ވާހަކަ

ބުނެދޭށޭރުހެމޭ

(10 ޖުލައި 2018 އާ ގުޅޭ)

"ޑާލިންގް! އަރްސަލް އެބައުޅޭތަ؟" ނިމްރާ ކޯލަށް ޖަވާބުދިނުމާއެކު ވަގުތުން ރާދިން އަހާލިއެވެ.

"ނޫޅޭ!... ކިހިނެއްވީ؟ މިކޮޅުގައި އެބައުޅޭތަ" ނިމްރާއަށް ހީވީ އަރްސަލް ހޮޓެލަށް އައިސް އުޅޭތީ އޭނާގެ ގާތަށް އައީކަމުގައި ރާދިންއަށް ހީވީ ކަމަށެވެ.

"ކަމެއްނުވޭ... ޚަބަރެއްނުވީމަ ހިތަށް އެރީ މިހާރު ހުންނާނީ ނިމްއަށް އުނދަގޫކުރަން ގޮސް ތިކޮޅުގައޭ" ހަޤީޤަތް ސިއްރުކުރަމުން ރާދިން ސަމާސާ ގޮތަކަށް ބުނެލިއެވެ. ޢާއިލާގެ ސިއްރުތައް ނިމްރާއަށް އަރްސަލް ހާމަކޮށްފައި އޮތްކަމެއް ނޭނގޭތީ އެއްވެސް ވާހަކައެއް ބުނަން ރާދިންއަށް ނުކެރުނީއެވެ.

ނިމްރާގެ ކޯލު ނިންމާލައިފައި ރާދިން ދެން ގުޅީ އަރްސަލްގެ ފޯނަށެވެ. ދެތިން ފަހަރަށް އަރްސަލްއަށް ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދިނުމުން ބިލާލަށް އެކަން އަންގަން ރާދިން އަވަސްވެލިއެވެ.

"ބައްޕާ! އަރްސަލް ވީތަނެއް ނޭނގެ، އެކަމަކު ބައްޕަ ހާސްނުވޭ... ވެދާނެ އަރްސަލް އެކަނިވެލަން ބޭނުންވީކަމަށް، އޭނާ ހަމަޖެހުމުން އެނބުރި ގެއަށް އަންނާނެ" ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަން ހުރި ބިލާލުގެ ހިތްހަމަޖައްސައިދޭން ރާދިން ބުނެލިއެވެ.

"އަރްސަލް ކޮންތާކަށްބާ އެ ދިޔައީ؟... މިރޭ ގެއަށް ނިދަން ނައިސްފިއްޔާ ބައްޕައަށް ވަގުތުން ގުޅައްޗޭ، ދަރިފުޅުމެންގެ ތެރެއިން ކޮންމެ ކުއްޖަކަށް ކަމެއްވިޔަސް ބައްޕަ ހާސްނުވެ ކިހިނެއް ހުންނާނީ... އަރްސަލްގެ ޠަބީޢަތް ދަރިފުޅާއި ހަލަފްއާ މުޅިން ތަފާތު، އޭނާއާ މެދު ވަކިން ބޮޑަށް ކަންބޮޑުވަނީ އެހެންވެ" ބިލާލު ބުންޏެވެ.

"އަޅުގަނޑު އަދިވެސް އެބަ ބަލަން އަރްސަލްވެ ޚަބަރެއް އޮޅުންފިލާތޯ، ޚަބަރެއްވީހާ އަވަހަކަށް ބައްޕައަށް ގުޅާނަން" ރާދިން އަނެއްކާ ވެސް ޔަގީންކަން ދިނެވެ.

ބިލާލުއަށް ގުޅުމަށްފަހު ވެސް އަރްސަލްއަށް ގުޅޭތޯ ރާދިން ބެލިއެވެ. ކޮންމެ ފަހަރަކު ރިންގުވަމުން ގޮސް ފޯނު ކެނޑެނީއެވެ. އަރްސަލް ގަސްދުގައި ފޯނަށް ޖަވާބު ދޭން ބޭނުންނުވަނީކަން ރާދިންއަށް އެނގެއެވެ. އެހެންވިޔަސް އޭނާއަށް އަރްސަލްގެ ޚަބަރެއްވާނޭ އިރެއްގެ އިންތިޒާރުގައި ދެއަތްއުރާލައިގެން އިންނަން ބޭނުންނުވީއެވެ. އެހެންވެ ކޯލަކަށްފަހު ކޯލެއް އަރްސަލްގެ ފޯނަށް ކުރަމުންދިޔައެވެ. އޭނާއަށް ބިލާލުއާއި އަރްސަލްއާ ދެމެދު ދެކެވުނު ވާހަކައެއް ނޭނގުނަސް އަރްސަލްގެ މަންމަގެ މައުޟޫޢުއަކީ އާދައިގެ މައުޟޫޢުއެއްނޫންކަން އެނގެއެވެ. އަރްސަލްއާ މެދު ކަންބޮޑުވަނީ އެހެންވެއެވެ. ސޯފާގައި އިނދެއިނދެ ވަރުބަލިވެގެން ރާދިން ޓީވީ ހުޅުވާލިއެވެ. އަދި ސޯފާގައި އޮށޯވެ ހަށިގަނޑު ސޯފާގެ ދިގަށް ދަމާލިއެވެ.

