ވިޔަފާރި

އީވޯ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިިފި

Jul 18, 2018

އީވޯއިން ރޯދަ މަހަށް ހާއްސަކޮށް އަގު ހުރި އިނާމާއި ބޮޑެތި ޑިސްކައުންޓްތަކާއެކު ކުރިއަށް ގެންދިޔަ، "ރޯދަ ޕްރޮމޯޝަން" ގެ ނަސީބުވެރިޔާ ހޮވައިފި އެވެ.

އީވޯގެ ފިހާރަތަކުގައި ކުރި އަށް ގެންދާ މި ޕްރޮމޯޝަންގައ އެންމެ ބޮޑު އިނާމަކަށް ހުށަހަޅާފައިވަނީ 300،000 ރުފިޔާގެ އަގުހުރި ބަދިގެ ސެޓެކެވެ. މި ޕްރޮމޯޝަން "އީވޯ ހޯމް" އާއި "އީވޯ ފްލޯރިން" އަދި "އީވޯ ސޮލިއުޝަން" ގައި ކުރިއަށް ގެންދިޔަ އެވެ. މި ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހޮވުނީ ހައިތަމް އެވެ.

މި ޕްރޮމޯޝަންގައި އެކި ފިހާރަތަކުން ބޮޑެތި ޑިސްކައުންޓްތަކެއް ދީފައިވެ އެވެ.

އީވޯ އިން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންތަކުގެ އަގު ބައި މިލިއަން ރުފިޔާއަށް އަރަ އެވެ. މި ޕްރޮމޯޝަންގައި
އީވޯ ހޯމް އިން ކުރާ ވިޔާފަރިތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. އަދި ކުރާ ކޮންމެ 1،000 ރުފިޔާގެ ވިޔަފާރި އަކަށް ކޫޕަނެއް ލިބޭނެ އެވެ. މީގެ އިތުރުން 5،000 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ވަގުތުން ދޭ އިނާމް ވެސް ކަނޑައެޅިފައި ވެ އެވެ. އަދި އީވޯ ފްލޯރިން އިން ކުރާ ވިޔަފާރިތަކުން ވެސް 50 ޕަސެންޓާ އާ ހަމައަށް ޑިސްކައުންޓް ލިބޭއިރު އަންޑަ ލޭ އަދި އިންސްޓަލޭޝަން ހިދުމަތް ހިލޭ ލިބޭނެ އެވެ. މީގެ އިތުރުން ކުރާ ކޮންމެ 1،000 ރުފިޔާގެ ވިޔަފާރި އަކަށް ކޫޕަނެއް ލިބޭނެ އެވެ. އަދި 5،000 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ވަގުތުން ދޭ އިނާމް ވެސް ކަނޑައެޅިފައި ވެ އެވެ.

އީވޯ ސޮލިއުޝަން 70 ޕަސެންޓް އާ ހަމައަށް ޑިސްކައުންޓް ލިބޭއިރު، ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. މީގެ އިތުރުން 1،000 ރުފިޔާ އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ވަގުތުން ދޭ އިނާމް ވެސް ކަނޑައެޅިފައި ވެ އެވެ. މި ޕްރޮމޯޝަންގައި ކޮންމެ ހަފްތާއަކު އިވޯގެ ހުރިހާ ފިހާރަ އަކުން ހޮވާ ނަސީބުވެރި އެއް މީހަކަށް 10،000 ރުފިޔާގެ ވިޔަފާރިކުރަން ވައުޗަރެއް ލިބޭނެ އެވެ.