ހަބަރު

އިހަވަންދޫ ނަރުދަމާ ނިޒާމްގެ މަސައްކަތް ނިމުން ފާހަގަކޮށްފި

Jul 17, 2018

ހއ. އިހަވަންދޫ ނަރުދަމާ ނިޒާމް ގާއިމް ކުރުން އިފްތިތާހުކޮށް އެ މަޝްރޫއު ނިމުން ފާހަގޮށްފި އެވެ. އިހަވަންދޫ ނަރުދަމާ ނިޒާމް އިފްތިތާހުކޮށްދީފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔުމް އެވެ.

ހަވަންދޫގައި ނަރުދަމާ ނިޒާމު ގާއިމުކުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)އާ 62.8 މިލިއަން ރުފިޔާ އަށެވެ. ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް2016 ވަނަ އަހަރުގެ މެއި މަހު 17 ގައި ފަށާފައިވާ އިރު މިދިޔަ އަހަރު އޭޕްރިލް 28 ގައި އެ މަޝްރޫއުގެ މަސައްކަތް މަސައްކަތް ވަނީ ނިމިފަ އެވެ.

އެ މަޝްރޫއު އެމްޑަބްލިއުއެސްސީއާ ހަވާލުކުރުމާއި އެކު އެ ރަށުގައި ޕަމްޕް ސްޓޭޝަން ބަހައްޓާނެ ބިން ފާހަގަކުރުމާއި، އޭގެ މައްޗަށް ބިނާކޮށް ޑިޒައިން ކުރުމާއި އީއައިއޭ މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ރަށުގައި ފަސް ޕަމްޕް ސްޓޭޝަން ބަހައްޓައި 13.58 ކިލޯމީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ގާއިމްކޮށްފައިވާ އިރު ރަށުގެ 482 ގެއަށް ވަނީ މި ހިދުމަތް ދީފަ އެވެ. އަދި ރަށުން އުފެދޭ ނަޖިސް ބޭރުކުރުމަށް 100 މީޓަރުގެ އައުޓް ފޯލް ހޮޅި ވަނީ އަޅާފައިވާ އިރު އެ ނިޒާމު ހިންގާ ބެލެހެއްޓުން ޙަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާ އެވެ.