ހުޅުމާލޭގައި ގާއިމުކޮށްފައިވާ ޓާޝަރީ ހޮސްޕިޓަލް ކަމަށްވާ ޓްރީޓޮޕް ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ކުއްޖަކު ވިއްސައިފި އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި އެ ހޮސްޕިޓަލްގައި ފުރަތަމަ ފަހަރަށް ކުއްޖަކު ވިއްސާފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެ ކުއްޖާ އަދި މަންމަގެ ހާލު ވެސް ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ކުއްޖާ ވިއްސާފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލްގެ ހެޑް މިޑްވައިފް އައިޝަތު ޝަފީއު އެވެ.
ޓްރީޓޮޮޕް ކުރުކޮށް
- މަސައްކަތް ފެށީ 2015 ވަނަ އަހަރު
- ޖުމްލަ އިންވެސްޓްމަންޓް 110 މިލިއަން ޑޮލަރު
- ހޮސްޕިޓަލްގައި 210 އެނދު
- 35 ގައުމުގެ ޑޮކްޓަރުން މަސައްކަތް ކުރޭ
- މެނޭޖު ކުރަނީ މެލޭޝިއާގެ ރަމްސޭ އެމް ޑާބީ ކުންފުނިން
- މާލޭގައި ކްލިނިކެއް، ސްޕެޝަލިސްޓަކާއެކު ހިންގާނެ
- ޓްރީޓޮޕުން ބަލި މީހުން އުފުލަން އެއާކޯން ފެރީއެއް ހުންނާނެ
ޓްރީޓޮޕް ހޮސްޕިޓަލަކީ މިހާރު ދިވެހިން ވެސް ގިނައިން ހިދުމަތް ލިބިގަންނަ ހޮސްޕިޓަލެކެވެ. ގާތްގަނޑަކަށް 90 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއްގެ ގޮތުގައި ހުޅުމާލޭގައި ތަރައްގީ ކުރި މަލްޓި ސުޕެޝަލިޓީ މި ހޮސްޕިޓަލުގައި 200 އެނދު ހުރެ އެވެ. ދެ އިމާރާތައްވާ ގޮތަށް ތަރައްގީކުރި މި ހޮސްޕިޓަލް އަޅަމުން ދަނީ އެންމެ ޒަމާނީ ހޮސްޕިޓަލަކުން ވެސް ދެވޭނެ ހުރިހާ ސިއްހީ ހިދުމަތްތަކެއް ލިބޭ ގޮތަށެވެ.
ހޮސްޕިޓަލުގައި ވީއައިޕީ ސްޓޭގެ ހިދުމަތާއި ފުޅާ ދާއިރާއެއްގައި ޑަޔަލިސިސްގެ ހިދުމަތް ދެވޭނެ ނިޒާމް ގާއިމްކޮށްފައިވާއިރު އެނޫންވެސް ބޮޑެތި ބަލިތަކަށް ބޭނުންވާ އެންމެ އަވަސް ފަރުވާއިން ފެށިގެން ސާޖިކަލް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާނީ ބޭރުގެ ތަޖުރިބާކާރު ސްޕެޝަލިސްޓުންނެވެ.