ނިއު އެޑިޝަން

"ނޯޓް" ބޭނުންކޮށްގެން ލުއި މޭކަޕެއް ކުރާނެ ގޮތް

ނިއު އެޑިޝަނުން މިހާރު ރާއްޖެއަށް ތައާރަފު ކޮށްފައިވާ "ނޯޓް" ބްރޭންޑްގެ ކޮސްމެޓިކްސްއަށް ލިބެމުން އަންނަ ބޮޑު ތަރުހީބުގެ ސިއްރަކީ މި ބްރޭންޑްގެ މޭކަޕްގެ ކޮލިޓީ އެވެ. މި ބްރޭންޑުގެ ހުރިހާ ޕްރޮޑަކްޓުތަކެއް އުފެއްދުމަށް ބޭނުންކޮށްފައި ވަނީ ވިޓަމިންސް އާއި މިނަރަލްސް އަދި ހަމަށް ފައިދާވާ ތަފާތު މާއްދާތަކުން މުއްސަނދިވެފައިވާ ތަކެއްޗެވެ. ކަނޑު އަޑީގެ މައުދަނާއި ފަތްޕިލާވެއްޔާއި މޭވާގެ އެކި ބާވަތްތައް ބޭނުންކޮށްފައިވެ އެވެ.

ކޮލެޓީ މި ބްރޭންޑުގެ މޭކަޕް ސާމާނުތައް ބޭނުން ކޮށްގެން ރީތި ގޮތްގޮތަށް މޭކަޕް ކޮށްލެވެ އެވެ. ދުވާލުގެ ވަގުތުތަކާއި ރޭގަނޑުގެ ވަގުތުތަކުގައި ފަސޭހަ ގޮތަކަށް ލުއި މޭކަޕެއް ކޮށްލުމަށް ގިނަ މީހުން ބޭނުންވެ އެވެ. އެމީހުންނަށް "ނޯޓް"ގެ އީޒީ އެވްރީޑޭ މޭކަޕްއާއި ނައިޓް އައުޓް މޭކަޕް ކަމުދާނެ އެވެ.

އީޒީ އެވްރީޑޭ މޭކަޕް ކުރާނެ ގޮތް

ދުވާލުގެ ވަގުތުތަކުގައި އާދައިގެ މޭކަޕަކުން ފުއްދާލަން ބޭނުންވާ ފަރާތްތައް މިއީ ފަސޭހަ ސްޓައިލަކަށް ވާނެ އެވެ.

މޭކަޕްކުރަން ފެށުމުގެ ކުރިން ފުރަތަމަ މޫނު ރަނގަޅަށް ދޮވުމަށްފަހު މޫނުން ފެން ހިއްކާށެވެ. އެންމެ ފުރަތަމަ އުނގުޅާނީ ދެ ލޮލުގެ ތިރީގައި ނޯޓް ބްރޭންޑްގެ ފުލް ކަވަރޭޖް ލިކުއިޑް ކޮންސީލާ އެވެ. ފިއްސެއް ބޭނުންކޮށްގެން ދެ ލޯގެ ތިރީގައިވެސް އެއްވަރަކަަށް މި ކޮންސީލާ އުނގުޅާށެވެ. އެއަށްފަހު ލޮލުގެ މަތީގައިވެސް ހަަމަ އެގޮތައް ކޮންސީލާ އުނގުޅާށެވެ. އެއަށްފަހު މޫނު ވަަށައިގެން ދެން އުނގުޅާނީ ނޯޓްގެ ޓެރަކޯޓާ ޕައުޑާ އެވެ. އަދި މޫނާއި އެއްވަރަށް ކަރުގައިވެސް ޕައުޑާ އުނގުޅަންވާނެ އެވެ.

ލޮލުގެ މަތީގައި އަދި ތިރީގައި އުނގުޅުމަށް ނޯޓްގެ ލުމިނަސް ސިލްކް މޮނޯ އައިޝެޑޯ ބޭނުންކުރާށެވެ. މީގެ ތަފާތު ކުލަތައް ލިބެން ހުންނާނެ އެވެ. އެމީހަަކަށް ރީތި ކުލައެއް ހިޔާރުކުރެވިދާނެ އެވެ. ގުޅޭ ދެ ކުލައެއް ބޭނުންކުރުމުން ރަނގަޅުވާނެ އެވެ. ލޮލުގެ މަތި އަދި ތިރީގެ އެސްފިޔަތަކުގެ ބުޑުގައި ނޯޓްގެ އަލްޓްރާ ރިޗް ކަލާ އައި ޕެންސިލްއިން ކުރަހާށެވެ. އެއަށްފަހު އެސްފިޔަތަކުގައި ނޯޓް ލޯން ލޭޝް މަސްކަރާ އުނގުޅާށެވެ.

ކޮލުގައި މަޑު ފިޔާތޮޅި ކުލައަކުން ބްލަޝާވެސް އުނގުޅިދާނެ އެވެ. މިހެން ބުނި ނަމަވެސް ނޯޓް ލުމިނަސް ސިލްކް ކޮމްޕެކްޓް ބްލަޝާގެ ތަފާތު ކުލަތަކުގެ ތެރެއިން އެމީހަކަށް ރީތި ކުލައެއް ހިޔާރުކުރެވިދާނެ އެވެ. އެންމެފަހު ކަމަކަށް ނޯޓް ލޯންގް ވެއަރިން ލިޕްގްލޮސް ތުންފަތުގައި އުނގުޅާށެވެ.

ނައިޓް އައުޓް މޭކަޕް ކުރާނެ ގޮތް

ރޭގަނޑު ޕަޓީއަކަށް، ޑިނާ ނައިޓް ނުވަތަ ޑޭޓަކަށް ދިއުމަށް ފަސޭހަ މޭކަޕެއް ކޮށްލުމަށް މި ސްޓައިލްގެ މޭކަޕް ހިޔާރުކުރެވިދާނެ އެވެ.

ފުރަތަމަ މޫނުގައި އުނގުޅާނީ ނޯޓްގެ ޑިޓޮކްސް އެންޑް ޕްރޮޓެކްޓް ފައުންޑޭޝަން އެވެ. އެންމެ ރީތިކޮށް ފައުންޑޭޝަން ބަހައްޓަން ބޭނުންނަމަ ފައުޑޭޝަން ފިއްސަކުން ފައުންޑޭޝަން އުނގުޅަންޖެހޭނެ އެވެ. އެއަށްފަހު ލޮލުގެ ވަށައިގެން ކޮންސީލާ އުނގުޅާށެވެ. ނޯޓްގެ ފުލް ކަވޭރޭޖް ލިކުއިޑް ކޮޮންސީލާ އެންމެ ރަނގަޅު ޗޮއިސްއަށް ވާނެ އެވެ. ކޮންސީލާވެސް އުނގުޅާނީ ފައުންޑޭޝަން ފިއްސަކުންނެވެ.

މޫނު ވަަށައިގެން ދެން އުނގުޅާނީ ނޯޓްގެ ލުމިނަސް ސިލްކް ކޮމްޕެކްޓް ޕައުޑާ އެވެ. އަދި މޫނާއި އެއްވަރަށް ކަރުގައިވެސް ޕައުޑާ އުނގުޅަންވާނެ އެވެ. ލޮލުގެ މަތީގައި އަދި ތިރީގައި އުނގުޅުމަށް ނޯޓްގެ ލުމިނަސް ސިލްކް ކުއަޓްރޯ އައިޝެޑޯ ބޭނުންކުރާށެވެ. މީގެ ތަފާތު ކުލަތައް ލިބެން ހުންނާނެ އެވެ. ލޮލުގެ މަތި އަދި ތިރީގެ އެސްފިޔަތަކުގެ ބުޑުގައި ނޯޓްގެ ސްމޯކީ އައި ޕެންސިލްއިން ކުރަހާށެވެ. ނޯޓްގެ އަލްޓްރާ ބްލެކް އައިލައިނާއިންވެސް ލޮލުގެ މަތީގައި ކުރަހަންވާނެ އެވެ. އެއަށްފަހު އެސްފިޔަތަކުގައި އަލްޓްރާ ވޮލިއުމް މަސްކަރާ އުނގުޅާށެވެ.

ކޮލުގައި މަޑު ކުލައަކުން ބްލަޝާވެސް އުނގުޅަންވާނެ އެވެ. ބޭނުންކުރާނީ ނޯޓްގެ ލުމިނަސް ސިލްކް ކޮމްޕެކްޓް ބްލަޝާ އެވެ. އެއަށްފަހު ޓެރެކޯޓާ ބްލަޝާވެސް ކޮލުގައި އުނގުޅަންވާނެ އެވެ.

ތުންފަތުގެ ވަށައިގެން ނޯޓްގެ އަލްޓްރާ ރިޗް ކަލާ ލިޕް ޕެންސިލްއަކުން ކުރެހުމަށްފަހު އެންމެފަހުކަމަށް ނޯޓްގެ ލޯންގް ވެއަރިން ލިޕްސްޓިކް އުނގުޅާށެވެ. ޗިކް ނޫޑް ކުލަ ސަޅިވާނެ އެވެ.

ބައެއް ޓިޕްސްތައް

ފައުންޑޭޝަން އަދި ކޮންސީލާ އުނގުޅާނީ ކިހިނެތް؟

ބެސްޓް ރިޒާލްޓްސް ބޭނުންނަމަ ފައުންޑޭޝަން އަދި ކޮންސީލާވެސް އުނގުޅަން ވާނީ ފިއްސަކުންނެވެ.

މަސްކަރާ އުނގުޅާނީ ކިހިނެތް؟

އެންމެ ރީތިކޮށް ލޮލުގެ އެސްފިޔަތައް ބެހެއްޓުމަށް މަސްކަރާ ތިން ފަހަރު އުނގުޅަންވާނެ އެވެ. އެއީ ކޮންމެ ފަހަރަކު އުނގުޅުމަށްފަހު މަސްކަރާ ހިކުމުންނެވެ.

ސްމޯކީ އައިޒްއެއްއަކަށް ބޭނުންވާނީ ކޯއްޗެއް؟

ނޯޓްގެ ސްމޯކީ އައި ޕެންސިލް އާއި ލުމިނަސް ސިކް ކުއަޓްރޯ އައިޝެޑޯ އެވެ. މީގެ ތަފާތު ކުލަތައް ހުންނާނެ އެވެ.