ވިޔަފާރި

އީވޯގެ ރޯދަ ޕްރޮމޯޝަން އުމްރާ ދަތުރަކާއެކު

Apr 1, 2019

އުމްރާ ދަތުރުތަކާއެކު ގިނަ އިނާމު ތަކެއް ހިމެނޭ ގޮތަށް، އީވޯ ހޯމްއިން ރޯދަ މަހަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައި އެވެ.

"އީވޯ ރޯމް ޕްރޮމޯޝަން" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި ބޮޑު އިނާމުގެ ގޮތުގައި ދެ މީހަކަށް އުމްރާ ދަތުރެއްގެ އިތުރުން ހަފުތާގެ އިނާމުގެ ގޮތުގައި ބޯޝް ދޮންނަ މެޝިނެއް ލިބޭނެ އެވެ.

ޔޫރަޕުގެ އުފެއްދުންތައް ވިއްކާ އީވޯ އިން ބުނި ގޮތުގައި އެ ކުންފުނިން ވިއްކާ އުފެއްދުން ތަކުން 50 ޕަސެންޓާ ހަމައަށް މި ޕްރޮމޯޝަންގައި ޑިސްކައުންޓް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގައި ލިބެން ހުންނަ ބައެއް މުދަލުގެ ތެރޭގައި ވޯޑްރޮބް އާއި ބެޑްރޫމް ސެޓާއި ލިވިން ރޫމާއި ފަރުނީޗަރު އަދި ބަދިގެ ސެޓުތަކާއި ފްލޯރިން ހިމެނެ އެވެ.

އީވޯ އިން ޔޫރަޕުގެ މަގުބޫލު ގިނަ ބްރޭންޑްތަކެއް މުދާ ވިއްކަ އެވެ. އީވޯގެ ފިހާރަ ތަކުން މުދާ ވިއްކާ ބްރޭންޑްތަކުގެ ތެރޭގައި ނޮލްޓޭ އާއި މޯބެލް އަދި ޕެރޭޑޯ އާއި ސައިލްސް ސްޓޯންގެ އިތުރުން ޓެކްޓޯން ހިމެނެ އެވެ.