ގިނަ ދިރާސާތަކެއް ހެދުމަށްފަހު އެވެ. ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ތެރޭގައި "ނޯޓް" ރޭންޖުކުރެވިފައި ވަނީ ޕްރިމިއަމް ބްރޭންޑެއްގެ ގޮތުގަ އެވެ.
މި ބްރޭންޑަށް އެންމެ އިތުބާރު ކުރެވޭ ސަބަބަކީ މި ބްރޭންޑުގެ ހުރިހާ އުފެއްދުންތަކަކީ ވެސް ސަތޭކަ ފަސެންޓު ހަލާލް ސެޓްފިކެޓް ލިބިފައިވާ އުފެއްދުންތަކަކަށް ވުމެވެ. މި ބްރޭންޑުގެ އުފެއްދުންތަކުގައި އެއްވެސް މިންވަރަކަށް އޫރާއި އެސިޑް އަދި ރަލުގެ އެއްވެސް މާއްދާއެއް އެކުލެވިގެނެއް ނުވެ އެވެ.