* * * * *

ނިދޭތޯ އެނދުގައި އޮތް ނިމްރާ އެނދުން ފައިބައިގެން ގޮސް ފާޚާނާއަށް ވަނެވެ. ފަޅުވެފައި އޮތް ބޮޑު އެޕާޓްމެންޓުގެ ތެރޭގައި އޭނާ ނޫން މީހަކު ނޫޅޭކަން އެނގޭތީއާއި ވެރިވެފައި އޮތް ހިމޭންކަމުގެ ސަބަބުން ވެސް ނިމްރާއަށް ނިދޭގޮތް ނުވީއެވެ. ކުރީން ރެއެކޭ އެއްގޮތަށް ފާޚާނާއިން ނުކުތް ނިމްރާ ގަސްދުކުރީ ސިޓިންރޫމުގައި ހުރި ތަނުން ސޯފާއެއްގައި ޓީވީ ބަލަން އޮންނާށެވެ. އެހެންވެ އެނދުމަތީ އޮތް "ތްރޯ ބެލޭންކެޓް" ނަގައި ކުޑަކޮށް ގައިގާ އޮޅާލައިގެން ކޮޓަރިން ނިމްރާ ނުކުތެވެ. ސިޑިން ފައިބައިގެން އައިސް ސިޓިންރޫމަށް ވަދެވުނުތަނާ ބަދިގޭގައި ހުރި އައިސްއަލަމާރި ހުޅުވައިގެން މީހަކު ހުއްޓާ ފެނުމުން ނިމްރާ ދިޔައީ ސިއްސައިގެންނެވެ. ހަޅޭލަވައިގަނެވެން އުޅުނެއްކަމަކު އަމިއްލަ އަނގަމަތީ ދެއަތްއަޅައި ނިމްރާގެ އަމިއްލަ ނަފްސު ހުއްޓުވިއެވެ. އައިސްއަލަމާރީގެ އަލި ހުރީ އެ މީހެއްގެ މޫނަށް އެޅިފައިކަމުން ކައިރިއަށް ޖެހިލުމާއެކު އެއީ ކާކުކަން ނިމްރާއަށް އެނގިއްޖެއެވެ.

"އަރްސަލް!... މިގަޑީގައި..." ނިމްރާގެ ހިތުގައި ސުވާލު އުފެދުނެވެ.

"އޯ! ސްކާލެޓް!... ސޮރީ!... ޑިޑް އައި ވޭކް ޔޫ އަޕް" ބްރެކްފަސްޓް އައިލެންޑް ކައިރީ އައިސް މަޑުކޮށްލި ނިމްރާ ފެނުމާއެކު އަރްސަލްއަށް ވެސް ލިބުނީ ސިހުމެކެވެ. ނިމްރާ ދެފަރާތައް ބޯހޫރުވާލިއެވެ.

"ކީއްތިކުރަނީ؟" ނިމްރާ ސުވާލުކުރިއެވެ.

"ވަރަށް ބަނޑުހައިވެގެން" އަތުގައި އޮތް އާފަލު ނިމްރާއަށް ދައްކާލަމުން އަރްސަލް ބުނެލިއެވެ. އަދި އައިސްއަލަމާރިން ނެގި ފެންފުޅި ހިފައިގެން އައިސް ބްރެކްފަސްޓް އައިލެންޑް މަތީ ބެހެއްޓިއެވެ.

"ކާއެއްޗެއް ހަދައިދޭންތަ؟" ނިމްރާ އަހާލިއެވެ.

"އިޓްސް އޯކޭ... ޔޫ ގޯ ޓު ބެޑް" އަރްސަލް ބުނެލިއެވެ. އޭނާއަށް ކަމެއްވެފައި ހުރިހެން ނިމްރާއަށް ހީވީ ދެނެވެ. އެހެންޏާ ފެންނަ އަރްސަލްގެ ހުންނަ ލާނެތް ހިނިތުންވުމާއި ސަމާސާ ކުރުމާއި ހަރުކަށި ވާހަކަދެއްކުމެއް މިފަހަރު ނިމްރާއަކަށް ނުފެނުނެވެ.

"ގިނައިރެއްނުވާނެ... އެއްޗެއް އެބަ ތައްޔާރުކޮށްލަން، ބަނޑުހައިވެފައި ހުރެ ނިދާކަށްނުވާނެ، އެހެންނޫނަސް އަހަރެން ނިދާފައެއްނޫން އޮތީ، ނުނިދިގެން ތިރިއަށް ވެސް މި އައީ، ޔޫ ވެއިޓް އިނގޭ" ނިމްރާ ގައިގާ އޮޅާލައިގެން ހުރި ރަޖާ ސޯފާތައް ކައިރިއަށް އައިސް އެ ތަނުން ސޯފާއަކަށް އެއްލާފައި އަރްސަލްއަށް ދޭނޭ ކާއެއްޗެއް ހަދަން އަވަސްވެލިއެވެ. ފަނޑު އަލިކަމެއް ވެރިވެފައި އޮތް އެޕާޓްމެންޓަށް ދިރިއުން އައި ކަހަލައެވެ. ބޮކިތައް ދިއްލާލުމާއެކު ނިމްރާ ބަދިގެއަށް ވަދެއްޖެއެވެ. އަރްސަލް އައިސް ބްރެކްފަސްޓް އައިލެންޑްގައި އިށީނދެލައިގެން އަތުގައި އޮތް އާފަލު ކާލަކާލާ އިނެވެ. އޭނާގެ ނަޒަރު ހުރީ ނިމްރާގެ ހަރަކާތްތަކަށް ހުއްޓިފައިކަން ނިމްރާ ދެނަހުއްޓެވެ.

"ރާދު ގުޅި ހޯދަންވެގެން... ޑިޑް ސަމްތިންގް ހެޕެން" ކަޓިންބޯޑު ބޭނުންކުރަމުން ނިމްރާ އަހާލިއެވެ. އަރްސަލް ޖަވާބެއް ނުދިނުމުން ކުރަން ހުރި މަސައްކަތް މަޑުޖައްސާލައިފައި އިސްއުފުލައި އަރްސަލްއަށް ބަލާލިއެވެ. އެހިނދު ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވިއެވެ.

"އަރްސަލް" ޖަވާބެއް ބޭނުންވެފައި ހުރިކަން އަންގައިދިނުމުގެ ގޮތުން ނިމްރާ ގޮވާލިއެވެ.

