ނިއު އެޑިޝަން

ފުރިހަމަ މޭކަޕަކަށް "ނޯޓްގެ ޕާފެކެޓް ލައިން"

Jul 1, 2018

ނިއު އެޑިޝަނުން ރާއްޖެއަށް ތައާރަފުކުރި "ނޯޓް" ކޮސްމެޓިކްސްއަކީ މިހާރު ދިވެހި އަންހެނުންގެ މެދުގައި އެންމެ މަގުބޫލު މޭކަޕް ބްރޭންޑެވެ. ރަނގަޅު އަގެއްގައި ފަސޭހަކަމާއެކު މި ބްރޭންޑުގެ ކޮސްމެޓިކްސް ކަސްޓަމަރުންނަށް ފޯރުކޮށްދެމުން އަންނައިރު، މި ބްރޭންޑުގެ ތަފާތު އާ ވައްތަރުތަކުގެ ކޮސްމެޓިކްސް ސާމާނުތައް އަންނަނީ ތައާރަފުވެސް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ނިއު އެޑިޝަނުން ވަނީ "ނޯޓް" ގެ އެންމެ ފަހުގެ މޭކަޕް ސީރީޒެއް ކަމަށްވާ "ޕާފެކްޓް ލައިން" ތައާރަފުކޮށްދީފަ އެވެ.

ފާފެކްޓް ލައިން" އާއެކު މޭކަޕްކުރުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ. ނޯޓްގެ މި އާ ސީރީޒްގައި ތަފާތު ޕްރޮޑަކްޓުތައް ހިމެނޭއިރު، ކުލަތަކުގެ ރޭންޖު ބޮޑުވުމާއެކު ބޭނުން ސްޓައިލެއްގެ މޭކަޕް ކޮށްލުމަށް ފަސޭހަވާނެ އެވެ. މީހާގެ މޫނަށް ރީތަކަން ގެނެސްދޭއިރު ގިނަ ވަގުތު މުނޫމަތިން ތާޒާކަން ފެނިގެންދިއުމަށް ބޮޑު އެހީއަކަށް ވާނެ އެވެ. މި ސީރީޒްގައި ހިމެނޭ ބައެއް އާ ޕްރޮޑަކްޓުތަކަށް ބަލާލުން ވަރަށް މުހިންމެވެ.

ސްކިން ޕާފެކްޓިން ޕްރައިމާ

މިއީ މޫނު ތެޔޮކޮށް ހުންނާތީ ކަންބޮޑުވާ މީހުންނަށް ވަރަށް މުހިންމު ޕްރޮކްޓެކެވެ. މި ޕްރޮޑަކްޓުގައި އެއްވަރަކަށް ވެސް ތެޔޮ އެކުލެވިގެން ނުވާއިރު، މޫނުމަތީ ހުންނަ ތެޔޮކަން ދުއްވާލުމަށް އެހީތެރިވާނެ އެވެ. މުޅި ދުވަހު މީހާގެ މޫނު ތެޔޮ ނުވެ ހުންނާނެ އެވެ. މި ޕްރޮޑަކްޓު ބޭނުންކުރުމުގެ ކުރިން މޫނު ރަނގަޅަށް ދޮންނަން ހަނދާންކުރާށެވެ. މޫނުގައި އުނގުޅުމަށް ބޭނުންކުރާ މޭކަޕްކުރާ ފިއްސެއް ނުވަތަ އިނގިލިންވެސް މިކަން ކޮށްލެވިދާނެ އެވެ.

ސްކިން ޕާފެކްޓިން އިލުމިނޭޓާ

ސްކިން ޓޯން އެއްވަރުކޮށްލުމަށް އެންމެ ކަމުދާނީ މި ޕްރޮޑަކްޓެވެ. މޫނު ތާޒާކޮށް އަދި އޮމާންކޮށްލުމަށް މި ޕްރޮޑަކްޓުން އެހިވާނެ އެވެ. މިއީ ހަންގަނޑު ކުރަކިވެފަ ހުންނަ މީހުންނަށް ރަނގަޅު ޕްރޮޑަކްޓަކަށްވާއިރު، ހައިލައިޓާއެއްގެ ގޮތުގައިވެސް މި ޕްރޮޑަކްޓު ބޭނުންކުރެވޭނެ އެވެ.

