ނިއު އެޑިޝަން

ނެއިލް އާޓް ޝޯގެ ޓައިޓްލް ސްޕޮންސަރަކަށް "ނޯޓް"

މާލެ، 31 ޖުލައި 2018 - "ނެއިލް އާޓް ޝޯ" ގެ ސްޕޮންސައަކަށް "ނޯޓް" ހަމަޖެއްސުން -- އަހުމަދު ނާއިމް | އަވަސް
0%
0%
0%

ނެއިލް އާޓްގެ ޗެމްޕިއަންއެއް ކަމަށްވާ ޕައުލީނާ ގެނެސްގެން، އެންރޭންޖުގެ ފަރާތުން ބާއްވާ ހާއްސަ ޝޯގެ ޓައިޓަލް ސްޕޮންސަރަކަށް މޭކަޕް ބްރޭންޑް "ނޯޓް" ހަމަޖައްސައިފި އެވެ. މިއަދު ޓީވީއެމްގައި އޮތް ހާއްސަ ހަފްލާއެއްގައި އެންރޭންޖާއި "ނޯޓް" ބްރޭންޑް ރާއްޖެއަށް ތައާރަފުކުރި ނިއު އެޑިޝަނުން އާއި ދެމެދުގައި ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އަންނަ މަހު 13 ގައި ބާއްވަން ނިންމާފައިވާ މި ޝޯ އޮންނާނީ އޮލިމްޕަހުގަ އެވެ. މި ޝޯ ކުރިއަށް ގެންދަން ނިންމާފައި ވަނީ ފަސް ގަޑިއިރަށް ބަހާލައިގެންނެވެ. މި ޝޯގައި ތަފާތު ސްޓައިލްގެ ނެއިލް އާޓްތައް ކުރާނެ ގޮތް ބައިވެރިންނަށް ދައްކާލުން އޮންނާނެ އެވެ. އަދި ބައިވެރިންނަށް ސުވާލުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ އެވެ.

ނިއު އެޑިޝަންގެ މާކެޓިން އެގްޒެކެޓީވް އައިޝަތު ޝަހާ ވިދާޅުވީ، މިކަހަލަ ބޮޑު އިވެންޓެއްގެ ޓައިޓަލް ސްޕޮންސަރަކަށް ވުމުގެ ފުރުސަތު "ނޯޓް" އަށް ލިބުމަކީ ފަހުރެއް ކަމަށާއި މި އިވެންޓުގެ ތެރެއިން "ނޯޓް" ގެ ނެއިލް ޕޮލިޝް ވެސް ތައާރަފު ކުރާނެ ކަމަށެވެ.

މާލެ، 31 ޖުލައި 2018 - "ނެއިލް އާޓް ޝޯ" ގެ ސްޕޮންސައަކަށް "ނޯޓް" ހަމަޖެއްސުން -- އަހުމަދު ނާއިމް | އަވަސް

"ނޯޓް ބްރޭންޑަކީ އާންމުންގެ ތެރޭގައި މަގުބޫލު ބްރޭންޑަކަށްވެފަ، މި ބްރޭންޑުގެ ފަރާތުން މިކަހަލަ ބޮޑު އިވެންޓެއްގެ ޓައިޓަލް ޕާޓްނާރަކަށްވުމަކީ އަޅުގަނޑުމެންނަށް ލިބުނު ބޮޑު ފަހުރެއް،" ޝަހާ ވިދާޅުވި އެވެ.

މި ޝޯއަށް ވަންނަ ބޭނުންވާ ފަރާތްތަކަށް ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފަ އެވެ. ނިއު އެޑިޝަން ފިހާރައިންނާއި ގިފްޓް އޮފް ލަވް ފިހާރައިން އަދި އޮލިމްޕަހުން މިހާރު ޓިކެޓް ލިބެން ހުންނާނެ އެވެ. ޓިކެޓެއްގެ އަގަކީ 300 ރުފިޔާ އެވެ. އަދި މި ޝޯގައި ބައިވެރިވާ ކޮންމެ ފަރާތަކަށް ހާއްސަ ގިފްޓުތައްވެސް ލިބޭނެ އެވެ.

މާލެ، 31 ޖުލައި 2018 - "ނެއިލް އާޓް ޝޯ" ގެ ސްޕޮންސައަކަށް "ނޯޓް" ހަމަޖެއްސުން -- އަހުމަދު ނާއިމް | އަވަސް

"ވޯލްޑް ޗެމްޕިއަންއެއްގެ މަސައްކަތް ބަލާލުމަށް ނެއިލް އާޓްއަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ރަނގަޅު ފުރުސަތެއް މިއީ. ޝޯއަކަސް މި އިވެންޓު ކުރިއަށްދާނީ ކްލާހެއްގެ ގޮތަށް، ބައިވެރިންނާއިވެސް ވަރަށް ބޮޑަށް ގުޅިގެން،" އެންރޭންޖުގެ ފަރާތުން ނާޒިޔާ މުހައްމަދު ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910