"ރާދުއަށް ގުޅައިފިން" އަރްސަލް ބުނެލިއެވެ. އެ ދެ ލޮލުން ފާޅުވޭވޭ ހުރި އަސަރުތައް ދެނެގަތުން ނިމްރާއަށް ފަސޭހައެއްނުވިއެވެ. އެހެންވިޔަސް އަރްސަލްއަށް ކޮންމެވެސް ކަމެއްވެއްޖެކަން ނިމްރާއަށް ޔަގީންވިއެވެ. އެހެންނޫނީ ހަރަކާތެއްނެތި ބަސްމަދުވެފައި އޭނާގެ ގާތުގައި އަރްސަލް ނީންނާނެއެވެ.

"އަހަރެންގެ އަތުން ހަދާ ކާއެއްޗެހި ތިހާ ކަމުދާނޭ ކަމަކަށް ހިޔެއްނުކުރަން، ވައި ޑޯންޓް ޔޫ ހަޔާރ މީ... އަހަރެން ނުބުނަމެއްނު މައިޑަކަށް ނޫޅެވޭނެއެކޭ... މައިޑެއްގެ ގޮތުގައި ހަޔާރ ނުކުރަންޏާ ޗެފަކަށް ވެދާނަމޭ" މަސައްކަތަށް އެނބުރިލާފައި ސަމާސާކަން އެކުލެވޭ ފަދަ ގޮތަކަށް ނިމްރާ ބުނެލިއެވެ. އަދި ލޮލުގެ ހިމަކޮޅުން އަރްސަލްއަށް ބަލާލިއެވެ. ދެއަތުން ހިފަހައްޓާލައިގެން އިން އެއްފަޅި ކާލާފައި އޮތް އާފަލަށް ބަލަން އިނެއްކަމަކު އަރްސަލް ކުޑަކޮށް ހީނލިތަން ނިމްރާއަށް ފެނުނެވެ.

އެންމެ އަވަހަށް ތައްޔާރުކޮށްލެވޭ ކާއެއްޗަކަށް ނިމްރާގެ ޚިޔާލަށް އައީ ސޭންޑްވިޗްއެވެ. އެހެންނަމަވެސް އަރްސަލް ވަރަށް ބަނޑުހައިވެފައިކަން ހުރީ ހާމަކުރުމުން އޭނާގެ ޚިޔާލު ބަދަލުވީ ސްޕެގެޑީ ތައްޔާރުކުރުމަށެވެ. އަތްމަތި އަވަސްކޮށްލާފައި އޭނާ ސްޕެގެޓީ ތައްޔާރުކޮށްގެން ގެނެސް އަރްސަލްގެ ކުރިމަތީ ބެހެއްޓިއެވެ. އަދި އައިސްއަލަމާރީގައި ހުރި ޖޫސް ޕެކެޓުތަކުން ޕެކެޓެއް ނަގައި ބިއްލޫރި ތަށްޓަކަށް ޖޫސް އަޅައިގެން ގެނެސް ޖޫސް ޕެކެޓާއެކު އަރްސަލްގެ ކައިރީ ބެހެއްޓިއެވެ.

"އިޓްސް އޯލް ޑަން... ނައު އީޓް" އަޅައިގެން ހުރި އޭޕްރަންގައި ދެއަތް ފުހެމުން ނިމްރާ ބުނެލިއެވެ. އަދި އޭޕްރަން ނަގައި އެއްފަރާތުގައި ބާއްވާލިއެވެ. އަރްސަލް އިތުރު އެއްޗެއް ނުބުނެ ކާންފެށިއެވެ.

އަރްސަލް ކައި ނިމެންދެން ނިމްރާ އިނެވެ. އެ ދެމެދުގައި އޮތް ގާތްކަމަށް އިޝާރާތެއްކުރަން ބޭނުންވިޔަސް އެކަހަލަ ވާހަކައެއް ދައްކާކަށް ނިމްރާއަށް އިސްނަގާކަށް ނުކެރުނެވެ. ދެމެދަށް ހިމޭންކަން ވެރިވެފައި އޮތެއްކަމަކު އެ ހިމޭންކަން ވެސް ނިމްރާއަށް ކަމުދިޔައެވެ. ކައުންޓަރުމަތީ އުޅަންބޮށި ވިއްދާލައިގެން އެ އަތުގައި ކޯތާފަތް ޖައްސާލައިގެން އަރްސަލްއާ ދިމާއަށް މޫނު އަނބުރާލައިގެން ނިމްރާއިނެވެ. އަރްސަލް ލައިގެން ހުރި ނޫކުލައިގެ ޑެނިމް ގަމީސް ފެނުމުން ހަނދާންތަކެއް ނިމްރާއަށް އާވެގެންދިޔައެވެ. ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. ޚިޔާލުތަކުން ނިމްރާ ބޭރުކުރުވީ ހުސްކޮށްފައި ހުރި ތަށި އަރްސަލް ދުރަށް ޖައްސާލުމުންނެވެ.

"ކައި ނިންމާފައި ވެސް މީރޭ ނުބުނި" ނިމްރާ ސްޓޫލްއިން ފައިބާ ބަދިގެ ތެރެއަށް ވަނެވެ. އަދި އަރްސަލް ކައި ނިންމި ތަށިތައް ނަގައި ސިންކު ކައިރިއަށް ޖެހިލިއެވެ.

