ލައިފްސްޓައިލް

"ނޯޓް" މޭކަޕްގެ ނެއިލް އާޓް ޝޯއިން ތަފާތު ހުނަރުތަކެއް

"ނޯޓް" ނެއިލް އާޓް ޝޯގެ ތެރެއިން: ޕޮލެންޑުގެ ނެއިލް އާޓް ޗެމްޕިއަން ޕައުލީނާ -- | އަވަސް ފޮޓޯ: އަހްމަދު ނާއިމް
0%
0%
0%

ފޮލެންޑުގެ މަޝްހޫރު ނެއިލް އާޓް ޗެމްޕިއަން ޕައުލީނާއާކު، "ނޯޓް" ނެއިލް އާޓް ޝޯ ބާއްވައިފި އެވެ. އޮލިމްޕަހުގައި މިއަދު ކުރިއަށް ގެންދިޔަ މި ޝޯއަކީ އެންރޭންޖުން އިމްތިޒާމުކޮށްގެން ބޭއްވި ޝޯއެކެވެ.

މި ޝޯގެ ޓައިޓަލް ސްޕޮންސަރަކީ ރާއްޖޭގައި މިހާރު ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ މޭކަޕް ބްރޭންޑް "ނޯޓް" ކޮސްމެޓިކްސް އެވެ.

ފަސް ގަޑިއިރަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ޝޯގައި ތަފާތު ސްޓައިލްގެ ނެއިލް އާޓްތައް ކުރާނެ ގޮތް ބައިވެރިންނަށް ދައްކާލާފައިވެ އެވެ. އަދި ބައިވެރިންނަށް ސުވާލުކުރުމުގެ ފުރުސަތުވެސް ލިބިގެންދިޔަ އެވެ.

"ނޯޓް" ނެއިލް އާޓް ޝޯގެ ތެރެއިން: "ނޯޓް" ގެ ނެއިލް ޕޮލިޝް ޕްރޮޑަކްޓުތައް ތައާރުފުކޮށްދެނީ -- | އަވަސް ފޮޓޯ: އަހްމަދު ނާއިމް

މި އިވެންޓުގައި ވަނީ "ނޯޓް" އާ މޭކަޕް ލައިނެއްވެސް ރާއްޖެއަށް ތައާރަފުކޮށްދީފަ އެވެ. އެއީ "ނޯޓް" ގެ ނެއިލް ޕޮލިޝް ޕްރޮޑަކްޓުތަކެވެ. މި ޕްރޮޑަކްޓުތައް ތައާރަފުކޮށްދިނީ ޕައުލީނާ އާއި ނިއު އެޑިޝަންގެ މާކެޓިން އެގްޒެކެޓީވް އައިޝަތު ޝަހާ އެވެ.

މި ޝޯގައި ނެއިލް އާޓްއަށް ޝައުގުވެރިވާ ގިނަ ފަރާތްތަކަކުން ބައިވެރިވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910