ތެލަސީމިއާ ބަލި

ތެލެސީމިއާ ކުދިންގެ ދަފްތަރުގައި މިއަހަރު 13 ކުއްޖަކު ހިމަނައިފި

ތެލެސީމިއާ ކުދިންގެ ދަފްތަރުގައި މިއަހަރުގެ މިހާތަނަށް 13 ކުއްޖަކު އިތުރަށް ހިމަނައިފި އެވެ.

މޯލްޑިވިއަން ބްލަޑް ސާވިސަސްެ އޮފިޝަލަކު ވިދާޅުވީ ތެލެސީމިއާ ކުދިންގެ ދަފްތަރުގައި މިއަހަރުގެ މިހާތަނަށް ހިމަނާފައިވާ ކުދިންގެ އަދަދު އިތުރު ކަމަށެވެ.

މިދިޔަ އަހަރު މި ލިސްޓުގައި އަލަށް ހިމަނާފައިވަނީ 10 ކުދިންނެވެ. އެކަމަކު 2022 ވަނަ އަހަރު ދަފްތަރުގައި 16 ކުދިން ހިމަނާފައިވެ އެވެ.

ތެލަސީމިއާ ކުދިންގެ ދަފްތަރުގައި މިހާތަނަށް 944 ކުދިން ހިމަނާފައިވީ ނަމަވެސް މިހާރު ދުނިޔޭގައި ތިބީ 659 ކުދިންނެވެ.

ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައިވެސް އާބާދީގެ ނިސްބަތުން ތެލެސީމިއާ ކުދިން ގިނަ ގައުމެކެވެ.

ތެލެސީމިއާ ކުދިންނަށް ހާއްސަކޮށް ހޮސްޕިޓަލެއް ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.