"ތެންކިއު" ތަށިދޮންނަން ހުރި ނިމްރާގެ ފުރަގަހުގައި އައިސް ހުއްޓިލި އަރްސަލްގެ ދެއަތުން ނިމްރާގެ އުނަގަނޑުގައި ހިފާ ގާތްކޮށްލާފައި ކަންފަތްދޮށުގައި މަޑުމަޑުން ބުނެލިއެވެ. އެފަދަ ހަރަކާތަކަށް ތައްޔާރުނުވެ ހުރި ނިމްރާގެ އަތުން ދޫވާން އުޅުނު ތަށީގައި އަރްސަލް ހިފީ ހުސިޔާރުކަމާއެކުއެވެ. ސިންކުގެ އެއްފަރާތުގައި ތަށިތަކުން ފެން ހިއްކަން ބަހައްޓާ ހަރުގައި އަރްސަލް ތަށި ބެހެއްޓިއެވެ. ސިންކު ކައިރީ ހުރި އަތްފުހޭ ތުވާލިކޮޅުން ނިމްރާ ދެއަތް ފުހެލިއެވެ. އަރްސަލް ހުރިލެއް ގާތްކަމުން ދުރަށް ޖެހިލަން ނިމްރާއަށް އުނދަގޫވިއެވެ. އެހެންވިޔަސް އެއްފަރާތަކަށް އޭނާ ޖެހިލަން ވާއިރަށް އަރްސަލް އޭނާ ހުއްޓުވިއެވެ. ނިމްރާގެ ދެއަތުގައި ހިފަހައްޓާލައިގެން ހުރެ ގެނެސް ބަނޑުގައި ދެއަތް ވަށާލާ އުސޫލުން އަރްސަލް ހިފަހައްޓާލައި ބައްދާލިއެވެ. މަޑުމަޑުން ނިމްރާގެ ކޯތާފަތުގައި އޭނާ ބޮސްދިނެވެ. އިރުކޮޅަކު އެގޮތުގައި ހުރުމަށްފަހު އަރްސަލް ދުރަށް ޖެހިލައި ނިމްރާގެ ވައަތު އަތްތިލައިގެ ތެރެއަށް އިނގިލިތައް މަހާލަމުން ނިމްރާ ގޮވައިގެން ސޯފާއާ ދިމާއާށް އައެވެ.

"ވަޓް އާ ޔޫ ޑުއިންގް" ނިމްރާ ގޮވައިގެން ސޯފާގައި އޯށޯންނަން އަރްސަލް އުޅުމުން ނިމްރާ ސުވާލުކޮށްލިއެވެ.

"ނަތިންގް... އައި ޖަސްޓް ވޯންޓް ޓު ހޯލްޑް ޔޫ" ނިމްރާގެ އަތަށް ދަމާލަމުން އަރްސަލް ބުނެލިއެވެ. އަރްސަލްގެ އަތުގައި ބޯއަޅާލައިގެން އޭނާއަށް ފުރަގަސްދީގެން ނިމްރާ އޮށޯވެލިއެވެ. އެއާއެކު ނިމްރާގެ އުނަގަނޑުގައި އަރްސަލްގެ މިނިވަންކޮށް އޮތް އަތް އަޅުވާލައި ގާތްކޮށްލިއެވެ. އަރްސަލް އިތުރު ހަރަކާތެއްކޮށްނުލާ ހިމޭނުން އޮތެވެ. އޭނާގެ ހިތުގައިވާ އެއްޗެއް އެނގެން ނިމްރާ ބޭނުންވިއެވެ. ދުވަހަކުވެސް އަރްސަލް ނޫޅޭ ގޮތަކަށް އުޅޭތީ ވީގޮތެއް އޮޅުން ފިލުވަން ނިމްރާ ބޭނުންވިއެވެ. އޭނާގެ ކަނދުރާއާ ދިމާއިން އަރްސަލްގެ ނޭވާގެ ހޫނުކަން އިޙްސާސްކުރެވެއެވެ. ދޭތެރެއަކުން ފުންނޭވާއެއް އޭނާ ދޫކޮށްލާކަން ނިމްރާއަށް އެނގެއެވެ. ނިމްރާ މަޑުމަޑުން އެނބުރިލައި އަރްސަލްއާ ކުރިމަތިލިއެވެ.

"އިޓްސް ވެރީ ގެޓިން ވެރީ ލޭޓް... އަރްސަލް!... ވައި އާ ޔޫ ހިއާ، ވަޓް ހެޕެން... ނުބުނަންޏާ އަހަންނަކަށް ކިހިނެއް އެނގޭނީ، ޔޫ އާ އެކްޓިން ވިއާޑް... ވީގޮތެއް ބުނެބަލަ" އަރްސަލްގެ މޫނަށް ބަލަން އޮވެ ނިމްރާ ވާހަކަދެއްކިއެވެ. ނިމްރާގެ ލޮލަށް އަރްސަލް ނަޒަރު ހުއްޓާލައިގެން އޮވެފައި ނިމްރާގެ ދަތްދޮޅީގައި ހިފައި އުފުލާލަމުން މޫނާ ގާތްވެލިއެވެ. އެހިނދު އަރްސަލްގެ އަނގަމަތީ ނިމްރާ އަތްއެޅިއެވެ.

"އައި ނޯ ވަޓް ޔޫ އާ ޑުއިންގް... ސްޓޮޕް އިގްނޯރިންގް، ޖަސްޓް ޓެލް މީ ވަޓް ހެޕެން... ނައު" ނިމްރާ ސީރިއަސްކަން މޫނުމައްޗަށް ވެރިކޮށްލިއެވެ.

"ބައްޕައާ މިރޭ ބައްދަލުކުރީ" އިރުކޮޅަކު އަނގައިން ނުބުނެ އޮވެފައި އަރްސަލް ބުނެލިއެވެ. އުއްޑުން ޖެހިލާ އޭނާގެ ކަނާއަތް ނިތްކުރީ މަތީ ބާއްވާލީ ލޯ ފޮރުވޭނޭހެންނެވެ.

"ސުވާލުތައްކުރިންތަ؟ ހުރިހާ ވާހަކައެއް ދެއްކިންތަ؟" ނިމްރާގެ އަޑަށް ވެސް ވަގުތުން ބަދަލުތަކެއް އައެވެ. އަރްސަލް ޖަވާބު ދިނީ ބޯޖަހާލުމަކުންނެވެ.

"ބައްޕަ ޖަވާބުދިންތަ؟" ނިމްރާ އަނެއްކާ ވެސް އަހާލިއެވެ. ދެން ވެސް އަރްސަލް ބޯޖަހާލީއެވެ. ހަމައެއާއެކު އޭނާ ދެތުންފަތް ޖައްސާ ބާރުކޮށްލިތަން ނިމްރާ ދުށްޓެވެ.

