ރާއްޖޭގައި މިހާރު އެންމެ މަޝްހޫރު އެއް މޭކަޕް ބްރޭންޑް ކަމުގައިވާ "ނޯޓް" ކޮސްމެޓިކްސްގެ ބުރުގާ ފޭސްއަކަށް ލަވަކިޔުންތެރިޔާ ސަމާހާ މޫސާ ދީދީ (ސަމާ) ހަމަޖައްސައިފި އެވެ. ބުރުގާ ފޭސްއަކަށް ސަމާ ހަމަޖެއްސިކަން ހާމަކުރީ މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެވެ.
ސަމާ އާންމުންގެ ސަމާލުކަން އެންމެ ފުރަތަމަ ހޯދީ، ޓީވީއެމްއިން ގެނެސްދިން އެހަނދާނުގައި ޝޯގެ ރެޓްރޯ އެޑިޝަނުގައި އޭނާ ހުށަހަޅައިދިން ފޯރިގަދަ "ޑައިރީގައި ލިޔެ" ލަވަ ކިޔައިދީގެންނެވެ. އޭގެފަހުންވެސް ސަމާ ވަނީ ރީތި ގިނަ ލަވަތަކެއް ކިޔައިދީފައި އެވެ.
ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި "ނޯޓްް" ކޮސްމެޓިކްސްގެ ހާއްސަ ސްޓޯލެއް ވަނީ ބަހައްޓާފައި އެވެ. އެ ސްޓޯލުގައި "ނޯޓް" އާއި ބެހޭގޮތުން ތަފާތު މައުލޫމާތުތައް ދިނުމަށް "ނޯޓް" ކުންފުނީގެ ތަޖުރިބާކާރުން ދެ ބޭފުޅުންވެސް ތިއްބަވަ އެވެ.
ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ "ނޯޓް" އަކީ ތުރުކީގެ ބްރޭންޑެކެވެ. މި ބްރޭންޑްގެ ކޮސްމެޓިކްސްއަށް ލިބެމުން އަންނަ ބޮޑު ތަރުހީބުގެ ސިއްރަކީ މީގެ ކޮލިޓީ އެވެ. އަދި ހުރިހާ ޕްރޮޑަކްޓުތަކެއް އުފެއްދުމަށް ވިޓަމިންސް އާއި މިނަރަލްސް އަދި ހަމަށް ފައިދާވާ ތަފާތު މުއްސަނދި މާއްދާތަކާއި ކަނޑު އަޑީގެ މައުދަނާއި ފަތްޕިލާވެއްޔާއި މޭވާގެ އެކި ބާވަތްތައްވެސް ބޭނުންކޮށްފައިވެ އެވެ. އަދި "ނޯޓް" ގެ ހުރިހާ އުފެދުންތަކަކީ 100 ޕަސެޓް ހަލާލު އުފެއްދުންތެކެވެ.
"ނޯޓް" ކޮސްމެޓިކްސް ރިސޯޓުތަކަށް
ދިވެހިންނާއި އެއްވަރަށް ފަތުރުވެރިންގެ މެދުގައިވެސް "ނޯޓް" ގެ މަގުބޫލުކަން އިތުރުވަމުން އަންނާތީ މި ބްރޭންޑްގެ ކޮސްމެޓިކްސް ރިސޯޓުތަކަށް ތައާރަފުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި އެވެ. ނިއު އެޑިޝަނުން ބުނީ ވަރަށް އަވަހަށް ދެ ރިސޯޓަކަށް "ނޯޓް" ހުރިހާ ޕްރޮޑަކްޓުތަކެއް ތައާރަފުކުރާނެ ކަމަށެވެ.
ފަތުރުވެރިންނަށް އަމާޒުކޮށް ގެސްޓް ހައުސްގެ ވިޔަފާރީ އެންމެ ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ކ.މާފުށީގައިވެސް ނިއު އެޑިޝަނުން އަންނަނީ "ނޯޓް" ކޮސްމެޓިކްސްގެ ޕްރޮޑަކްޓުތައް ވިއްކަމުންނެވެ. އެ ރަށުގައިވެސް ފަތުރުވެރިންނާއި ދިވެހިންގެ ފަަރާތުން މި ޕްރޮޑަކްޓުތަކަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ނިއު އެޑިޝަނުން ބުންޏެވެ.
ނިއު އެޑިޝަނުން ބުނީ ރިސޯޓުތަކަށް މި ޕްރޮޑަކްޓު ތައާރަފުކުރުމުގެ ބޭނުމަކީ ފަތުރުވެރިންގެ އިތުރުން ރިސޯޓުތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށްވެސް ފަސޭހައިން މި ޕްރޮޑަކްޓުގެ ލިބޭނެ ގޮތް ހަދައިދިނުމެވެ. ރިސޯޓުތަކުގައި ރީޓެއިލްކޮށް މި ޕްރޮޑަކްޓުތައް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފައި އެވެ.