ވިޔަފާރި

ދިރާގުގެ އާ ޕްރިޕެއިޑަށް ހިލޭ ސޯޝަލް މީޑިއާ ޑޭޓާއާއެކު އިތުރު ފުރިހަމަކަމެއް

ރާއްޖޭގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނި ދިރާގުން އެކުންފުނީގެ ޕްރީޕެއިޑް ހިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.

އަލަށް ތައާރަފްކުރި ދިރާގު ޕްރީޕެއިޑްގައި އެންމެ ކަމުދާ އެއްކަމަކީ މި ޕްރީޕެއިޑްގައި ހިމެނެނީ ކަސްޓަމަރުންނަށް ފަސޭހަވާނެހެން ހަމައެކަނި އެންމެ ޕްލޭނެކެވެ. އަދި ކަސްޓަމަރުން ބޭނުންވާ ގޮތަކަށް ގިނަ ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އެޑްއޮންތައް ގަނެވޭނެ އެވެ.

ދިރާގު ޕްރީޕެއިޑްގައި ހިމެނޭ އާ ޑޭޓާ އޮޑްއޮންތައް ގަތުމަށް، ޑޭޓާ އެޑްއޮންގެ އެލަވަންސްގެ އިތުރުން ހިލޭ ފޭސްބުކް، ވަޓްސްއަޕް އަދި ވައިބާ ބޭނުން ކުރުމަށް ސޯޝަލް މީޑިޔާ ޑޭޓާ ވެސް ލިބޭނެ އެވެ. މިއިން ކޮންމެ ޑޭޓާ އެޑް އޮންއެއް ގަތުމަށް ވެސް މި ތިން ސޯޝަލް މީޑިއާ އެޕް ހިލޭ ބޭނުންކުރުމަށް ޑޭޓާ ލިބޭނެއެވެ. މިއީ ރާއްޖޭގައި އަލަށް ޕްރީޕެއިޑް ޕްލޭން އަކުން މިފަދަ ހިދުމަމަތެއް ލިބޭ ހަމައެކަނި ޕްލޭނެވެ.

މީގެއިތުރުން ދިރާގު އާ ޕްރީޕެއިޑްގައި އެސްއެމްއެސް އެޑްއޮންގެ އިތުރުން ގިނަ ޓޯކްޓައިމް ލިބޭ އެޑްއޮންތައް ވެސް ވަނީ ހިމަނާފައެވެ.

ދިރާގުން އަލަށް ތައާރަފްކުރި ޕްރީޕެއިޑަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ވަރަށް ބޮޑަށް ބަލައިގެން ކަސްޓަމަރުންނަށް ލުއި ފަސޭހަވާނެ ގޮތަށް ފަރުމާކޮށްފައިވާ ހިދުމަތެކެވެ. އެގޮތުން ޑޭޓާ ހުސްވާން ކައިރިވުމުން އެސްއެމްއެސްއަކުން އެކަން ކަސްޓަމަރުންނަށް އަންގައިދެވޭނެއެވެ. އަދި ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު އެޑް އޮންތައް ބައްލަވައިގަނެ، ރިލޯޑް ކޮށް، ބެލެންސް ޗެކްކޮށް އަދި ދިރާގު ޕްރީޕެއިޑް ހިދުމަތް މެނޭޖް ކުރެވޭނެ އެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ހިދުމަތް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމެވެ. މިގޮތުން އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް ދިރާގުން ދަނީ މަސައްކަތް ކުރަމުންނެވެ.