"އިޓްސް ގޮއިން ޓު ބީ އޯލްރައިޓް" އަރްސަލްގެ މޭގައި ފިރުމާލަމުން ނިމްރާ ބުނެލިއެވެ. އޭނާގެ ބޯދަށުގައި އޮތް އަރްސަލްގެ އަތުން ނިމްރާގެ ކޮނޑުގައި ހިފާ ގާތްކޮށްލައި ބާރަށް ހިފަހައްޓާލިއެވެ. އިތުރު ސުވާލެއް ނިމްރާ ނުކުރުމުން އަރްސަލް ހިތްހަމަޖެހުނެވެ. އޭނާއަށް އެނގުނު ހަޤީޤަތް އިތުރު މީހަކަށް އެނގޭކަށް އަރްސަލް ނޭދެއެވެ. އެކަމަކު ނިމްރާ އެދުނުނަމަ އޭނާއަށް ކިޔައިނުދީއެއް ވެސް އަރްސަލްއަށް ނުހުރެވުނީސްކަން އޭނާއަށް އެނގެއެވެ.

"ބައްޕަ ވަރަށް ކެތްތެރި، އަހަންނަށް... ސްކާލެޓް! އަހަންނަށް ހީކުރެވުނު ގޮތް ގޯސްކަން މިހާރު އެނގިއްޖެ، އަހަރެން ބައްޕައާ ދެކޮޅު ހަދަމުން އައީ އެއްވެސް މާނައެއްނެތް ގޮތެއްގައި... އެކަމަކު ބައްޕަ... ހީ އޯލްވޭޒް ވިޝްޑް މީ ވެލް، ދުވަހަކުވެސް ރުޅިއެއް ނާދޭ... އައި ޑޯންޓް ނޯ އެނީމޯ... އައި ޓޫ އެޝޭމްޑް ޓު ފޭސް ހިމް... އައި ޑޯންޓް ނޯ ހައު ޓު ޓޯކް ޓު ހިމް" އަރްސަލްގެ އަޑުން އެކަނި ވެސް ނިމްރާއަށް އޭނާގެ ހާލު ދެނެގަންނަން އެނގުނެވެ. ދެ ލޯ ފޮރުވާލިޔަސް އަރްސަލްގެ އަޑުގައިވި ރިހުން ފޮރުވައެއްނުލެވުނެވެ.

"ދަރީންދެކެ ރުޅި އައިސްފައި މައިންބަފައިންނަށް ތިބެވޭނެތަ؟ ގިނަފަހަރަށް އަހަރެމެންނަށް އެމީހުން އުފުލައި ބުރަ ނުވިސްނެނީ، އެމީހުން ސިއްރުކުރާ ސިއްރުކުރުންތަކަކީ އަހަރެމެންގެ މުސްތަޤުބަލަށް އެޅިދާނޭ އަނދިރިކަމެއްގެ ސަބަބުން އެކަމާ ކަންބޮޑުވެ ފޮރުވާ ފޮރުވުންތަކެއްކަން ދެނެގަންނަން އަހަރެމެންނަށް ނޭނގެނީ... ޤަބޫލުވެސް ނުކުރެވެނީ... މައިންބަފައިން ދަރީންނާ ދެކޮޅެއްނުވޭ... އަބަދުވެސް ދަރީން އެ މީހުންނާ ދެކޮޅު ހަދަނީ... އެ މީހުން ބުނާ ބުނުންތައް ޤަބޫލުނުކޮށް ދޮގުކުރަނީ... އަރްސަލް!... އެއީ އަރްސަލްގެ ބައްޕަ... އެ ބައްޕައާ ކުރިމަތިލާން ތައްޔާރީތަކެއް ވާކަށް ނުޖެހޭނެ... އަރްސަލްއަށް ހީކުރެވުނީ ގޯސްކޮށްކަން އެ ބައްޕައަށް އެނގޭތީ އެ ހުރިހާ ކަމެއް އޮޅުންފިލުވައިދޭނީ... އަރްސަލް އެ ފުރުޞަތު ބައްޕައަށް ދީފި، މިހާރު އެ ބައްޕަ ހުންނާނީ އަރްސަލްގެ ފައިސިލާއެއް އަޑުއަހަން ބޭނުންވެފައި، ބައްޕައާ ދެމެދު އޮތް ގުޅުން ރަނގަޅުވާނޭކަމުގައި ހީކޮށްގެން... ޢާއިލާގެ ގުޅުމެއްނެތި އުޅޭ ދިރިއުޅުމަކީ ހަޤީޤަތުގައި ވަރަށް އެކަނިވެރި ދިރިއުޅުމެއް، ލޯބިވާ ބައްޕައަކާއި މަންމައެއް ހުރުމަކީ ދުނިޔެ ކުރިމަތިކުރުވާ ބުރަކަން ލުއިވެގެންދާނޭކަމެއް، އެކަން ފުރިހަމަވުމީ ނަސީބުވެރިއަކަށް ތިމާ ވާކަމެއް، ތިމާ އަތުގައި ނުވާ އުފާވެރިކަމެއްގެ އިޙްސާސް ބުނަން އެނގޭނީ އެފަދަ މީހަކަށް... އެހެންވެ އަހަރެން އެދުނީ ވަގުތު ފާއިތުނުވަނީސް އަރްސަލްއަށް ހީވާ ހީވުންތައް ޔަގީންކޮށް ގުޅުންތައް ބަދަހިކުރަން، ހަޤީޤަތް އޮތީ ކޮންމެ ގޮތަކަށް ނަމަވެސް އެ ހަޤީޤަތް ހާމަކުރުމަށް ބައްޕަ ވެސް ވަރަށް ބޮޑު ހިތްވަރެއްލާނެ، އެ ހިތްވަރަކީ އެ ބައްޕަގެ ދަރިފުޅަށް ޓަކައި ނެރުނު ހިތްވަރެއް، އެ ދަރިފުޅުގެ މައްޗަށް އޮތް ލޯތްބެއްގެ ބޮޑުކަން ހާމަކުރުމަށް ލޯ ހިތްވަރެއް، ހަޤީޤަތް އެނގުނަސް ބަދަލުނުކުރެވޭނެކަންކަން ހުންނާނެ، އަހަރެމެންގެ އަތްމައްޗަކު ނުވޭ މާޒީވެ ގޮސްފައިވާ ކަންކަން ބަދަލުކުރުމުގެ ބާރެއް، ކުރިއަށްދާން ޖެހޭނީ އެ މާޒީއާއެކު، އަރްސަލް! ޖަސްޓް ބީ ހެޕީ... ހިތްހަމަޖައްސާލާ... ބައްޕައާ ގުޅުން ބަދަހިކުރަން މަސައްކަތްކުރޭ، ނޭނގި ހުއްޓާ ބައްޕަ ވަކިވެގެން ހިނގައިދާނެ، އޭގެ ކުރީން ހެދުނު ގޯސްތައް ރަނގަޅުކުރަން ވިސްނަންވީ، އަރްސަލް އިސްނަގައި ބައްޕައާ އެއްފަހަރު ވާހަކަދައްކާލިޔަސް އެ ބައްޕަ ފަހެއް ނުޖެހޭނެ އިތުރަށް އަރްސަލްއާ ވާހަކަދައްކާކަށް، ޔޫ ހޭވް ގުޑް އިންސައިޑް ޔޫ... ދިސް ޑެވިލް ހޭސް އަ ބިގް ހާޓް ދެން މޮސްޓް އޮފް ދި ހިއުމަން އައި ހޭވް ނޯން... އައި ހޭވް ސީން އިޓް" ނިމްރާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލަމުން އަރްސަލްގެ ކޯތާފަތުގައި ފިރުމާލިއެވެ.

