ތުރުކީގެ ނަން މަޝްހޫރު މޭކަޕް ބްރޭންޑް "ނޯޓް" ކޮސްމެޓިކްސްގެ ރާއްޖޭގެ ބްރޭންޑް އެމްބަސެޑަރަކަށް މަޝްހޫރު މޮޑެލް ކައިޒީން ހަމަޖައްސައިފި އެވެ. މި ބްރޭންޑްގެ ކޮސްމެޓިކްސް ރާއްޖެ އެތެރެކޮށް މާކެޓު ކުރަނީ ނިއު އެޑިޝަނުންނެވެ.
"ނޯޓް" ގެ އެމްބަސެޑަރަކަށް ކައިޒީން ހަމަޖެއްސިކަން އިއުލާނުކުރީ ރޭ ހަބޭސް ބޮޑުބެރު ގްރޫޕުގެ ފަރާތުން ހުޅުމާލޭގައި ބޭއްވި ހާއްސަ ޢީދު ޝޯގެ ތެރެއިންނެވެ. ރޭގެ ޝޯގައި ވަނީ ކައިޒީންއަށް މި ބްރޭންޑުގެ އެމްބަސެޑަރުކަން ހާވަލުކުރި ކަމުގެ ލިޔުންވެސް ހަވާލުކޮށްފަ އެވެ. މި ލިޔުން ހަވާލުކޮށްދެއްވީ "ނޯޓް" ކޮސްމެޓިކްސް މޯލްޑިވްސްގެ ބްރޭންޑް މެނޭޖާ، އަހުމަދު ޝިޔާމް އެވެ.
މީގެ އިތުރުން ރޭގެ ޝޯގައި ވަނީ "ނޯޓް" ކޮސްމެޓިކްސް އޮންލައިންވެސް ތައާރަފުކޮށްދީފަ އެވެ. މި ހިދުމަތާއެކު "ނޯޓް" ކަސްޓަމަރުންނަށް މި ބްރޭންޑުގެ ޕްރޮޑަކްޓުތައް ގަތުމަށް އިތުރު ލުއި ފަސޭހައެއް ލިބިގެންދާނެ އެވެ. މި ހިދުމަތް ހިންގާއި މެނޭޖުކުރާނީ މީޑިޔާގޭޓްގެ ވީއެޕްޕީ ބާޒާރުގެ ފަރާތުންނެވެ.
ނިއު އެޑިޝަނުން މިއަހަރު އެންމެފަހުން ތައާރަފުކުރި "ނޯޓް" ކޮސްމެޓިކްސްގެ އާ ޕްރޮޑަކްޓުތައްވެސް ރޭގެ ޝޯގައި އާންމުންނަށް ދައްކާލާފަ އެވެ. އެ ޕްރޮޑަކްޓުތަކުގެ ތެރޭގައި ހިމެނެނީ ސްކިން ޕާފެކްޓިން ޕްރިމިއާ، ސްކިން ޕާފެކްޓިން އިލުމިނޭޓާ، ސްކިން ޕާފެކްޓިން ކްރީމް ޕެލެޓާ، ސްކިން ޕާފެކްޓިން ޕައުޑާ އަދި ޓޯޓަލް ބްރޯވް ކިޓެކެވެ.
މި ސްކިން ޕާފެކްޓިން އައިޓަމްތަކަކީ އަންހެން ބޭފުޅުންނަށް ހާއްސަ ޕްރޮޑަކްޓުތަކެކެވެ. މި ޕްރޮޑަކްޓުތައް ބޭނުންކުރުމުން މޫނުގައި ހުންނަ ކުދި އައިބުތަކާއި މޫނުގައި ބިހި ނެގުމުން އުފެދޭ ކުދި ކަޅުވުންތައް ރަނގަޅުކޮށްދޭނެ އެވެ. މި ޕްރޮޑަކްޓުތައްވެސް އުފައްދާފައި ވަނީ "ނޯޓް" އެހެން ޕްރޮޑަކްޓުތަކެކޭ އެއްފަދައިން ހަމަށް ފައިދާހުރި މާއްދާތައް ބޭނުންކޮށްގެންނެވެ.
ރާއްޖޭގައި ވިއްކާ ތަފާތު މޭކަޕް ބްރޭންޑްތަކުގެ ތެރެއިން އެންމެ ކުރީގައި އުޅޭ މޭކަޕް ބްރޭންޑަކަށް "ނޯޓް" ވާނެ އެވެ. މަޝްހޫރު ބްރޭންޑަކަށްވެފައި ކޮލެޓީ ރަނގަޅު އަދި ރަނގަޅު އަގެއްގައި މި ބްރޭންޑުގެ ޕްރޮޑަކްޓުތައް ލިބެ އެވެ.
"ނޯޓް" ކޮސްމެޓިކްސް އުފައްދާފައި ވަނީ ދުނިޔޭގެ ނަން މަޝްހޫރު އެހެން ބްރޭންޑުތަކާ އެއް ފެންވަރެއްގައި ގިނަ ދިރާސާތަކެއް ހެދުމަށްފަހު އެވެ. ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ތެރޭގައި "ނޯޓް" ރޭންޖުކުރެވިފައި ވަނީ ޕްރިމިއަމް ބްރޭންޑެއްގެ ގޮތުގަ އެވެ.
މި ބްރޭންޑަށް އެންމެ އިތުބާރު ކުރެވޭ ސަބަބަކީ މި ބްރޭންޑުގެ ހުރިހާ އުފެއްދުންތަކަކީ ވެސް ސަތޭކަ ފަސެންޓު ހަލާލް ސެޓްފިކެޓް ލިބިފައިވާ އުފެއްދުންތަކަކަށް ވުމެވެ. މި ބްރޭންޑުގެ އުފެއްދުންތަކުގައި އެއްވެސް މިންވަރަކަށް އޫރާއި އެސިޑް އަދި ރަލުގެ އެއްވެސް މާއްދާއެއް އެކުލެވިގެނެއް ނުވެ އެވެ.