ހަބަރު

ވިލާ ކޮލެޖްގެ ކެމްޕަސް މެނޭޖަރުންގެ ފޯރަމެއް ބާއްވައިފި

Jul 18, 2018

ވިލާކޮލެޖުގެ ކެމްޕަސްތަކާއި، ލާނިން ސެންޓަރުތަކުގެ މެނޭޖަރުންނާއި ކޯޑިނޭޓަރުންނަށް "ކެމްޕަސް މެނޭޖާސް ފޯރަމް 2018" ގެ ނަމުގައި ބައްދަލުވުމެއް ފަށައިފި އެވެ.

ކެމްޕަސްތަކުގެ މެނޭޖަރުންނާއި ކޮލެޖްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ބާއްވާ ފުރަތަމަ މެނޭޖާސް ފޯރަމަކީ ވިލާކޮލެޖުގެ އަތޮޅުތަކުގައި ހިންގަމުން ގެންދާ ކެމްޕަސްތަކާއި ލާނިން ސެންޓަރުތަކުގައި ދޭ ތައުލީމާއި ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ހުރި ގޮންޖެހުން ދެނެގަނެ ހިދުމަތް ރަނގަޅުކުރަން ކުރެވޭނެ އިތުރު ކަންކަން ކަނޑައެޅުމެވެ.

ވިލާ ކޮލެޖުން ބުނީ، ދެ ދުވަހަށް ކުރިއަށްގެންދާ މި ބައްދަލުވުން ނިމުމުން، މަޝްވަރާކުރާ ކަންކަން އެކްޝަންޕްލޭނެއްގެ ގޮތުގައި އާންމުކުރާނެ ކަމަށެވެ.

ވިލާ ކޮލެޖްގެ ހިދުމަތާއި ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމަށް އެކޮލެޖްގެ މެނޭޖަރުންގެ ބޮޑު ބައްދަލުވުމެއް ފަށާފައިވާއިރު މިހާރުވެސް 6 ކެމްޕަހާއި 15 ލާނިންގް ސެންޓަރުގައި ވިލާ ކޮލެޖްގެ ކޯސްތައް ހިންގަ އެވެ.