"ލެޓް މި ސްޓޭ ޓުނައިޓް" އަރްސަލް އެދުނެވެ.

"ދެންމެ އަހަރެން ޑެވިލްއަށް ތައުރީފުކުރީ... ޔޫ ކެން ސްޓޭ ބަޓް ޑޯންޓް ޓްރައި އެނީތިންގް... އައި ވޯންޓް ޓޭކް ޔޫ ޓު މައި ބެޑް" އަރްސަލްގެ މޭގައި ކުޑަކޮށް ޖަހާލަމުން ނިމްރާ ބުނެލިއެވެ.

"އައި ނިއު ވެން އައި ކަމް ހިއާ، އައި ޑިޑް ދި ބެސްޓް ތިންގް... ތެންކިއު ސްކާލެޓް" ނިތްކުރިމަތީ ބާއްވާލެވިފައި އޮތް އަތްނަގައި ނިމްރާގެ ނިތްކުރީގައި އަރްސަލް ބޮސްދިނެވެ. އަދި ލުއި ހިނިތުންވުމަކާއެކު ނިމްރާއަށް ބަލަން އޮތެވެ. ފަނޑުވެފައިވި ވިދުން އަރްސަލްގެ ދެ ލޮލަށް އެނބުރި އަތުވެއްޖެކަން ނިމްރާއަށް އެނގުނެވެ.

"އައި ވޯންޓް ޓު ޑޫ ބޭޑް ތިންގްސް... ވިތް ޔޫ..." އެއްމިޔަކަނުން ހިނިތުންވެލަމުން ނިމްރާގެ މޫނާ މޫނު ގާތްކޮށްލާފައި އަރްސަލް ބުނެލީ ސިއްރުންނެވެ.

"ޑޭމް!... އެންޑް ދި ޑެވިލް އިޒް ބެކް ވިތް ދި ޕާވާޓް ފުރޭތަ މޯޑް" ނިމްރާ މިހެން ބުނެލުމާއެކު ސޯފާއިން ތެދުވަން އުޅުމުގެ ތެރޭ ވެއްޓުނީއެވެ. އަރްސަލް ނިކަން ބާރަށް ހީނގަތް އަޑުއިވުނެވެ. އެ ހުނުމުން ނިމްރާގެ ހިތް ފުރިގެންދިޔަ ކަހަލައެވެ. އަރްސަލްގެ މާޔޫސްކަން ފިލައިގެން ހިނގައްޖެކަން ނިމްރާއަށް ޔަގީން ކުރެވުނެވެ. އުޅަންބޮށި ކޮޅުގައި ފިރުމަމުން ނިމްރާ ތެދުވެ އަރްސަލްއާ ދުރަށް ޖެހުނެވެ.

"ތިތާ އޮވޭ... އަހަންނާ ގާތް ނުވާތި" އެއްފަރާތުގައި ދެން ހުރި ސޯފާގައި ނިމްރާ އައިސް އިށީނެވެ.

ޓީވީ އިން ދައްކަމުން ދިޔަ ފިލްމެއް ބަލަން ދެ ޒުވާނުން ދެ ސޯފާގައި ތިއްބެވެ. ކުރިން ނިދުނީ ކާކަށް ކަމެއް ނޭނގެއެވެ. ނިމްރާއަށް ހޭލެވުނުއިރު އޮވެވުނީ އަރްސަލްގެ ގާތުގައި އޭނާ އޮތް ސޯފާގައެވެ. ކުރިން އޭނާ ގެނައި ރަޖާ ދެ މީހުންގެ ގައިމަތީ އަޅާލައިފައި އޮތެވެ. އަރްސަލްގެ މޫނު ނުފެނުނެއްކަމަކު ނިމްރާ އަލުން ދެ ލޯ މަރާލީއެވެ. އަރްސަލްގެ ކަރުދޮށުގައި މޫނު ފޮރުވާލަމުން އޭނާ ވެސް އެ ފުރުސަތުގެ ބޭނުން ހިފީއެވެ. ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިގެން އޮތްއިރު އަރްސަލްގެ ފިރިހެންވަންތަ ވަސް ނިމްރާގެ ނޭފަތުގައި ހަރުލާފައި ހުއްޓެވެ. އޭނާގެ ކުޑަކުޑަ ހަރަކާތަކާއެކު ވެސް ނިދިފައި އޮތް އަރްސަލް ނިކަން އަވަހަށް ނިމްރާ ގާތްކޮށްލައިފިއެވެ.

