ވިލާ ކޮލެޖް

ލޭ ހަދިޔާކުރުމުގެ ޕްރޮގުރާމެއް ވިލާ ކޮލެޖުން ކުރިއަށް ގެންގޮސްފި

ވިލާކޮލެޖާއި މޯލްޑިވިސް ބްލަޑް ޑޯނާސްއާ ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފި އެވެ.

ވިލާކޮލެޖުގެ 16 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ތެލެސީމިއާ ސެންޓަރުގައި ކުރިއަށް ދިޔަ ހަރަކާތުގައި އެކޮލެޖުގެ މުވައްޒަފުންނާ ދަރިވަރުން ވަނީ ލޭ ހަދިޔާ ކޮށްފަ އެވެ.

ލޭ ހަދިޔާކުރުމުގެ ޕްރޮގުރާމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ކޮލެޖުގެ މުވައްޒަފުންނާއި ދަރިވަރުންގެ ޖަމްއިއްޔާ ތަކުންނެވެ.

އެގޮތުން ވިލާކޮލެޖުގެ ބިޒިނަސް ސޮސައިޓީ ސްޓޫޑެންޓް، އެސޯސިއޭޝަންސައިކޮލޮޖީ، އެސޯސިއޭޝަން އޮފް ވިލާ ކޮލެޖް އަދި ލޯ ސޮސައިޓީ އޮފް ވިލާ ކޮލެޖުންވެސް ވަނީ މި ހަރަކާތް ހިންގުމުގައި އިސް ދައުރެއް އަދާކޮށްފަ އެވެ.

ވިލާ ކޮލެޖުން ބުނީ މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ދަރިވަރުންގެ ތެރޭގައި އޯގާތެރިކަން އުފެދުމުގެ ސަގާފަތެއް އާލާކުރުން ކަމަށެވެ.