ސްޓެލްކޯ އިން އިސްނަގައިގެން މޯލްޑިވިއަން ބްލަޑް ސާވިސަސްއާ ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.
މިއީ ލޭ ބޭނުންވާ މީހުންނަށް ފަސޭހައިން ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ހިންގި ޕްރޮގްރާމެކެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި މިފަދަ ދާއިރާތަކުން މުޖުތަމައުއަށް ހިދުމަތް ކުރުމުގައި އިސްނެގުމަކީ ކުންފުނީގެ މެނޭޖްމަންޓުން ވަރަށް އިސްކަންދޭ ކަމެކެވެ.
މި ޕްރޮގްރާމަށް މުވައްޒަފުންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައިވާކަން ފާހަގަކޮށް ސްޓެލްކޯ އިން ބުނި ގޮތުގައި މި ޕްރޮގްރާމްގައި ލޭ ހަދިޔާ ކުރުމަށް 100 އާ ގާތްކުރާ އަދަދަކަށް މުވައްޒަފުން ވަނީ ވޮލަންޓިއާކޮށްފަ އެވެ.
ލޭ ހަދިޔާ ކުރުމުގެ މި ޕްރޮގްރާމް ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މިފަދަ ކަންކަމުގައި ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.