"ވެން ޑިޑް އައި ފޯލް ފޯ ހިމް ދިސް މަޗް" ނިމްރާ އަމިއްލަ ޟަމީރާ ސުވާލުކުރިއެވެ.

* * * * *

ހެނދުނު އޮފީހަށް ދާން ނިމްރާ ތައްޔާރުވެގެން ކޮޓަރިން ނުކުތްއިރު ތިރީގައި ހުރި ގެސްޓް ރޫމުގެ ތެރޭ ދެ މީހަކު ވާހަކަދައްކާ އަޑު އިވެއެވެ. އަރްސަލް ހޭލުމުގެ ކުރީން ނިމްރާ ތެދުވެގެން އެނބުރި ކޮޓަރިއަށް ދިޔައީއެވެ. އަރްސަލްއަށް އުނދަގޫ ވެދާނޭތީ އޭނާ ހެނދުނު ކޮފީއެއް ވެސް ނުހަދައެވެ. އޭގެ ބަދަލުގައި ޖޫހާއި ސީރިއަލްއާ ސައިބޮއެގެން ކޮޓަރިއަށް ދިޔައީއެވެ.
"އޯ... އައި އޭމް ސޮރީ" ގެސްޓް ރޫމުގެ ދޮރު ކުޑަކޮށް ހުޅުވިފައި ހުރުމުން އެތެރެއަށް ނިމްރާ ވަން ވަގުތު ފެނުނު މަންޒަރު އަވަހަށް ނުކުތެވެ.

އޮފީސް ފަޓުލޫނުގެ ގޮށް ނައްޓާލައިގެން ހަށިގަނޑުގެ މަތީކޮޅު ހާމަކޮށްލައިގެން އަރްސަލް ހުއްޓެވެ. އެ ކޮޓަރީގައި ހުރި ގޮނޑިއެއްގައި ރާދިން އިށީނދެގެން އިނެވެ. އެ ދެ ޒުވާނުންނަން އެއީ އާންމުކަމަކަށް ވިޔަސް ނިމްރާއަށް އެ މަންޒަރުވީ ހިތުގެ ހިނގުން އަވަސްކުރުވި ހިތްގައިމު މަންޒަރަކަށެވެ. ރާދިން ހެމުންހެމުން ކޮޓަރިން ނުކުތެވެ. އޭރު ނިމްރާ ސޯފާގައި އިންތަން ފެނުނެވެ.

"ސޯ ޑާލިންގް!... ރޭގައި ވަރަށް ކަންތައްތައް ހިނގިކަން އެނގިފަ އޮތީ" ރާދިން ދިމާކޮށްލިއެވެ. އޭނާއަށް ހީނގަނެވުނީ ނިމްރާއަށް ވީގޮތް ފެނިފައެވެ.

"ނަތިންގް ހެޕެން ހިއާ... ކާކު ދެއްކި ވާހަކައެއް" ނިމްރާ ވަގުތުން ބުނެލިއެވެ.

"ފައިން! އިފް ޔޫ ސޭ ސޯ" ހިނިއައިސްފައި ހުރެ ރާދިން ބުންޏެވެ.

"ސީރިއަސްކޮށޭ... އެ އުޅޭ ޑެވިލް ދޯ އެއްޗެކޭ ކިޔައިގެން ތިއުޅެނީ" ނިމްރާގެ ދެބުމަ ކައިރިވެލީ އަރްސަލް އެއްޗެކޭ ކީ ކަމަށް ހީކޮށެވެ.

"ހެ ހެ ހެ... ކާމް ޑައުން ޑާލިންގް. ޔޫގެ ޑެވިލް ބުނީ ހޮޓެލްގައި އިނދެފައި ޕެންޓްހައުސްއަށް އައީ ބަނޑުހައިވެގެންކަމަށް، އައިތަނާ ނިމް މާ މީރުކޮށް ކާންދީގެން ސޯފާގައި ޖައްސާލިތަނާ ނިދުނީއޯ... ދެޓްސް އިޓް... ބަޓް އައި ޑޯންޓް ޓްރަސްޓް ހިމް ވެން ހީ އިޒް ވިތް ޔޫ" ރާދިން މަޑުމަޑުން ބޯޖަހާލާފައި އޭނާގެ ތުނިތުނިކޮށް ހުރި ތުނބުޅީގައި އަތްހާކާލިއެވެ. ނިމްރާ ދެ ފަރާތަށް ބޯހޫރުވާލިއެވެ.

ރާދިން ގެނެސްދިން އޮފީސް ހެދުމުގައި އަރްސަލް ގެސްޓް ރޫމު ތެރެއިން ނުކުތެވެ. ނިމްރާ ތައްޔާރުވެގެން ހުރުމުން ސައިބޯ ޚިޔާލެއް އަރްސަލް ނުކުރިއެވެ. ތިން މީހުން އެކުގައި އެޕާޓްމެންޓުން ނުކުތީއެވެ.

"އީވާ ކިހިނެއް؟" ރާދިން އަހާލިއެވެ.

"ވަރަށް ބެސްޓް ގާލްއެއް، ވަރަށް އަވަހަށް ކަންކަން ނަގައިގަނޭ، އެކުގައި މަސައްކަތްކުރަން ވަރަށް ފަސޭހަ" ނިމްރާ ބުނެލިއެވެ.

"ލަންޗަށް ދާން ގުޅާނަން އިނގޭ" ނިމްރާގެ ކެބިން ހުންނަ ދިމާއަށް ދާން އޭނާ އެނބުރިލަން އުޅުމުން އަރްސަލް ބުނެލިއެވެ. ނިމްރާ ބޯ ޖަހާލާފައި އޭނާގެ ކެބިންއާ ދިމާއަށް އައެވެ.

