ފެޝަން

"ނޯޓް"ގެ ނޯ މޭކްއަޕް، މޭކަޕް މާސަޅި!

ނިއު އެޑިޝަނުން މިހާރު ރާއްޖެއަށް ތައާރަފު ކޮށްފައިވާ "ނޯޓް" ބްރޭންޑްގެ ކޮސްމެޓިކްސްއަށް ލިބެމުން އަންނަ ބޮޑު ތަރުހީބުގެ ސިއްރަކީ މި ބްރޭންޑްގެ މޭކަޕްގެ ކޮލިޓީ އެވެ. މި ބްރޭންޑުގެ ހުރިހާ ޕްރޮޑަކްޓުތަކެއް އުފެއްދުމަށް ބޭނުންކޮށްފައި ވަނީ ވިޓަމިންސް އާއި މިނަރަލްސް އަދި ހަމަ ފައިދާވާ ތަފާތު މާއްދާތަކުން މުއްސަނދިވެފައިވާ ތަކެއްޗެވެ. ކަނޑު އަޑީގެ މައުދަނާއި ފަތްޕިލާވެއްޔާއި މޭވާގެ އެކި ބާވަތްތައް ބޭނުންކޮށްފައިވެ އެވެ.

ކޮލެޓީ މި ބްރޭންޑުގެ މޭކަޕް ސާމާނުތައް ބޭނުން ކޮށްގެން ރީތި ގޮތްގޮތަށް މޭކަޕް ކޮށްލެވެ އެވެ. އެކަމަކު މި ސާމާނުތައް ބޭނުން ކޮށްގެން މޭކަޕްކޮށް ނިމޭއިރު މޭކަޕް ކުރިހެން ހީނުވާ ގޮތަށް މޭކަޕް ކޮށްފައޭ ބުނެފިނަމަ ހައިރާންވެދާނެ އެވެ. "ނޯޓް" ގެ "ނޯ މޭކް-އަޕް، މޭކް-އަޕް" ޓިއުޓޯރިއަލްގެ އެހީގައި މިގޮތަށް ނަލަހެދެލެވިދާނެ އެވެ. މޭކަޕްއާއެކު ނެޗުރަލް ލުކްއެއް ބޭނުންވާ މީހުންނަށް މި ލިޔުން މުހިންވާނެ އެވެ. މަޝްހޫރު މޭކަޕް އާޓިސްޓް ރިފާތް ޔުޒުއަކް މި މޭކަޕް ކުރާނެ ގޮތް ކިޔައިދީފައިވަނީ ވަރަށް ފަސޭހައިން ނަގައިގަނެވޭނެ ގޮތަށެވެ.

ނެޗުރަލް ލުކްއެއް ހޯދަން "ނޯޓް" ބޭނުންކުރާނީ ކިހިނެއް؟

މޭކަޕްކުރަން ފެށުމުގެ ކުރިން ފުރަތަމަ މޫނު ރަނގަޅަށް ދޮވުމަށްފަހު މޫނުން ފެން ހިއްކާށެވެ. އެންމެ ފުރަތަމަ މޫނުގައި އުނގުޅާނީ ނޯޓް ބްރޭންޑްގެ މިނެރަލް ފައުންޑޭޝަން އެވެ. މޫނުގައި ފައުންޑޭޝަން އުނގުޅާއިރު އެހާ ބޯކޮށް ފައުންޑޭޝަން ނޫނގުޅާށެވެ. އުނގުޅާނީ ވަރަށް ފަނޑުކޮށް ހުންނަ ވަރަށް މަދުންނެވެ.

ދެން އުނގުޅާނީ ކޮންސީލާ އެވެ. ލޯކައިރީގައި ކަޅުވެފައި ހުންނަނަމަ އަދި މޫނުމަތީ ފިލުވާލަން ބޭނުންވާ ލަކުނުތައް ހުރިނަމަ ކޮންމެހެންވެސް ކޮންސީލާ އުނގުޅަން ވާނެ އެވެ. ނޯޓް ބްރޭންޑްގެ މިނެރަލް ކޮންސީލާއަކީ ހަމަ އެންމެ އެކަށޭނެ ކޮންސީލާ އެވެ. އުނގުޅާނެ ކޮންސީލާއެއް ހިޔާރު ކުރާއިރު މޫނުގައި އުނގުޅި ފައުންޑޭޝަންއާއި ގުޅޭ ކުލައެއްގެ ކޮންސީލާއެއް އުނގުޅަން ހަނދާން ބަހައްޓަންވާނެ އެވެ. ކޮންސީލާ އުނގުޅުމަށްފަހު ޕައުޑާއެއް މޫނުގައި އުނގުޅާށެވެ. ކޮށްފައިވާ މޭކަޕް ބެލެންސް ކުރަން އުނގުޅާނީ ވެސް ހަމުގެ ކުލައިގެ މިނެރަލް ޕައުޑަރެވެ.

ފައުންޑޭޝަން އުނގުޅައި ނިމުމުން ދެން އަންނަނީ ލޯ ރީތި ކުރުމެވެ. ނޯ މޭކަޕް ލުކަކަށް ނޯޓްގެ އައިޝެޑޯ ވެސް ހަމަ އެއް ވަނަ އެވެ. އުނގުޅާނެ އައިޑެޝޯއެއް ހިޔާރުކުރާއިރު ވީހާވެސް މަޑު ކުލައެއްގެ އައިޝެޑޯއެއް ބޭނުން ކުރާށެވެ. ލުމިނަސް މޮނޯ އައިޝެޑޯ ވަރަށް ގުޅޭނެ އެވެ. އައިޝެޑޯ އުނގުޅައި ނިމުމުން ދެން އޮތީ ބްލަޝް ކުރުމެވެ. ބްލަޝްއަކީ މޫނުމައްޗަށް ކުޑަ ވިދުމެއް ގެނެސްދީ، މީހާގެ މޫނު މަތިން ތާޒާ ކަމަށް ދައްކުވައިދޭނެ އެއްޗެކެވެ. ދެ ކޮލުން ކިރިޔާ ކުލަ ފެންނަވަރަށް ލުމިނަސް ސިލްކް ކޮމްޕެކްޓް ބްލަޝް ފިއްސަކުން ހާކާލާށެވެ.

ނެޗުރަލް ލުކް މޭކަޕްގެ އެންމެފަހު ކަމަކަށް ޖެހޭނީ ލިޕް ގްލޮސްއެއް އުނގުޅާށެވެ. ނޯޓްގެ ލިޕް ގްލޮސްއަކީ ގުދުރަތީ މިނަރަލްގެ މާއްދާތަކުން މުއްސަނދި ޕްރޮޑަކްޓުތަކަކަށްވުމުން ގިނައިރު ތުންފަތް ނުހިކި ހުންނާނެ އެވެ. ގިނައިރު މީހާގެ މޫނުމަތިން ތާޒާކަން ފެންނަ ހުންނާނެ އެވެ.

"ނޯޓް" ގެ "ނޯ މޭކް-އަޕް މޭކް-އަޕް" ލުކަކީ ކޮންމެ މުނާސަބަތަކަށް ވެސް ވަރަށް ގުޅޭނެ މޭކަޕެކެވެ. މޭކަޕް ލުއިވެފައި ރީތިވުމުގެ އިތުރުން މޭކަޕްކުރަން ބޭނުން ކުރެވެނީ ގުދުރަތީ މާއްދާތައް ހިމެނޭ ހަމަށް ފައިދާ ހުރި މޭކަޕްގެ ޕްރޮޑަކްޓު ތަކެވެ.