ޕާފެކްޓިން ޕެން

ހުރިހާ ވައްތަރެއްގެ ހަމަކާއިވެސް ގުޅޭ މި ޕްރޮޑަކްޓަކީވެސް މޫނުމަތި ތާޒާކޮށްލުމަށް އެހީވާ ޕްރޮޑަކްޓެކެވެ. ހަންގަނޑު ރަތްވުމާއި މޫނުތަމަތީ ލަކުނުނާއި މޫނުގައި ރޫޖެހުންފަދަ ހަމުގައި ހުންނަ ތަފާތު މައްސަލަތަކުން ދުރުކޮށްދޭ މި ޕްރޮޑަކްޓަކީ ޒުވާން ލުކްއެއް ބޭނުންވާ މީހުންނަށް އެންމެ ކަމުދާނެ ޕްރޮޑަކްޓެވެ. މީގައި ތަފާތު ހަތަރު ކުލައެއްވެސް ހިމެނޭނެ އެވެ. ފިއްސަކުން ނޭފަތާއި ނިއްކުރި އަދި ދެކޮލުގައި މި ހާކަށެވެ. އެއަށްފަހު އިނގިލިން މުޅި މޫނުގައި ހާކާށެވެ.

ޕާފެކެޓް ކޮންޓާރިން ޕައުޑާ ޕެލެޓް

މި ޕްރޮޑަކްޓުގައި ހިމެނޭނީ ތިން ކުލައެކެވެ. މީގެ ދެ ވާޝަނެއްވެސް ހިމެނޭނެ އެވެ. މި ޕްރޮޑަކްޓުގައި ހިމެނޭ ވިޓަމިން އީގެ މާއްދާތަކާއި އެލްމަންޑް އޮއިލްގެ ސަބަބުން ހަންގަނޑު ދުޅަހެޔޮކޮށްދީ މޫނުމަތި ތާޒާވާނެ އެވެ.

ޕާފެކްޓް ކޮންޓާރިން ޕައުޑާ ކްރީމް ޕެލެޓް

މި ޕްރޮޑަކްޓުގައިވެސް ތިން ކުލައެއް ހުންނާނެ އެވެ. މީގެވެސް ދެ ވާޝަނެއް ހިމެނޭއިރު، މޫނުމަތިން ދޮންކަމާއި އުޖާލާކަމާއި އަދި ޝާއްބާކަން ފެންނަ ބޭނުންވާނަމަ މީ ކޮންމެހެންވެސް ބޭނުންވާނެ ޕްރޮޑަކްޓެކެވެ. މި ޕްރޮޑަކްޓުގައި ހިމެނޭ ވިޓަމިން އީގެ މާއްދާތަކާއި މެކެޑޭމިއާ އޮއިލްގެ އެހީގައި ހަމުގައި ހުންނަ މޫނު ތެޔޮވުމަށް މެދުވެރިވާ "ސީބަމް ޕްރޮޑަކްޝަން" ކޮންޓުރޯލުކޮށް މޫނު ތާޒާކޮށްލަ އެވެ.

ޓޯޓަލް ލުކް ބްރޯ ކިޓް

މޭކަޕްކޮށް ނިންމާލާއިރު އެންމެފަހުކަމަށް އޮންނާނީ ބުމަ ރީތިކޮށްލުމެވެ. ކުރި މޭކަޕް އެންމެ ފުރިހަމަ ގޮތުގައި ފެންނާނީވެސް ބުމަ ރީތިކޮށްލުމުންނެވެ. މިކަން ވަރަށް ފަސޭހައިން ކޮށްލުމަށް މިހާރު ނިއު އެޑިޝަނުން ވަނީ "ނޯޓް" ބްރޭންޑުގެ "ޓޯޓަލް ލުކް ބްރޯ ކިޓް" ކިޔާ ހާއްސަ ޕްރޮޑަކްޓު ކިޓެއް ވާނީ ތައާރަފުކޮށްފަ އެވެ. މި ކިޓުގައި ސްޓޭބަލައިޒާ ވެކްސްއާއި އިލުމިނޭޓާގެ އިތުރުން ހައިލައިޓާ އަދި ކަލާރްޑް ޕައުޑާ ހިމެނެ އެވެ. ތަފާތު ދެ ކުލައަކުން މި ކިޓް ލިބެން ހުންނާނެ އެވެ. މި އައިބްރޯ ކިޓުގައި ހުންނަ ޕްރޮޑަކްޓުތަކަކީ ސްވީޓް އަލްމަންޑް އޮއިލްއާއި ވިޓަމިން އީގެ މާއްދާތަކުން މުއްސަނދި ޕްރޮޑަކްޓުތަކެކެވެ.