"ގުޑް މޯނިން" ކެބިންއަށް ނިމްރާއަށް ވަދެވުނު ވަގުތު އެތެރޭގައި މޭޒު ދޮށުގައި އިން އީވާ ބުނެލިއެވެ. ނިމްރާއަށް އޭނާއަށް ހެނދުނުގެ ސަލާމް ރައްދުކުރިއެވެ. އަދި އޭނާއަށް ޚާއްޞަކުރެވިފައި ހުރި މޭޒު ދޮށުގައި އިށީނދެ މަސައްކަތް ފެށިއެވެ.
މެންދުރު ފަސްވި ފަހުން ފޯނަށް ޖަވާބުދިން އީވާ ދައްކަމުންދިޔަ ވާހަކަތައް ނިމްރާގެ ސަމާލުކަން ހޯދިއެވެ. އޭނާ އީވާގެ ކޯލު ނިމެންދެން މަޑުކޮށްލައިގެން އިނދެފައި އީވާ ފޯނުގެ އަތްގަނޑު ބޭއްވުމާއެކު ސުވާލުކުރިއެވެ.

"އެއްކަލަ މީހާ އައީ... މާނުއޭ ކިޔާ، ނިމް ބުނީމެންނު އޭނާއަށް އެޕޮއިންމެންޓެއް ވެސް ނުދޭން، އެހެންވެ ބިޒީއޭ މި ބުނީ، އޭނާ އެހީ ކޮންއިރަކުން ހޯ ބައްދަލުވެވޭ ގޮތް ވާނީ... އަވަހަކާ ވަގުތެއް ނުވާނޭ ބުނީ އެހެންވެ" އީވާ ބުނެލިއެވެ.

"އޯކޭ... ތެންކިއު" ނިމްރާ މަޑުމަޑުން ބުނެލިއެވެ. އަދި ވިސްނުމަކަށް އޭނާ ގެއްލިފައި އިނެވެ.

"ނިމް!... އެއީ ސްޓޯކާއެއްތަ؟ އަރްސަލްނޫނީ ރާދު ސާރ ގާތު ބުނަންވީނު" ނިމްރާގެ މޫނުމަތިން ފެންނަ ކަންބޮޑުވުމާއެކު އީވާ ޚިޔާލެއް ފާޅުކުރިއެވެ.

"ހޫމް! އައި ވިލް... މި ވާހަކަ އީވާ ނުދައްކައްޗޭ އެކަކު ގާތުގައި ވެސް، ކެން އައި ޓްރަސްޓް ޔޫ" ނިމްރާ އަހާލިއެވެ.

"ޝުއަރ... ޓޫހަންޑްރެޑް ޕަސަންޓް، ޔޫ ކޭން ޓްރަސްޓް މީ" އީވާ ޔަގީންކަމާއެކު ބުނެލިއެވެ. ނިމްރާ ހިނިތުންވުމެއް ބަދަލުކޮށްލާފައި ބޯޖަހާލިއެވެ.

ލެޕްޓޮޕްގެ އިސްކުރީނަށް ނަޒަރު ނަޒަރު ހުއްޓާލި ނަމަވެސް ނިމްރާއަށް މަސައްކަތައް ސަމާލުކަމެއް ނުދެވުނެވެ. މިޢުވާނު މިހާރު އޭނާ ހޯދަން އަންނަންޖެހޭވަރު ކަމެއް ނޯންނާނޭކަން ނިމްރާއަށް އެނގެއެވެ. އެގޮތަށް އޭނާ ހޯދަން ހޮޓެލަށް އައުމުގެ ބޭނުމަކީ ކޮބައިކަމެއް އެއްގޮތަކަށް ވެސް ނިމްރާއަށް ވިސްނައިގަންނާކަށް ނޭނގުނެވެ.

"އަރްސަލް ގާތު ބުނެފިއްޔާ ސުވާލުކުރާނެ، އޯލްރެޑީ ހިސް ޕްލޭޓް އިޒް ފުލް، އޭނާގެ ފެމެލީކަންކަން ހޭންޑްލް ކުރަމުންދާ އިރު އަހަރެންގެ ހެޑޭކެއް އޭނާގެ ބޮލުގައި އެޅޭކަށް ފުރުޞަތު ދޭނީ ކިހިނެއް، މިޢުވާނުގެ މަތިން ހަނދާންނައްތާލލަން ބޭނުންވާއިރު އޭނާ އެ މަސައްކަތްކުރަނީ އެކަން އެހެންވިޔަ ނުދޭންތަ؟ އަހަންނަށް ހަމަޖެހުމެއް ލިބުނަ ނުދޭންތަ؟ ސްޓިލް އެހެންވިޔަސް އަރްސަލް ގާތު އޭނާގެ ވާހަކަ ދެއްކުން ރަނގަޅެއްނުވާނެ، އަހަރެންގެ ލައިފްގެ އެ ދުވަސްތައް އަރްސަލްއަށް އެނގޭކަށް ބޭނުމެއްނޫން" ލެޕްޓޮޕްގެ އިސްކުރީނަށް ބަލަހައްޓައިގެން އިން ނިމްރާގެ ސިކުނޑީގައި ދައުރުވަމުންދިޔައެވެ. ނިމްރާ ނިންމައިގެން ހުރީ މިޢުވާނާ އެއްގޮތަކަށް ވެސް ބައްދަލުނުކޮށް ވާން އޮތް ގޮތެއް އޮތިއްޔާ އެގޮތެއް ޚިޔާރުކކުރާށެވެ. ހޮޓެލްގެ ރިސެޕްޝަނާ ހަމައަށް އޭނާއަށް އާދެވުނަސް އެއަށްވުރެ އެތެރެއަކަށް އޭނާއަށް ނުވަދެވޭނޭކަމުގެ ޔަގީންކަން ނިމްރާއަށް އޮތެވެ. މިވަގުތައް ހިތްހަމަޖައްސާލަން ބޭނުންވީ އެ ހަޤީޤަތް ޤަބޫލުކޮށްލައިގެންނެވެ. (ނުނިމޭ)