ނިއު އެޑިޝަން

ނިޔަފަތި ރީތިކޮށްލަން "ނޯޓް" ނެއިލް ޕޮލިޝް ވަރެއް ނެތް

Aug 15, 2018

ރާއްޖޭގައި މިހާރު އެންމެ މަޝްހޫރު އެއް މޭކަޕް ބްރޭންޑް "ނޯޓް" ކޮސްމެޓިކްސްގެ ނެއިލް ޕޮލިޝިން ޕްރޮޑަކްޓުތައް މިހާރު ނިއު އެޑިޝަނުން ވަނީ ތައާރަފުކޮށްދީފަ އެވެ. މި ޕްރޮޑަކްޓުތައް ތައާރަފުކޮށްދިނީ ޕޮލެންޑުގެ ނެއިލް އާޓް ޗެމްޕިއަން ޕައުލީނާއާއެކު އޮލިމްޕަހުގައި ބޭއްވި ނެއިލް އާޓް ޝޯގެ ތެރެއިންނެވެ.

ނިއު އެޑިޝަނުން ވަނީ ނެއިލް ޕޮލިޝް ކުރުމަށް ބޭނުންކުރާ ހަތަރު ވައްތަރެއްގެ ޕްރޮޑަކްޓެއް ތައާރަފުކޮށްދީފަ އެވެ. އެ ޕްރޮޑަކްޓުތަކަކީ ނޯޓް މެޓް ޓޮޕް ކޯޓް ނެއިލް ކެއާ، ނޯޓް ޖެލް ލުކް ނެއިލް އެނަމެލް، ނޯޓް ނެއިލް އެނަމެލް އަދި ނޯޓް އައިކޮން ނެއިލް އެނަމެލް އެވެ.

ނިއު އެޑިޝަން ފިހާރައިންނާއި "ނޯޓް" ކޮސްމެޓިކްސް ވިއްކާ ފިހާރަތަކުން މިހާރު މި ޕްރޮޑަކްޓުތައް ލިބޭނެ އެވެ. ނިޔަފަތިތައް ރީތިކޮށް ޑިޒައިން ކޮށްލަން ބޭނުންވާ ބޭފުޅުންނަށް މިއީ ކަމުދާނެ ޕްރޮޑަކްޓުތަކެކެވެ. މި ހުރިހާ ޕްރޮޑަކްޓުތަކަކީވެސް "ނޯޓް" ގެ އެހެން ޕްރޮޑަކްޓުތަކާއި އެއްގޮތަށް ރަނގަޅު ކޮލެޓީގެ ޕްރޮޑަކްޓުތަކެވެ.

"ނޯޓް" ކޮސްމެޓިކްސްގެ އުފެއްދުންތަކަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑްތަކާ އެއް ފެންވަރެއްގެ އުފެއްދުންތަކެކެވެ. ނިއު އެޑިޝަން އިން މި ޕްރޮޑަކްޓްތައް ރާއްޖެއަށް ތައާރަފުކުރީ ކޮލިޓީ ރަނގަޅު ޕްރޮޑަކްޓުތަކެއް ރަނގަޅު އަގެއްގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ.