ޖަސްޓިން ބީބާ

ޖަސްޓިން ބީބާ އާިއ ހެއިލީ ބޯލްޑްވިން އެންގޭޖުވެއްޖެ

ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އާއި އެމެރިކާގެ މަޝްހޫރު މޮޑެލް ހެއިލީ ބޯލްޑްވިން އެންގޭޖު ވެއްޖެ އެވެ. ޖަސްޓިންގެ ފޭނުންނަށް މި ހަބަރުވީ ވަރަށް ބޮޑު ޝޮކަކަށެވެ. ލޯބީގެ ކުޅިގަނޑު ބޮޑު ޖަސްޓިން، އޭނާ ލޯބީގެ ގޮތުން ގުޅުނު މީހަކާއެކު މިހާ ބޮޑު ފިޔަވަޅެއް ކުރިއަށް އެޅި މިއީ އަދި ފުރަތަމަ ފަހަރެވެ.

ޓީއެމްޒީ އިން ރިޕޯޓުކުރި ގޮތުގައި މި ދެ މީހުން އެންގޭޖުވީ ބަހާމަސްގެ ރިސޯޓެއްގަ އެވެ. ޖަސްޓިން 24، ހެއިލީ، 21 އަށް ޕްރޮޕޯޒްކުރީ ސަލްސާ ޑާންސެއްގެ ތެރެއިންނެވެ. އެ ވަގުތު އެތަނުގައި ތިބި މީހުނަށް ޖަސްޓިންގެ ސެކިއުރިޓީން ވަނީ ފޮޓޯ ނެގުން ވެސް މަނާކޮށްފަ އެވެ.

އެންޖޭޖުވި ވާހަކަ ރަސްމީކޮށް ހާމަނުކުރި ނަމަވެސް ޖަސްޓިންގެ މައިންބަފައިން ވަނީ އެ ދެމީހުން އެންޖޭޖުވިކަމުގެ އިޝާރާތެއް ދީފަ އެވެ. ޖަސްޓިންގެ ބައްޕަ އިންސްޓަގުރާމްގައި ޕޯސްޓެއް ކުރިއިރު މަންމަ ވަނީ ޓްވީޓެއްކޮށްފަ އެވެ.

ޖަސްޓިންގެ ބައްޕަ އިންސްޓަގުރާމްގައި ކުރި ޕޯސްޓް.
ޖަސްޓިންގެ މަންމަ ކުރި ޓުވީޓް.

ޖަސްޓިން އާއި ހެއިލާ މިފަހުން ގުޅުނީ، ޖަސްޓިން "އަބަދު ހިތާވެ ރުޅިވެ" އުޅޭ އެމެރިކާގެ ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒްއާއި ތިން ފަހަރެއްގެ މަތިން ރައްޓެހިވެގެން އުޅުމަށްފަހު އެވެ. ޖަސްޓިން އާއި ސެލީނާ އެންމެ ފަހުން ގުޅިގެން އުޅުނީ މިދިޔަ އަހަރު ނޮވެމްބަރުން ފެށިގެން މިދިޔަ މާޗް މަހާއި ހަމައަށެވެ. އެ ދެމީހުން މިފަހަރު ރުޅިވީ ސެލީނާގެ މަންމަ އެ ގުޅުމާއި ދެކޮޅުވުމުން ކަމަށްވެ އެވެ.

ޖަސްޓިންއާއި ހެއިލީވެސް ވަނީ މީގެ ކުރިން ރައްޓެހިވެގެން އުޅެފަ އެެވެ. އެއީ 2015 އާއި 2016 ވަނަ އަހަރާއި ދެމެދުގަ އެވެ. މި ދެމީހުން އެންގޭޖު މިވީ އަލުން ގުޅުނުތާއި މަހެއްވި ފަހުންނެވެ.