ވިޔަފާރި

އީވޯ ނިއު އިޔާ އޮފާ: ބޮޑު އިނާމަކާއެކު އަގު ހެޔޮ ސޭލެއް!

ޕްރޮމޯޝަނަކުން އެއްޗެއް ގަންނަ އެއް ސަބަބަކީ އަގު ހެޔޮވުމެވެ. އަނެއް ސަބަބަކީ ލިބޭ އިނާމެވެ. ނުވަތަ އިނާމު ބޮޑުވުމެވެ. މި ދެ ގޮތުން ބަލާނަމަ ވެސް "އީވޯ ނިއު އިޔާ އޮފާ" ތަފާތެވެ. މި ސޭލްގައި ބޮޑު ޑިސްކައުންޓެއް ލިބޭއިރު އަގު ބޮޑު އިނާމުތަކެއްވެސް ލިބެ އެވެ.

ޔޫރަޕުގެ މޮޅެތި ގިނަ ބާވަތްތަކެއް ވިއްކާ އިވޯ ހޯމް އިން ފަށާފައިވާ މި ޕްރޮމޯޝަނުން ވިޔަފާރި ކުރުމުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ.

މީގެ އިތުރުން އީވޯގެ މި ޕްރޮމޯޝަންގައި ގްރޭންޑު ޕްރައިޒްގެ ގޮތުގައި ބޮޑު އިނާމެއް ލިބެ އެވެ. ގްރޭންޑް ޕްރައިޒްގެ ގޮތުގައި ދެ މީހަކަށް ބެންކޮކް ދެ ކޮޅު ޓިކެޓު ލިބެ އެވެ.

މި ޕްރޮމޯޝަން ޖެނުއަރީ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާއިރު، ކޮންމެ ހަފުތާއަކު "ވީކްލީ އިނާމު" ގެ ގޮތުގައި ވެސް ނަސީބުވެރިއެއް ހޮވައި އިނާމެއް ދޭނެ އެވެ. ވި ވެސް ތަފާތެކެވެ. ވީކްލީ އިނާމުގެ ގޮތުގައި ވިޔަފާރިކޮށްލަން 5،000ރ. ގެ ޝޮޕިން ވައުޗެއް ލިބޭނެ އެވެ. ހަމަގައިމު ވެސް މި ވައުޗަރުން ވެސް ލައްކަ އެއްޗިހި އީވޯއިން ގެނެވޭނެ އެވެ.

އީވޯގެ ފިހާރަތަކުން ބަދެ ސާމާނާއި ތެލި ތަށި ދޮން ނަމެޝިން އަދި އައިސް އަލަމާރީގެ އިތުރުން ބެޑްރޫމް ސެޓް ވެސް ވިއްކަ އެވެ. އެހެންވެ މި ވައުޗަރުން މި ބާވަތްތައް ހޯދުމުގެ މަގު ފަހިވާނެ އެވެ.

މިހުރިހާ ކަމަކާއެކު، މި ޕްރޮމޯޝަން ވެފައިވަނީ ވިޔަފާރިކޮށްލަން އެންމެ ހެޔޮވަރު އެއް ސޭލް އަށެވެ. ޔޫރަޕުގެ ފެންވަރު ރަނގަޅު މުދާ އަގު ހެޔޮކޮށް މި ޕްރޮމޯޝަނުން ލިބެ އެވެ. މީގެ އިތުރު ލިބޭ އިނާމުވެސް އެހާ ބޮޑެވެ.